ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ނ. މާފަރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ފާއިތުވި 24 ގަޑިއިރު ވާރޭވެހިފައިވާ ރަށްތައް އާންމުކޮށްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާފަރަށެވެ. މާފަރަށް 3.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ށ. ފުނަދޫއަށެވެ. ފުނަދޫއަށް 0.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ކ. ގާފަރަށް 0.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ގދ. ފަރެސްމާތޮޑާއަށްވެސް ވަނީ 0.2 މިލިމީޓަރުގެ ވާރޭވެހިފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތް މެޓުން މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރުންނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.