ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކަށް ގެއްލުން ދީފައިވާތީ، އެ ދޮރުތަކުގައި ހުންނަ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ފަހަކަށް އައިސް ގިނަ ބަޔަކު ދިރިއުޅުން ބަދަލުކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރަން ފަށާފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.

މި ސިސްޓަމް ބޭނުން ކުރަން ފެށިތާ ތިން ދުވަސް ވެފައިވާއިރު، އެޗްޑީސީން މިއަދު ބުނީ، ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތަކަށް ގެއްލުންދީފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން ވަގުތީ ގޮތުން އެކްސެސް ކޮންޓްރޯލް ސިސްޓަމް މެދުކަނޑާލާފައިވާ ކަމަށެވެ.

އެޗްޑީސީން ވަނީ އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ ބަލައި ނުގަނެވޭނެ އަމަލުތަކުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދިރާސާ..

    މީ ތަރައްގީ ނުވާ ، ސިކު މީހުން އުޅޭ ގައުމެއް.. ވާން ބޭނުމީ ސިންގަރޕޯރ އަށް. ސިންގަރޕޯރ ސްޓައިލަށް ކަމެއް ކުރީމައި އެކަމެއް ފުނޑާލަނީ.. މީ ވާ ގައުމެއް .. ހުރިހާ ކަމެއްގައި އިންތިހާ...ވިނަރެސް ކަހަލަ ތަންތަނަށް ބަދަލު ވާން ޖެހޭނީ ނިޒާމަށް އިޙުތިރާމް ، ކުރާ ބަދަލު ތަކަށް ހޭނެން އެނގޭ މީހުން .

  2. Anonymous

    ތިތަނުގައި ވެސް ދިރިއުޅެނީ ދިވެހި ޖަނަވާރެވެ.

  3. ސަންފަ

    ކެމެރާ ހަރުކޮށްގެން ބަލާފަ އެކަން ކުރާ ބަޔަކަށް އަދަބުދީ ބަލަ އިލްތިމާސް ކޮށްގެން މިރާއްޖޭގެ ގިނަ ޒުވާނުން ހަމައަކަށް ނޭޅޭނެ

  4. ރަނާ

    ޖަނަވާރުން ނަށް ގެދޮރު ދިނީމަ ވާނީ ތިޔަހެން އެބައިގަނޑު ގެންގުޅެންވާނީ ކޮށި ކޮށީގަ މަހިތުން ގޮޓޯގަ މިހާރުވެސް އެހުރީ ދޮރު ހަލާކު ކުރަން ހިފާފަ ފުވަސްވީ އަންހެނަކު ވެސް ކައިރީގަ ހުރެމެ. ޚީކޭ ބުނާނީ

  5. އަލިބެ

    މާދަމާ ޖަލުތަކުގެ ދޮރުތަކަށް ބަޔަކު ގެއްލުން ދީފިއްޔާ ، ވަގުތުން ހުރިހާ ދޮރެއް ނައްޓާލާތި . މި ހުންނަނީ ގައުމުގެ ހާލަތު

  6. ނަރެންދުރާ

    ދިވެހިންގެ ތެރެއިން ގިނަމީހުންގެ ކެތްތެރިކަމެއްނުހުރޭ، ދޮރުމައްޗަށް އަރާއިރު އެހުޅުވެންޖެހޭ، ސައިކަލްޕާކިން ހުހަށް ހުއްޓަސް ސީދާ ދޮރުމަތީ ޕާކްކުރަންޖެހޭނީ!

  7. ބަބުރު

    ބަލާއެ،* ތިކަހަލަ ސިސްޓަމްތަޢް ހަރުކުރާނީ ތިތަނަށް މީހުން ވަދެ ފުރުނީމައެއްނޫން. މީހުން ވަންނަން ފެށުމުގެ ކުރިން ތިކަން ފުރިހަމަ ކޮށްފަ ފުލެޓުތައް ދޫކުރިނަމަ ތިކަން ތިހެން ނުވީސް.

  8. Anonymous

    ރަނގަޅު ބައެއްތޯ ތިޔަ ތަންތާ ދިރިއުޅެނީ ބަލާލުން ރަނގަޅު ، އަދި ކުލި ކުޑަކޮއްލަންފެނޭ.

  9. ޤާސިމް

    ދިވެހިންނަ ތިފަދަ ހަރުދަނާ ނިޒާމްތައް ބޭނުމެއްނުވާނެ. ވައްކަން ކުރީމަ އެވާހަކަ ދައްކަށް ތިބޭނީ

  10. ވަގުންގެ ރާއްޖެ.

    ނުޖެހޭނެ ހުއްޓާލާކަށް
    ސެކުރިޓީން ބަހައްޓާފަ ހިދުމަށް ދިނުން ރަނގަޅު
    ދޮރުފެލާ މީހުންގެ މައްސަލަ ފުލުހުންނަށް ހުށައަޅާ
    އަމާން ދޭކަށް ނުޖެހޭ