އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ބަންދު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.

38 އަހަރުގެ ފިރިހެނެއް ބަންދުން ދޫކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު ފުލުހުން އޭނާ ހައްޔަރު ކުރީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

އެއްވެސް ޝަރުތެއް ނެތި އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއް ނެތި ކުށެއް ކުރަނިކޮށް ފުލުހުންނަށް ފެނިގެން ނޫން ކަމުގައިވާތީ އާއި އޭނާ ހައްޔަރު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާއާ ޚިލާފަށް ކަމުގައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ގާޒީ އިސްލާޢީލް ޝަފީއު އަމުރު ކުރެއްވީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ އިސްލާމީ ޝަރީއަތުގައި ވެސް ކުށަކަށް ވާއިރު، ރާއްޖޭގައި އެފަދަ މައްސަލައެއްގައި މީހަކަށް ދައުވާ ކުރި ކަމެއް އެނގިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު

    ރަގަޅަށްތިހެދީ ފުލުހުންގެ ބަންދުގަ ހުރެ އަމިއްލެޔަށް އެކަހަލަ ކަމެތްކުރުމަށްވުރެ ދޫކޮށްލުން މޮޅުއިތުވެގެންވޭ އޭރުން އިތުރު ތުހުމަތެއް ބައެތްގެ ބޮލަކުނޭޅޭނެ