މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ އަމީރު އަހުމަދު މަގުގައި ހުންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ކުރިމަތިންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވި ކަން ކަށަވަރުވި ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އަމީރު އަހުމަދު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން، ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިގޮތް ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާމް

    މާލޭގެ ކާރު ސައިކަލް އެކުސިޑެންޓުތަކަށް ހައްލެއް ހޯދުމަށް ދުބާއީއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރަމާ.

    2
    1
    • ބާމު

      ބޭކާރު ކޮމެންޓް ނުކޮށްބަލަ. މާބޮޑަށް މުސްކުޅި ވީމަ ވާގޮތް ތީ

  2. ހުސެއިން ޝާމު

    ޣަސްތުގަ ހަމްޖެްސީ ކަމަޒށްވާނީ. ޑްރައިވަރު ޖަލަށްލާފަ ޖޫރީމައިނާ ކުރެން އެއިރުން ދެވަނަ ފަހަރު ޖައްސާ މީހާގެ އަދަބު ބޮޑުވާނެކަން އެގޭނެ. ޜާބޮއިގެން މަސްތުހާލަތުގަ ހުރިއްޔާ އުމުރަށް ލައިސަންސް ހިފަހައްޓާތި. ޢެއިރުން ހުންނާނެ ރަގަޅަށް ރާކަނިމަސް ކެވިފަ.

  3. ހުސއިން ޝާމް

    މި.އެމް.ޓީސީ ބަސް ހަމަ އެކަނި ބޭނުން ކުރަންވީ މާލެއިން ހުޅުމާލެއށް ދާން..މިއޮތްކުޑަމާލޭގަ ބޮޑު ބަހެއް ޔޫރަޕް މީހުން ވަރަށް މަލާމާތް ކުރާނެ.