ކޮވިޑްގެ ހާލަތުގައި ބަންދުކުރި އައްޑޫގެ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވައި އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރުވާނެ ކަމަށާއި އެ ރިސޯޓް ހުޅުވުމާއިއެކު ގިނަ ވަޒީފާތައް ވެސް އުފެދޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ކައިރި މުސްތަޤުބަލެއްގައި ޝަންގްރިއްލާ ހުޅުވާނެ ކަމަށާއި އައްޑޫ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާގެ ޑައިރެކްޓް ފްލައިޓްތައް ވެސް ގެންނަން އީސްޓަން އެއާލައިނާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް، ވަރަށް ބޮޑު އުއްމީދެއް މިއީ، އެކަން ހާސިލްކުރުމަށް މިދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން، ވަރަށް ކައިރި މުސްތަޤްބަލެއްގައި ޝަންގްރިއްލާގެ އިޝޫއަށް ވެސް ހައްލެއް ލިބި އައްޑޫގެ ޒުވާނުންނަށް 400 އެއްހާ ވަޒީފާ ހުޅުވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އައްޑޫގައި އެނދު އިތުރުވުމަކީ ޑައިރެކްޓް ފްލައިޓްސް ގެނައުމުގެ ވަރަށް ބޮޑު ކާމިޔާބީއަކަށް ވެގެންދާނެއެވެ. ޗައިނާއަށް ޑައިރެކްޓު ފްލައިޓްތައް ގެނެސް ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް އައްޑޫގައި ފަތުރުވެރިކަން އަލުން ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަތޮޅެއްގައި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް 4000-6000 ދެމެދުގެ އަދަދަކަށް ފަތުރުވެރިކަމުގެ އެނދު ބޭނުންވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، އެ އަދަދަށް ފަތުރުވެރިކަމުގެ އެނދުތައް ތަރައްޤީކުރުމުގައި ލޯކަލް ޓޫރިޒަމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އަޕްމާކެޓަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރިސޯޓެކެވެ. އެ ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބޮޑު މިނުގައި ފަސް ލައްކަ ފަސް ހާސް އަކަ މީޓަރު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރެކިފުތާ

    މިކަހަލަ ދެއުޅިއެއްނުވާ މީހުން ބޮޑެތި މިނިސްޓްރީތަކަށް ލައިގެއް މުއިއްޒު ކީއްތޯ ކުރައްވަނީ.

    4
    1
  2. ކުޑަ ކަތީބު

    ބިދޭސީންނާއި ދިވެހީންނަށް މޯލްޑިވިއަނުން ޓިކެޓް ވިއްކާ އަގު އެއް އަގަކަށް ހަދައިފި ނަމަ ތިޔަަނަށް ޓޫރިމަޒްވެސް ފެތުރޭނެ. ރާއްޖޭގެ އެހެން ހިސާބަކަށް ޓޫރިޒަމް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުތަކުން ކުރާ ކަމަކީ ދިވެހިންނަށް ވިއްކާވަރަށްވުރެ ޑަބަލްކޮށް ދިވެހި ނޫން ބިދޭސީންނަށް ޓިކެޓް ވިއްކަނީ. ނޫނީ ޓޫރިސްޓުންނަށް ޓިކެޓް ވިއްކަނީ.

    ދިވެހިރާއްޖޭ ނޫން ހުރިހާ ޤައުމެއްގައި ވެސް ޓިކެޓް ވިއްކަނީ ވަކި ބައެއް ތަފާތު ނުކޮށް އެއް އަގެއްގައި.

  3. Anonymous

    ތީ އެއްކަލަ އަނެއް ދޮގު! ހުސް ދޮގު! މިހާރ ފަމަސީ ތަކަށް ވެސް ޢާސަންދަ ބިލް ތަކުގެ ފައިސާ ނުދޭތާ 8 މަސް! މި މީހުން ރައޔިތުން ނަށް އެއވެސް ކަމެއް ކޮށްނުދޭނެ! އެމް ޑީ ޕީ ވެސް ނުކުރާނެ! މީ ހުސް ދޯކާ ދޭ ސަރުކާރު ތައް! ބޭރުމީހުން ނަށް ހުރިހާ ވަޒީފާ ތަކެއް ވެސް! ކޯޓާ މަދެއް ނުކުރޭ!

    2
    1
  4. ދެނޯ

    މިދެން ކާކު.... ޓޫރިޒަމް މިނިސްޓަރޯ.... ކިޔަވަން ދޭބަލަ.... ތި ގެންނަ ގެސްޓުންނާވެސް ޗެޓްކޮށްލެވޭނީ އޭރުންތާ. "ނޮޓް އޯކޭ. އައިއެމް ނޮޓް ޕްރޮޕްލެމް. ޑޭޑް ޕްރޮބްލެމް. މުއިއްޒު ޕްރޮބްލޮމް."

    1
    1
  5. މަރުމޯލް

    ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް ޔާމީނު އައްޑޫއާއީ ހުޅުދޫގައި ހިއްކާދެއްވާފައިވާ ބިމުގައި ގެސްޓް ހައުސްތައް ހިންގަން ފެށުމުން އެއްލައްކަ ވަޒީފާ އުފެދޭނެއެވެ. އަޅެ މަ މޮޅު ނޫންތަ އެއޮތީ ކުޑަކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 100000 އެއްލައްކަ ވަޒީފާ އުފެދިފައެވެ. ރައްޔިތުން މޮޔަ ހައްދަން ނަހަދާށެވެ.

  6. ސަރަފަކައްދަ

    މަނިކުފާނޫ ރަގަލަށް އަޑު އައްސަވާށެވެ! ދެ ލޯބި ވެރިއަކު އެކަކު އަނެކަކުގެ ގާތުގައި ވަޢުދު ވަމުން ބުނަމުން ދާނެއެވެ. ކަލާ މަށާ ސާދީ ކޮއްފި ނަމަ އުޑުގައި އެހަރަ ތަރިތައް ގެނެސް ކަލާނގެ އުނގަށް އަލައިދޭނަމެވެ. އަނެއް ލޯބިވެރިއަކު ބުނާނެތެވެ. ކަލާ މިއަލާއި އެކު އުމުރު ދުވަހު އުލޭނެ ނަމަ 14 ވިލޭރޭގެ ހަނދު ގެނެސް ވެދުމަކަށް އަރުވާނަމެވެ. މަނިކުފާނުވެސް މިފަދަ ހުވަފެންތައް އައްޑޫ ރައްޔިތުންނަށް ދައްކަވަން ނުހައްދަވާށެވެ. ތިފަދަ ހުވަފެންތައް ދެކިދެކި އަފިރިން މިތިބީ ސިޔާސީ މީހުން މަތިން ފޫހިވެފައެވެ. ތެދު ބަހުން ވާހަކަ ދައްކާނެ އެއްވެސް ސިޔާސީ ލީޑަރެއް ނުހުންނާނެކަން ޔަޤީންވެއްޖެއެވެ. ވ ވެދުން.

  7. ޅާމް

    ކާކުތޯ ގެއްލުމުގަ ހިންގަން ރިސޯޓު ހުޅުވަން އުޅޭނީ.؟

  8. އަހްމަދު

    ހުޅުވޭނެ ދުވަހެއް ބުނެބަލަ! ހުޅުވޭނެ ކިޔާތަ 5 އަހަރު ވެއްޖެ!!!!

    1
    1
  9. ބެއްޔާ

    ތިއުފެދޭވަޒީފާތަކަށް ނަގާނީހުސްބޭރުމީހުންނޭ. ދެންކޮބައިތަ ދިވެހިންނަށްއޮތް އުފަލަކީ. ބައެއްރިޒޯޓުތަކުގަ އެބައުޅޭ އެންމެ ދިވެއްސެއް ދެންހުސްބޭރުމީހުން. ހަދާފައޮންނަ ގާނޫނު ނުވަތަ ގަވާއިދު ތަންފީޒެއއނުކުރެވޭ