އާންމު އުދަނގޫ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު 45 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އުމުރުން 56 އަހަރުގެ މީހެއް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔައީ ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއެކުއެވެ. އެގޮތުން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އޭނާގެ ފިރިމީހާގެ ބަޔާނާއި ފުލުހުންގެ ތަހުގީގަަށް ހާޒިރުކޮށް ނަސޭހަތް ދީފައިވާ ކަމުގެ ލިޔުން ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ނެރުއްވި އަމުރުގައި ބަންދުގައި ބަހައްޓަންވީ ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވަނީ، މައްސަލަ ހުށަހަޅާ ފަރާތުން މީގެ ކުރިން ވެސް މައްސަލަ ހުށަހެޅުމުން އޭނާއަށް ފުލުހުން ނަސޭހަތް ދީފައިވާއިރު އޭގެ ފަހުން ވެސް ކުށުގެ އަމަލު ތަކުރާރުކޮށްފައިވާ ކަމަށް ފާހަގަކުރެވޭތީއެވެ.

އޭނާ ދޫކޮށްލައިފިނަމަ އެ ކުށުގެ އަމަލު ތަކުރާރުކުރުމުގެ އިހްތިމާލު މަތީ ދަރަޖައަކަށް އޮތް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، ގާޒީ ނިންމެވީ އޭނާ 45 ދުވަަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރާށެވެ. އެހެންނަމަވެސް، އޭނާގެ ފަރާތުން ކުރިމަތިވެފައި ވަނީ ކޮންކަހަލަ އާންމު އުދަނގުލެއް ކަމެއް ކްރިމިނަލް ކޯޓުގެ އަމުރަކުން އެނގޭކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އއއ

    ޢާއްމުއުދަގުލަކަ

  2. އޭދަފުށި ނާޒް

    މިކަހަލަ ކަމުނުދާ ލިޔުންތައް ނުލިޔޭ. ލިންކަށް އޮބާލަނީ ކޮން އުދަގުލެއްތޯ ބަލަން ނަމަވެސް އެޔެއް ނުފެނުނު ބޭކާރު ލިޔުން. ރަސާދަށް ގުޅާފަ ދައްކާނަން މި ވާހަކަ

    17
    0
  3. ޑީއެސް

    ކިލާއެއް ތި އުފަންވަނީ

  4. ޝަަަައީ

    ކޮބާތަ ކުރި އުދަނގުލަކީ؟

  5. އަހުމަދު

    ކޮން އުނދަގުލެއް ތަ ކުރީ

  6. ހިހި

    ސާބަސް. ތިކުރި ކަމެއް ކިޔާބަލަ.