ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރަން އެ ހޮސްޕިޓަލުން މިރޭ އަންގައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އިރުޝާދު ދީފައިވެއެވެ.

ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށް އެދިފައިވެއެވެ. އަދި ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އައިޖީއެމްއެޗުން ވަނީ އަންގައިފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ހުޅުވީ މީގެ ދެތިން ދުވަހެއް ވަރު ކުރިންނެވެ. މި ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.

މި ކްލިނިކުން ހިދުމަތް ދޭނީ ކޮންމެ ހެނދުނެއްގެ 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަބީ

    ކުޅިސަމާ ޖަހާކަށް ހޮސްޕިޓަލަކަށް ބަޔަކު ނުދާނެ؟ ތީ ޕާކެއްތަ ނޫނީ ކެފޭ އެއްތަ؟

    32
    18
    • މުހައްމަދު

      ދޭ، ކަލޭ ވެސް ކަމެއް ނެތި ގޮސް އޮންނަނީ އެތާ ، ހަބަރެއް ފެންނަ އިރަށް އަންމަބެ ވެގެން ކޮމެންޓް ކުރާތި

      7
      3
    • ..

      ބަލި މިީހުން ކައިރިިީގައިވެސް އެކަކަށެޭ ހުރެވޭނީ އަންގާފަ އޮންނަ އިރުވެސް ބޮޑެތި ފައުޖު ހަދާފަ މިީިހުން ތިބޭ. ޙަމަ އެގޮތަށް ބަލި މީހުންނަށް ޒިޔާރަތް ކުރުންވެސް މިދުވަސް ކޮޅު މަދު ކުރަންޖެހޭ. ސައި ބޯލަން ކެންޓީނަށް ނޫނީި ލުއި ބުއިމަށްވެސް ވެސް ދާ މީހުން ވަކި މަދެއް ނޫން.

      18
      0
    • ޛހޗޗ

      އަސްތާ، އަހަރެމެނަށް ދޯ އެނގޭނީ މީހުން މަޖަލަށް ވެސް އެތަނަށް ދާވަރު. އިއްޔެއަަށް ވުރެ މިއަދު ބޮލުން އިސްތަށި ގިނައިން ފައިބައިގެން ވެސް ދޭ. ބިޓާ އެކި ފިނި ބުރު ޖަހާލަން ނުކުމެފަ ނިޔަރޮދި ހިއްލިގެން ވެސް އާދޭ. ދޭބަލަ ނިކަން އީއާރް ގްރީން ޒޯން ގަ އެއްގަޑި އިރު އިނދެލަން. ކުޅިވަރު ފެންނާނެ

    • އިބޮޔް

      މަ އޮފީސް ނިންމާފަ ކަމެއް ނެތިއްޔާ އެތާ އިނދެލާން ދަން

  2. ރަށްފުށުސޮރު

    ތި ބަލި ފެތުރެމުންދާ މިންވަރު ކީއްވެތޯ ހާމަ ނުކުރަން ތި އުޅެނީ؟

    11
    1
  3. އަދައްބެ

    ކަމަކާ ނުލާ ދިޔުމަށްވާނެ ކުދިކުދި ކަންކަމާ ދިޔުން، އުކުނޑިކޮށްޓާތީ އެބަދޭ، ނިޔަފަތި ކޮޅަށް ނިދާހޭލިއިރުތަދުވާތީ އެބަދޭ، ރައްޓެއްސެއްގެ ކޮއްކޮއެއްގެ އަންހެނުންގެ މަންމަގެ ރައްޓެއްސެއް ވިހައިގެން އުޅޭތީ އެބަދޭ، ކެންޓީނުން ކޮއްތުރޮއްޓެއް ކާލަން އެބާދޭ... ދިވެހިންވީމަ މިހުސް ދާންޖެހޭ ކަންކަން! ބުނީމަވެސް ބުނިމީހާ ގޯސްވާނީ! ދެން މަ ކާލާ!

    21