ރާއްޖޭން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ މީހުންގެ ދެވަނަ ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ހައްޖާޖީންގެ ދެވަނަ ގްރޫޕް ދަތުރުކުރި ފްލައިޓް ރާއްޖެ އައީ މިއަދު މެންދުރު 3:38 ހާއިރުއެވެ. މި ފްލައިޓުން 352 ހައްޖާޖީން ވަނީ ރާއްޖެ އައިސްފައިވެއެވެ.

މިއަހަރުގެ ހައްޖަށް ރާއްޖޭން 1،150 މީހުން ގޮސްފައިވާއިރު، ހައްޖު ނިމުމަށްފަހު 296 ހައްޖާޖީން ރާއްޖެ އައިސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ހައްޖުވެރިންގެ ފަހު ދެ ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހާއި 4 ވަނަ ދުވަހުއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން 1،149 މީހުން ފުރިހަމަކޮށްފައިވާއިރު، މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް ކުރިއަށް ގެންގޮސްފައިވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު، ފުރިހަމަކޮށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިކަމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވި ކަމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައިރަސް

    އެންމެން ކަރަންޓީނު ކުޜޭ