މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލްގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ޖަމީލް މަރުވުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތާއެކު ޕޯސްޓްމޯޓަމް ހަދަން ނިންމިޔަސް، އާއިލާއިން ބޭނުންވީ އޭނާ ވަޅުލާށެވެ. އާއިލާއިން އެކަމާ ދެކޮޅު ހެދިޔަސް، ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ގެންދަން މަސައްކަތްކޮށްފައެވެ.

ހުޅުމާލޭ ސަރަހަރާ ސަރަހައްދުގައި އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވި އިރު، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލާން ފުލުހުން ވަނީ ފަހުން ހުއްދަ ދީފައެވެ. އެ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ އެ ޖަނާޒާގައި ބަައިވެރިވަޑައިގެންފައެވެ.

ޖަމީލްގެ ކަށުކަމާކެމީގެ ކަންތައް ނިންމައި ވަޅުލާފައިވަނީ ރޭ ފަތިސްނަމާދަށް ފަހުއެވެ.

ޖަލުގައި ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފެށީ އޭނާގެ ހަށިގަނޑުގައި ނޫފައިގެންފަައި ހުރުމުންނެވެ. އެކަމާއި ރޭ މިނިސްޓަރު އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީންގެ މަރުތަކަކީ ކަރެކްޝަނުން ތަހުގީގު ކުރާނެ މަރުތަކެއް ކަމަށާއި ޖަމީލް ނިޔާވުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށާއި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފަށި ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނި ގޮތުގައި އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45ގައެވެ. ކަރެކްޝަނުން ބުނީ ޖަމީލް ނިޔާވެފައި އޮތީ ސަޖިދައިގައި އޮއްވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވެފައިވާ ގޮތުގައި، ޖަމީލު އޮތް ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެނުނު ގޮތުގައި އޭނާގެ އެންމެ ފަހު ވަގުތު އޭނާ ދިޔައީ ނަމާދު ކުރަމުނެވެ.

ޖަމީލްއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށާއި އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދޮންކަލޭފާނު

    " ކަރެކްޝަނުން ބުނި ގޮތުގައި އޭނާ ހިތް ހުއްޓިގެން ނިޔާވި ކަމަށް ކަނޑައަޅާފައިވަނީ 12:45ގައެވެ. ކަރެކްޝަނުން ބުނީ ޖަމީލް ނިޔާވެފައި އޮތީ ސަޖިދައިގައި އޮއްވާ ކަމަށެވެ." ވާހަކަ ކިހާ ރީތި. މިބާވަތުގެ ވާހަކަތައް ގަބޫލުކުރާނީ މަރުމޯލުން. އެއޮތީ އަނިޔާކޮށްގެން ލިބުނު ވޭނުގައި ހިންދެމިނުލެވި، ނުތެދުވެވި އަބަދަށްޓަކައި ލޯމަރުވާލާފައި. މުޢިއްޒު އިސްތިޢުފާ

  2. ގެރި

    ކީއްކުރަން ހުއްދަދެނީ. ޔަގީނޭ މަރާލީކަން. މަރުވީމަވެސް ކަލޭމެން ދޫނުކުރާތި

  3. އަބްދުﷲ ސާހިދު

    ކޮންމެ މީހަށްވެސް ވިސްނެނީ ޖަލަށް ލީމަ މި ކުރެވެނީ ކުށެއްކަން
    ވައްކަން
    މާރާމާރީ
    ކުޑަކުދިންގެ މައްސަލަ
    މަސްތުވާތަކެތީގެ މައްސަލަ

    ރާއްޖޭ އަމާން ތަނަކަށް ވާނީ ، އިސްލާމީ ސަރިއަތް މިތާ ހިންގާގެން

  4. ޙުސެއިން ޝާމް

    މިމަރުހޫމާއަށް ޖަންނަތުލް ފިރުދައުސް ދެއްވާށިއެ.އާމީން.. އައްޑޫ ލައިވް

  5. ހާލުފޮޅި

    ހުއްދަ ނުދިނަސް ޕޯސްޓްމޯޓަމް ހެދެޔޭ ކިޔާ އަޑުއެހިން . .