އޯޝަން ޓީވީ ސްޓޭޝަން ފަޅާލައި، އެތަނުން ބައެއް ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އޯޝަން ޓީވީ ސްޓޭޝަން ފަޅާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ސްޓޭޝަން ފަޅާލުމަށްފަހު، އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދީ، ބައެއް ތަކެތި ވަނީ ވަގަށް ވެސް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޯޝަން ޓީވީން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޯޝަން ޓީވީ ސްޓޭޝަން ފަޅާލާފައިވާއިރު، އެ ސްޓޭޝަން ފަޅާލަން މީހަކު މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަނީ އެތަނުގެ ދޮރު ހަލާކު ކޮށްލުމަށް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    ﷲގެ ހުކުން ތަންފީޒް ނުކޮށް ލާހިކެއްނޫން ކުއްތަައް ހުއްޓުވާކަށް އިންސާނުން ހެއްދެވި ފރަަތަައް އިންސާނުން ކޮންޓްރޯލް ކުރަން އިންގޭނީ މާކިއުރީ އިންޖީނު އުފެއްދި ފަރާތަަށް އެއިންޖީނު ކޮންޓްރޯލްކޮށް ޖެހޭމައްސަލަ އެންމެ ރަނގަޅަށް އިނގޭނީ އެމީހުން ތައްޔާރު ކޮށްފަ އޮތް މެނުއަކްގަ ﷲ ގެ ކަލާންފުޅުގަ އެއޮތީ ވައްކަން ކުރާމީހާ އެކަން ހުއްޓވޭނެގޮތް އަހަރެމެން ހަދާ ގާނޫނެއް ގަވާދެއް ވޯކެއް ނުކުރަަނެ ޔަހޫދީންގެ މެނުއަލް ފޮލޯކޮށްގެން އެއްކަމެއްވެސް ހައްލެއްނުވާނެ ވައްކަންކުރާމީހުން އައިބުވާނޭހެން އަތްފާ ކަނޑާބަލަ ހައްލުނުވޭތޯ ބޭކާރު ވަގުތާ ފައިސާ އިސްރާފް ތިކުރަނީ

    1
    1