ރާއްޖޭގެ އިގްތިސޯދީ ހާލު ރަނގަޅު ކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ އިގްތިސޯދީ ގޮތުން ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި ސަލާމަތުން މިހާ ހިސާބަށް އާދެވުނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހިކުތަތެރި ފިޔަވަޅުތަކުގެ ސަބަބުން ކަަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަންޏަށް އެތައް މިލިއަން ފައިސާ ދައްކާފައިވާކަން ފާހަގަ ކުރައްވަމުން ޝަހީމް ވަނީ ރައީސްގެ ފިޔަވަޅުތަކަށް ރައްޔިތުން އެހީތެރިވުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވެފައިވާތީ، ރައީސް ވަނީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް ނިންމާފައެވެ. އެގޮތުން ބޮޑެތި ހަފްލާތައް ނުބޭއްވުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތައް މަދު ކުރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހޫރައިން

    ފުރަތަމަ ކަމަކަށް ތިބާގެ މުސާރަ ކުޑަ ކުރަން ފެނޭ. ގައިމު ބޮޑު މުސާރަ ނަގައިގެން ނުވިތާކަށް ދެއިރު ދެދަޅަޔަށް ގައުމުން ބޭރަށް ތިކުރާ ދަތުރުތަށްވެސް މަދުކޮށްބަލަ. އަދި ތިބާގެ އެކައުންޓތަކުގެ ތަފްސީލްވެސް ނިކަން ހާމަކޮށްދީބަލަ. މިހާއަވަހަށް ގައުމު ދަވާލައިގެން މީހުން ފިލަނީވިއްޔަ.
    އަޅެ ވަގުތަށް ކެރެންޏާ ނިކަން މި ކޮމެންޓް ޖަހައިދީބަލަ. ޔަގީން ނުކެރޭނެކަން. މުއިއްޒު ހުރީ ހުރިހާ ނޫސްތަކެއް ގަނެލާފަވިއްޔަ. އެކަމަކުވެސް ގައުމު ދަރާފަ

    30
    4
    • ހަގީގަތް

      އަސްލުު ގައުމ ވިއްކާލާފަަ ފިލިި މީހުންވަނީީ ގޭގަަ ކޮވިޑްް ވަބާގަޔާާ އަދިި ބަދަލުު ގޮތުގަަ އެތައްް މިލިޔަނެއްް ގާތްް މީހުނައްދީީ ހުސްކޮއްލާފަަ އެމީހުންގެެ އެކަޓްް ތަފްސީލްް ހާމަކުރަންް މުހިންމުު މިހާރު

  2. ރިޔާޒް

    ރައްޔިތުންނެއް ނޫނޭ އެހީވާންވީ، ތިބޭފުޅުން ތިޔަ ކުރައްވާ އިސްރާފު މަދުކުރަންވީ. ކޮއްމެ ދެއިރުދެދަޅައަށް ހަވާ އަރުވާފަ މުޅި ސަރުކާރު ބިޒްނަސްކްލާހުގައި ދަތުރުކޮށްފައި ރައްޔިތުުންގެ ފައިސާގައި ހޮލިޑޭހެދުން ހުއްޓަންވީ

  3. ސަރަފަކައްދަ

    މަނިކުފާނު އަނގަ ހުލުވާ ވާހަކަ ދައްކާކަށް މާ ތާހިރެއް ނޫން! މިފަހަރު ރާއްޖެއިން ޙައްޖަށް ގެންދިޔަ ޙާއްޖީން ނާއި ދޭތެރޭ މަނިކުފާނު ކަންތައް ކުރެއްވީ ކިހިނެއްތޯ! ލަދުގެ ކަންފުލެއްވެސް ނުހުރޭ ދޮތަ!

  4. ޙުސެއިން ޝާމް

    ޢިތުބާރުނެތްކަމުގެ ވޯޓުނަގާ ބޭރުކުރޭ

  5. ހޔޅބ

    މިނޫނިއްޔާ ނޫޅޭނެ އިސްލާމިކް މިނިސްޓަރެއް ޓޫރިޒަމް ޕްރޮމޯޓްކުރާކަށް. ހައްޖު ނިންމާފަ ޗައިނާއަށް. ޗައިނާއިން ބަޔަކު އިސްލާމް ދީނަށް ވައްދަން ޝަހާދަ ލައިދޭންކަމެއް އެޔެއްމިޔެއް ސާފެއްނުވޭ. ދެރަވަރު

    ކަލޭމެންގެ އުފަލަށް އާންމު ރައްޔިތުން ޤުރުބާން ކުރަން ނުވިސްނާ ސިޔާސީ މަޤާމުތަކަށް މަހަކު ތި ޚަރަދު ކުރާ +700މ އަށް ގޮތެއްހަދަން އުޅެބަލަ.

  6. ޢައިޝް

    އަޅުގަނޑަކީ އެއްވެސްއިރެއްގައި މޑޕއަށް ސަޕޯރޓުކުރާނެމީހެއްނޫން..ވޯޓުލީ ހުސްގޮނޑިދައްކާގެނެއްވެސްނޫން...މިވަގުތު ސިޔާސީބޭފުޅުން ވގިނަ..އެއެންމެންގެ މުސާރަތައްވެސް ވބޮޑުކަމަށް ފެންނަނީ...އިނާޔަތްތައްވެސް ވބޮޑު...އެންމެންތައް ކަނޑާލާފައި ގެއަށްވެސް ފޮނުވާނުލެވިދާނެ..އެހެންވެ އެމީހުންގެ މުސާރަތައް އެންމެ %10އަށް ވިޔަސް ކުޑަކޮއްލެވިދާނެ ނޫންތޯ!!!

  7. އިބްރާހީމް

    ރައްޔިތުން އެހީވެޔޭ. އެހީ ނުވެވެނީ ސަރުކާރުގެ ތެރެއިން.. ރައްޔިތުންނަށް ކޯއްޗެއް އޮޅުވާލަންތަ ތިއުޅެނީ މިހާރު. ދީނީ ތާކިހާ އަަޅައިގެން ތިހެން އޮޅުވާލަން ހެޔޮނުވާނެ. ކުރިން މަނިކުފާނު ދޮގުކުރި ޞަދަޤާތް ފައުންޑޭޝަން ވާހަކަ މިހާރު އެ ދައްކަނީ މަނިކުފާނު ޕާޓީގެ އެންމެ އިސްމީހާ އޭ. ތެދެކޭ ކިޔާފައި. ދެން ރައްޔިތުމީހާ ޤަބޫލުކުރާނެތަ ތިކަހަލަ ޢިލްމުވެރިން ދައްކާ ވާހަކަ.

  8. ހިލް

    ޑރ. ޝަހީމް ނޫންތޯ ވިދާޅުވީ ޢަރަބިން ކައިގެންތިބިއްޔީ އަހަރުމެންވެސް ތިބޭނީ ކައިގެންނޭ. މިހާރު ކޮންކަމަކާތޯހާސްވަނީ.