ގޭންގް ކުށްތައް ހުއްޓުުވުމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރުމަށް މާދަމާ އިން ފެށިގެން ހާއްސަ އެންފޯސްމެންޓެއް ގާއިމް ކުރެވި މަސައްކަތްތައް ފެށިގެން ދާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝިފާން ވިދާޅުވީ، ފުލުހުންގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދުވަހުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް ޚިދުމަތުގެ ނިޒާމްގެ ރީސްޓްރަކްޗަރކޮށް މާދަމާއިން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މައިގަނޑު ބޭނުމަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރުމަށް މަސައްކަތްތައް ތަރުތީބު ކުރުން ކަމަށެވެ.

އެގޮތުން ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެއެވެ.

އެގޮތުން ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ އަދި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމްކުރެވިފައިވާ ކަމަށް ވިދާޅުވެފައި ވެެއެވެ،

މިގޮތުން ގޭންގް ކުށްތައް ހުއްޓުުވުމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޭޓާ ޑްރައިވެން އާއި ޒަމާނީ މުއައްްސަސާއެއް ބިނާ ކުރުމަށް ޑިޖިޓަލް ކޮމާންޑެއް ގާއިމް ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިންގ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިންގ ކޮމާންޑެއް ގާއިމްކޮށްފައި ވެއެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެކެވެ. އަދި ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން އައްޔަންކޮށްފައިވާއިރު، މީގެއިތުރުން ފުލުހުންގެ ގަވަރނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ހިދުމަތްތައް ތަރުތީބު ކުރެވިގެން ދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސެންބެ

    ކުރީގަވެސްތިކަހަލަކޮމާންޑެއްއުފެއްދެވި އެކޮމާންޑުގައެއިރުތިއްބެވި ވެރިންސިޔާސީވެގެންކޮމާންޑުގެމަސައްކަތްނުހިގީ

    3
    1
  2. ޙަސަން

    މީއޭ ކަން ވާންޖެހޭ ގޮތަކީ... ކަން ކޮށްފި.
    ކުރަނީ ކުރަނީ ނުކިޔާ މިގޮތަށް ކޮށްފަ ދެއްކީމަ ނަތީޖާ ނެރެވޭނީ.

    5
    3
  3. ހިކި ކިރު

    މަނިކުފާނޫ! ގޭންގް ތައް ކިހިނެއްތޯ ހުއްޓުވާނީ! އެވެރިންގެ ބޭނުން އެންމެ ބޮޑަށް ހިފަނީ އެއިރެއްގައި އޮންނަ ދަޢުލަތަކުންނޯ ރަށު ތެރޭގައި ކިޔާ އަޑު ! އަހަނމު! މިކަން ވަރަށް ރަގަލަށް ޙުދު މަނިކުފާނަށް އެނގޭނެޔޯ މި ރަށު ތެރޭގައި ކިޔާ އަޑު ވެސް އަހަނމު!

    8
    1
  4. ާއަހުމަދު

    އަބަދުވެސް ފެންނަ ޙެޑްލައިނެއް، ގޭންގު ކުށް ހުއްޓުވަން ކޮންމެވެސް ޔުނިޓެއް، ޓާސްކްފޯހެއް ނޫނީ ކޮމިޓީއެއް އެކުލަވާލާވާހަކަ، ބެޖުނުޖަހާ އަމަލުން ނިކަން ދައްކަބަލަ.

    5
    1
  5. ހުސެއިން ޝާމް

    މަނިކުފާނުތީ ވަޒީރުންގެ ތެރޭގަ ހުރި އެންމްެ ޤާބިލް ބޭފުޅާ .މަނިކުފާނުގެ ޢިލްމު އެބަހުރި. އަދި ކުރިއަށް އޮތީ މަސައްކަތް.ރައީސުލް ޖުމުހޫރިއްޔާގެ އިސްލާޙީ އެޖެންޑާ ތަސްދީޤު ކުރުން އަދި އެމަނިކުފާނު ވިދާޅުވި ގޮތަށް 24 ގަޑި އިރުވެސް މަސައްކަތް ކުރަން ޖެހިދާނެ.

    3
    1
  6. ހުސެއިން ޝާމް

    އަިއްޒަތްތެރި މަނިކުފާނު ފުލުހުން 06 މަހުން އެއްމަހު ޔނިޓް ވައިސްކޮށް ބަދަލުވާގޮތަށް ހެދުން ވަރަށް ބުއްދިވެރިން. އެއިރުން ސަރޙައްދުގަ ނެޓްވޯކް ބްރޭކު ކުރެވޭނެ. ދެން އަނެއް ގޮތަކީ މޯބައިލް ލޮކޭޝަން ތަކެއް ޤާއިމް ކުރުން. އެއީވެސް ކުރެވިދާނެ ކަމެއް.ވަރަށް ބައިވަރު ގޮތަްތައް އެބަހުރި.ބޭރުގަެ ތަޖުރިބާ ކާރުންގެ އެހީ ބޭނުންވާނެ.

  7. ޚަދު

    މަ މަސްއޮޑި

  8. ސީ

    މިކަހަލަ ކަންތައް އިއުލާންކުރާނެ ކަމެއްނެތް! ށީކްރެޓް ސަރވިސްއިން ކުށްވެރިން މަދުކޮށްލާނީ