ސިހުރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރައިފިއެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލައިގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ވެސް ދީފައެވެ.

ޝަމްނާޒް ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ކަމަށް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާއިރު، ދުނިޔޭ ބޮޑެތި ބައެއް މީޑިއާތަކުގައި ވެސް އޭނާގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ޓައިމްސްއޮފްއިންޑިއާ، އެންޑީޓީވީ، ޑެއިލީ ގާޑިއަން އަދި އާރްޓީ ފަދަ މީޑިއާތަކުން ވަނީ ރާއްޖޭގެ މަތީ ފަންތީގެ ސިޔާސީ ވެރިއަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިފަދަ މީޑިއާތަކުގައި ޝަމްނާޒްގެ ވާހަކަ ޖަހާފައިވީނަމަވެސް، ރަސްމީ އެއްވެސް ބަހެއް އެފަދަ މީޑިއާތަކުން ގެނެސްދީފައެއް ނުވެއެވެ.

ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެމައްސަލައަކީ މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި ދެ ފަރާތެއް ހައްޔަރުކޮށް ބަންދުކޮށްފައިވާ ކަމަށެވެ.

ސިހުރު ހަދާފައިވަނީ ސީދާ ރައީސްގެ އާއިލާއަށްކަން ވިދާޅުނުވެ، ޝަރީފް ވިދާޅުވީ، "މީޑިއާއަށް ވެސް އެނގިފައެއް ގޮތަށް އަޅުގަނޑުމެން މި ތަހުގީގު ކުރަމުން މިގެންދަނީ ހަމަ އެފަދަ ތުހުމަތެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިއީ ތަހުގީގީ މަރުހަލާގައި އޮތް މައްސަލައެއް ކަމުން ތަހުގީގު ވަކި ވަރަކަށް ފުރިހަމަ ކުރެވުމުން، މީޑިއާއަށް ދޭން ޖެހޭ މައުލުމާތެއް ހުރެއްޖެނަމަ އެކަން ހިއްސާ ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޔާރ

    ހަމަ ތާކުންތާކު ނުޖެހޭ ގޮތްނޭނގޭ އެކިއެކި މީހުން ގާތްކޮއް މަތީ ވަޒީފާތަށް ހަވާލުކުރުމުގެ ހިތި ނަތީޖާ.

    18
    1
    • ގޮތް24

      އޭނާއަށް ވުރެއް ގޮތް އެނގޭ މުއިއްޒުއާއެކު ގިނައިން ސިޔާސީ މަސައްކަތުގަ އުޅުނު މީހަކު މަދުޗޗާނެ މިިދިޔަ 5 އަހަރު.. އެއީ ޑިގްރީވެސް ހާޞިލްކޮށްފަ ހުރި މަންޖެއެއް.. އެވަރަކަށް ގޮތް އެނގޭނީ

  2. އަކްމެޑް

    އިންޑިއާ

  3. ސަރަފަކައްދަ

    މި ދަޢުލަތުގެ ސްޓޭޓު މިނިސްޓަރުން ނާއި ޑެޕިއުޓީ މިނިސްޓަރުން ބޭރުގެ ދުނިޔޭގައި ހާދަހާ މަސްހޫރި ވެއްޖެ ދޮތަ! ހަމަ މި ސަރުކާރު ކުލަދާނައީ ދޮތަ!

  4. އަލީ ހަސަން

    ޓައިމްސް އޮފް އިންޑިޔާގައި ވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ޝަމްނާޒް. އެކަމަނާ އެއީ މިނިސްޓަރުތޯ ނޫނީ ސްޓޭޓް މިނިސްޓަރުތޯ؟

  5. Anonymous

    މީހަކު މީހަކާއި ލޯބީގެ ގުޅުމެއް ބާއްވަން އުޅުމަކީ އެހާދެން ފަލަވާން ޖެހޭ ކަމެއްތޯ !

    4
    2
  6. މޯދީބެ

    ތީ ސިހުރެއް ނޫނޭ ތީ ދިއްލަގީގެ ކަމެކޭ

  7. ދެރަވަރު

    ސްޓޭޓް މިނިސްޓަރުންނާ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރުންނަކީ އެހެން ގައުމު ތަކުގަ އުޅޭ ބައެއް ނޫން. އެހެން ގައުމުގެ މީހުންނަކަށް ނޭނގޭނެދޯ މީ ސިޔާސީ މަގާމުތަކެއް ކަމެއްް، ކަމެއް ކުރާ، ބާރެއް އޮންނަ ބައެއް ނޫން ކަމެއް. އަދިވެސް ނުވޭތަ ތިކަހަލަ ބޭކާރު މަގާމުތައް އުވާލަން ވިސްނާކަށް؟

  8. 100

    ލާރި ކާލީ؟؟؟

  9. ކުޗްތޯ ގަޑުބަޑުހޭ

    ޕިޔަަރުމެ ކަބީބީ އޭސާހި ހޯތާހެ...
    ޗޯޓްސި ބާތޮމެ ފަސާނާ ބަންޖާތާހެ...
    ހޯ ހޯ ސަޖުނިކޭ ސަޖުނީސޭ ހޯރަހާ ސާމްނާ
    ކިލްގައީ ކިލްގަޔާ ދިލްމޭ ހާހާ ހާހާ....

  10. ކުޑަ އިނގިލި

    މީހަކު މީހަކު ދެކެ ލޯބިވުމަކީ ކުށެއް ނޫނެވެ. އަދި މީހަކު މީހަކު ދެކެ ހިސާބަށްވުރެ ބޮޑަށް ލޯބި ވެ ވިއްޖެނަމަ އެ ލޯބި ހާސިލް ކުރުމަށްޓަކައި އެ މީހަކު ޖާނުން ނާއި މާލުންވެސް ޤުރުބާން ވާނެއެވެ. މި ހިރީ މާޒީގައި ފެނިފައި ހުރި ކަންކަމެވެ. މިކަމުން ދޭހަވަނީ އެ ލޯބި ލިބިގަތުމަށްޓަކައި އެ މަންޖެ އެހެރީ ގަދަ ކަނޑެއް ފަތާފައި ހުރަސް ކުރަން ޖެހުނަސް އެކަމަށްވެސް ތައްޔާރު ވެގެންކަން މިކަމުންވެސް ހާމަ ވެގެން ދެއެވެ.

  11. ހުވަދޫ އިސްތިރި އަލިބެއްޔާ

    ފަސްލު. ދެން ފަހެއް ދަންނައެވެ..
    ދެމީހެއްގެ ދެމެދުގައި ލޯތްބާއި ކުލުނާއި ޝަހުވަތާއި މަވައްދަތު އުފެއްދުމަށް ހަދާ ފަންޑިތައިގެން ނަމަކީ "އިސްތިރި "
    މީހަކަށް އަނިޔާއެއްދީ ގެއްލުން ދީ މީހެއްގެ ޒިންދަގީ ހަލާކުގެ ތެރެއަށް ވައްޓާލުމަށް ހަދާ ފަންޑިތަ އަކީ "ސިޙުރު"
    ދެމަފިރިން ދުރުކޮށް އެދެމީހުންގެ ދެމެދުގައި ރުޅިވެރިކަން އުފައްދައި ވަރި ކުރުމަށް ހަދާ ފަންޑިތަ އަކީ "ވަރިތޮޅި"
    މީހެއް ނުވަތަ ބައެއްގެ ކައިރީގައި ކުރިއެރުމާއި މީހުންގެ ޝައުޤާއި ލާބަ ހޯދުމަށް ހަދާ ފަންޑިތަ އަކީ "އިސްރޫ"
    އަންހެނަކު ނުވަތަ ފިރިހެނަކު ދުވަހަކުވެސް މީހަކާ ކައިވެނި ނުކުރެވޭ ގޮތް ހެދުމަށް ހަދާ ފަންޑިތަ އަކީ "ދަމުޅިއެރުވުން" މި ފަންޑިތައިގެ ޝިކާރައަކަށް ގިނައިން ވަނީ އަންހެނުން.
    ދެން އޮތީ ގޭގެއަށް ބިޓުން ކައިރިއަށް ވަގަށް ވަންނަ އިރު އެގޭގެ މަންމަ ހޭލަފާނެތީ ހަދާ ފަންޑިތަ.. އެއަށް ކިއަނީ "މާނިދިމެތުރުން"
    ފަންޑިތައިގެ ބޭސިކް ނޭނގި ނޫސްތަކުގައި އެކި ގޮތްގޮތަށް މަޢުލޫމާތު ހިމަނާތީ ލިޔެލީއެވެ. މި މަޢުލޫމާތަކީ ޢިލްމީ ބޭނުމަށް ހިމަނާފައިވާ މަޢުލޫމާތެވެ.