އިގްތިސޯދު ގޯސް ވެގެން ނޫޅޭ ކަމަށާއި މައްސަލައަކަށް ވަނީ މިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސަރުކާރުގެ ފިނޭންސް މިނިސްޓަރު، އަހުމަދު އަމީރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އަމީރު ވިދާޅުވީ، އިގްތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި މި ސަރުކާރަށް މެނޭޖް ކުރަން ނޭނގޭ ކަމަށެވެ.

އަމީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން "އެކްސް"ގައި ޕޯސްޓެއްގައި ސަލީމް ވިދާޅުވީ، މި ސަރުކާރުން އިގްތިސޯދު ގޯސްވެގެން ނޫޅޭ ކަމަށާއި އުޅެނީ ނިމިދިޔަ ސަރުކާރުން ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން ކަމަށެވެ. އަދި މިކަމުގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަަލީމް ކުރީ ސަރުކާރުން ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރިކަން ފާހަގަކޮށް، އެއީ މެނޭޖް ކުރި ގޮތްތޯ ވެސް ސުވާލު ކުރައްްވާފައެވެ.

"މިއުޅެނީ އިގްތިސޯދު ގޯސްވެގެނެއް ނޫން. މިއުޅެނީ ނުކަތާ ވަރަށް ލޯނު ނަގައިގެން ގައުމު ދަރުވާލައިގެން. މީގެ ހުރިހާ ޒިންމާއެއް އަމީރު ނަގަން ޖެހޭނެ. ފަސް އަހަރު ވަންދެން ފައިސާ ޗާޕު ކުރީ، މިއީދޯ މެނޭޖް ކުރަ ގޮތަކީ. ދެރައީ ލަހު ހަޔާތް ނުގަންނާތީ" ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، ގިނަ ބަޔަކަށް އޮޅިފައިވީ ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ފޯކާސްޓުތަކުން ދައްކާ ކަމަށެވެ

އަމީރު ވިދާޅުވީ، މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ދިމާވީ މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިހާރު އެ މައްސަަލަ ކުރިމަތިވީ މި ސަރުކާރުން އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. 1234

    ! ދަަރާފަ އޮއްވާ ވެރިކަމަށް އައިސް އިތުރަށް ދަރުވާލީ އެތައް ސިޔާސީ މަގާމެއް ގެނެސް އެތައް ބޭކާރު ހަރަދުކޮށް 7 މަސްވީމަ މިކިޔަނީ ދަރާފަޔޯ ކުރީ ސަރުކާރޯ ސަންދޯކޯ!

    31
    16
  2. ދަރިންގެދަރިން

    ދަރިންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ލިބޭ ދަރިންނާއި އެދަރިންގެ ދަރިންވެސް ދަރުވާލާފައި އަދި އެވަރުން ނުވެގެން އައުވާނުން ދައްކަންޖެހޭ ޓެކްހާއި ޖޫރިމަނާވެސް މާފުކޮށްދީފައި ގޮސްތިބެގެން އަނެއްކާވެސް ރައްޔިތުންނަށް ނަނާ ހުވަފެން ދައްކަން ހެއްދެވިހައި ދޮގެއް އެމްޑީޕީގެ ދޮގުވެރިން އެހަދަނީ.

    34
    20
  3. އަށްޒާމު

    ކޮސްނުގޮވާ ސަލީމްބޭ ތިޔަހަދާ ހުރިހާ އެއްޗެއް އެބައެނގޭ ބަޑަން ނުޖެހިއްޖެެއްޔާ ރަގަނޅު ހެއްދެވިހާ ދޮގުނުހައްދަވާ

    7
    7
  4. ނަން

    ސަރުކާރުގެ ވަޒީފާތައް ދީފަ ހަމަ އެކަނި ސޮއި ޖަހާލާ ބޮޑެތި މުސާރަ ނަގާ އެންމެން ވަކި ކޮށްބަލަ.

    14
  5. ޙައްވަ

    ސަލީމޫ ވެރިކަމަށް ބޯގަޅާލީ ތަނެއް ދޮރެއް ނޭނގިތަ، އެއްގޮތަކަސް އެހެނެއް ނޫން ވެރިކަމުގެ ލައްޒަތާ، ރައްޔިތުންގެ ތިޖޫރީ މަޅާލަން. ދުނިޔޭގައި ވެރިޔަކު ކުރުމުއްދަތެއްގައި ނުކުރާ މިންވަރަށް އިސްރާފު ކޮށްފައި ޝަހާދާ ކިޔާހެން ކުރީސަރުކާރު ކިޔާނެ ކަމެއް ނެތް!!! ވެރިކަން ކުރަން ނޭގެންޔާ، އިސްތިޢުފާ ދީފައި ގެއަށް ކަނޑާލާ!!! ހެހެހެހޭ!

    6
    6
  6. ރަޙީމް ބޭ

    ސަލީމު ބޭ އަކީ އެޓޮލްސް އެޑުމިނިސްޓްރޭޝަނުގައި ވަރަށް އިޚުލާސް ތެރިކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް

    5
    1
  7. ރަނޭ

    މީގެ ހުރިހާވެސް ނުބަޔަކީ މިދިުޔަސަރުކާރު އިންޑިޔާއަށް ގައުމުވިއްކާލާފަ މިއޮތީ. ގައުމު އިންޑިޔާގެ ދަރަނިދަންތޫރާގައި ޖައްސުވާފައި. އިންޑިޔާ މިގައުމުގެ އިގްތިސާދު ފުޑާލަންވެގެން ކުރީސަރުކާރު ލައްވައި ވަރަށް ބޮޑެތި ގޯސްތަކެއް ވަނީ ހަދުވާފައި.

    5
    3
  8. ގަޅިބެ

    ވެރިކަމާ ހަވާލުވަނީ ދަރާފަ ،ދަރުވާފަ އޮންނާނެކަން އެގިތިބެނުން. ދެން ކުރީ ސަރުކާރެކޭތަ ތި ވީދެނީ؟ ކަލޭމެން ފައިބައިގެން ދާނީ ދެން އަންނަންއޮތް ސަރުކާރުނުދަރުވާތޯ ބަލާނަމޭ. މޯޅެތިވާހަކަދައްކާނެ މި ސިޔާސީވެރިން. ތަނެއް އޮތިއްޔާ ބޯގަޅާލާތި މަށައް ވާނެޔޭކިޔާފަ.

    4
    4
  9. ކައްޕި

    ކުރީ ސަރުކާރު ކިޔަކިޔާ ތިބޭ.މިމަީހުން ބައްކުރި އެއްޗިހި ކޮބާ.އެހާލުގަ އޮއްވާ ވަޒީފާ ތަކާއެއްޗިހި ގިނަކުރީ.އަދުރޭ ގެ މުޅި އާއިޅާ އައްވަޒީފާ ތއް ދީ ހެދީ.ކުރީ ސަރުކާރު ކުރީސަރުކާރު.

    4
    3
  10. ޢަބްދުﷲ ޝަފީޤު ( ޓޮމްބެ )

    އެއް މަސްގަނޑަކުން ހަދާފަ ހުރި އެއް ރަހައެއްލާ ތަފާތު ހެދިކާތަކެއް . ގުޅަ . ބަޖިޔާ . މަސްރޮށި މިހެން ތަފާތު ނަން ނަން މިކިޔަނީ ސޯލިޙު . މައުމޫނު . ނަޝީދު . މުޢިއްޒު ނަން ތަފާތީ ހަމަ އެކައްޗެއް ހަދަނީ . ރައްޔިތުންގެ ޚަޒާނާ ދިރުވާލާފަ ކުރިން އޮތް ސަރުކާރު ބަދުނާމު ކުރަނީ . މިނޫން ދުވަހެއް ދިވެހިންނަށް ނެތީތޯ

    8
    1
  11. ރަށުމީޙާ

    އެކަން އެގިތިބެ 1000 ން ސިޔާސީ މަޤާމްތަކަށް މީހުން ލާން ސަރުކާރަށް މަޖުބޫރުކުރުވީ ކީއްވެ.

  12. ގުދުގުދާބެއްޔާ

    ސަލީމައް ނިދީގަވެސް ކިޔަނީ ކުރީގެ ސަރުކާރު!

  13. ހުސްވައުދު

    ތިހެންކިޔައިގެންދޯ އައީވެސް އަދިވެސް ތިޔަ އުޅެނީ ކުރީ ސަރުކާރު އޭގެކުރީ ސަރުކާރު އެސަރުކާރު އޭގެކުރީ ސަރުކާރުން ސަލާމަތްނުވެގެން!

  14. ސުނާ

    މި ސަރުކާރުން ވެސް ހުސް އާމްދަނީ ނުވަންނަތާނގަ ބޭރުމީހުންނަށް ރާއްޖޭގެ ބިމާއި އެސެޓުތަށްވެސް. ދެން މިވަރުން ވެރިކަން ނުކުރަންވީނުން. 7 މަސްވެގެން ދިޔަ އިރު އެންމެ ލޯލާރިއެއްވެސް ބޭރުން ނުގެނެވުނު. ހުސް ތުރުކީ ފުށައް ހުރިހާ ކަމެއް. 570 މިލިޔަންދީފަ މިއޮތް ދަނޑިވަޅުގައި ޑުރޯނެއް ގަތީ. މިއީތޯ ޒިންމާދާރުވުމަކީ.

  15. ސޫޒ

    ފައިސާ ޗާޕު ކުރުމަކާއި އަދި ބޭރުން ނެގި ޑޮލަރު ލޯނުތަކާއި ގުޅުމެއް ނެތް. ފައިސާ ކިތަންމެ ޗާޕުކުރިޔަސް ނުކުރިޔަސް ޑޮލަރު ބޭނުންވަރަށް ނުލިބެންޏާ ދަރަނި ނުދެއްކޭނެ. ރާއްޖެއަކީ ނެޓް އިމްޕޯޓާއެއް ރާއްޖެއަށް މަހަކު 72 މިލިޔަން ޑޮލަރު ބޭނުންވޭ. ވީމާ ޓޫރިޒަމަށް އެކަނި ބަރޯސާވެގެން ތިބެ ޑޮލަރު ލޯނު ނެގީމާ އެ ދެއްކޭނީ ޑޮލަރު ވަދެގެން. ފައިސާ ޗާޕުކުރިޔަސް ޑޮލަރުވަންނަންޏާ މައްސަލައެއް ނުޖެހޭނެ. ޕީއެންސީ ސަރުކާތަށް އަދި މިހާތަނަށް އެންމެ ލޯލާރިއެއްވެސް ޑޮލަރުން އެހީގެ ގޮތުގައި ނުގެނެވުނު. އެކަން ހައްލު ނުކުރެވުނުތާގަ ރާއްޖެއިން ބިން ބޭރުމީހަކަށް ލިބެގޮތަށް އަދި މި މާލި ދަތިކަމުގައި ކޮންމެހެން ހިންގަން ނުޖެހޭ އާމްދަނީ ނުވަންނަ އެތަކެއް މަޝްރޫއެއް ބަޖެޓުގައި ހިމެނީ. މިއީ ދުރު ނުވިސްނޭ ސަރުކާރެެއް ކަމުގެ ހެކި.

  16. ތައްޓޭ

    ހަވާލުވި އިރު ބުނީ ކީކޭ އެއްވެސް ހާސް ކަމެއް ނެތޭ ބަރާބަރަށް ކުރިޔައްގެންދެވޭނޭ، މެނޭޖު ކުރަންނޭގި އަތައް ގޮވީމަ ދެން ބަހަނާ ދައްކާނެ ކަމެއްނެތް ނުވަންޏާމް އިސްތިޢުފާދީ ވާވަރު މީހުން މިގައުމުގަ އެބަތިބި

  17. ޓައްޓޭ

    އިގުތިސާދޭ ކިޔަން ސަލީމްމެން އަދި ދަސް،ކުރަން ޖެހޭނީ ގޮތަކަށް ފައިސާލިބި 6 ފިހާރަ ހިންގިޔަސް އަދި އިގުތިސޯދެއް ނޭގޭނެ މާމޮޅުނުވޭ ...