ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 މުވައްޒަފަކު ހައްޔަރު ކޮށްފައިވާއިރު އެ މުވައްޒަފުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 5 ދުވަހަށް އަދި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެެވެ.

އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ވިދާޅުވިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތީމުންނާއި މާލެ އިން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން އެކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ފުލުހުން ހިންގި ތަހުޤީގުން ފާހަގަކުރެވިފައިވާ 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މި އަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާކަނިމަސް ކެވިއްޖެ

    މިހާރުހުއްނާނީ ރަގަޅު އެއްޗެއް ވިސްނިފަ

  2. ފަޔާޒު

    ދިސް އިޒް ނިއު އެމް އެމް ޕީ އާރު ސީ. ޕޮލިޓީޝަންސް ސްޓީލް ފަންޑްސް ފްރޮމް ޕަބްލިކް މަނީ އިންދަ ގަވަމަންޓް. ދިސް މާފިޔާ ލެޓް ޕްރިޒަނަރސް ސްޓީލް އަވަރ ޕްރައިވެޓް ފަންޑްސް އިން އަވަރ ބޭންކް އެކައުންޓްސް.

  3. ދޮންބެ

    މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ޖަލުގައި އަނިޔާކޮށް އެތައް ބައެއްގެ ފުރާނަ ދުއްވާލާތީ، އެކަމުން ދިވެހިން ސަލާމަތްކުރުމުގެ ޢަޒުމުގައި ރައީސް މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅަކީ ޤައުމީ ޖިހާދެއް. ޤައުމަށް ހޯއްދަވައިދެއްވި ނަޞްރެއް. އެއްވެސް ދިވެއްސަކު އެދުވަސްތައް އެނބުރި އަންނާކަށް ބޭނުމެއް ނުވާނެކަން ކަށަވަރު. ނަމަވެސް އަނެއްކާ ވެސް އެދުވަސްތައް މިވަނީ ތަކުރާރުވާން ފަށާފައި. އިއްޔެގައި އެވަނީ ހުރަގޭގައި އަނިޔާކޮށްގެން ފުރާނައެއް ދުއްވާލާފައި. މިކަމަކީ ހިސާބު ބެލެވޭ ދުވަހު، ގައުމުގެ ވަލިއްޔުލް އަމުރާ (މުޢިއްޒުއާ) ސުވާލުވެވޭނެ ކަންކަން. އެހެންކަމުން އަނެއްކާވެސް މިވަނީ ގައުމީ ޖިހާދެއްކޮށް މި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރާނެ ބަޠަލުންތަކަކަށް ބޭނުންވެފައި ކަމުގައި ދަންނަވަން. ވަރަށް ވެސް ހިތާމަހުރި.

    • ޖޮނީ ޑެޕްތު

      މަރާލިއިރު ބަލަންހުރި މީހެއްތޯ! ނޫނީ ކަހީނުކަމުން އެނގިވަޑައިގަތީތޯ! ޤިޔާމަތްދުވަހުން މީހުންނޭ ކިޔައިގެން ދޮގުވާހަކަދައްކާ މީހުންނާއި ފިތުނަ އުފެއްދުމަށް މީހުންގެ ބޮލުގައި މަރުގެ ބަދުނާމު އަޅުބާ މީހުންނާމެދު ސުވާލުކުރެވޭކަން ހަދާންނެތުނީކަންނޭގެ! އެހައި ވަރަށް ހަސަދަލީމާ އެކަންކަން ހަދާންނެތޭނެ!

  4. 56666665

    ކޮބާހޭ ތިމީހުންގެ ފޮޓޯ؟ އޭރަށޭ އެނގޭނީ ސަމާލުވާން ތިމީހުންފެނުނަސް. އެހެންނޫނަސް އެނގެންއެބަޖެހޭ ކޮންބައެއްކަންތީ.

  5. ހާލުފޮޅި

    ކޮބާ ފޮޓޯ ތައް ؟

  6. ޖަޒީރާމަނިކު

    ތިދެން ނިމުނީ. ދުނިޔެ ނިމުނަސް މިރާއްޖޭގެ ޝަރުޢީކޯޓަކުން މައްސަލަ ނިމޭނެކަމަކަށް ނުބެލެވޭ. މިރާއްޖޭގައި މިތިބަ ފަނޑިޔާރުންނަކީ އަދުލު އިންސާފު ރޮލާކައިގެން ތިބި ބައެއް. އިއްޔެ އެމަރުވީވެސް މައްސަލަ ނިމެންދެން ބަންދުކޮށްފައިހުރި މީހެއް.