މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މާފަންނު އޭސިއާ ގެސްޓުހައުސްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް އަށް ނިސްބަތްވާ އެމްޑީ ސޮހަބް މިއާ 34އ، ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކުއެވެ.

ސޮހަބް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ސޮހަބް ގެންގުޅުނު ލެޕްޓޮޕް ދަބަހަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އެއާ ބެހޭ ގޮތުން ސުވާލު ކުރުމުން އެއީ ސޮހަބް ބޯން ގެންގުޅޭ އެއްޗެއް ކަމަށް ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން އޭނާ އާ އެކު ކޮންޓްރޯލް ޑެލިވަރީއަށް ކުރަން އެދުމުން ތަކުރާރުކޮށް އެއީ އޭނާގެ އެއްޗެހި ބުނެފައިވާ ކަމަށްވެއެވެ.

އޭނާއަކީ ގަވާއިދާ އެއްގޮތަށް އުޅޭ ކުށުގެ ރެކޯޑެއް ނެތް ބިދޭސީއެކެވެ.

ފަހަކަށް އައިސް މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންރަހާ ބެއްޔާ

    ބިދޭސީންނައް މިގައުމުގެ ލަގަނު ދިނީ މުއްސަނދި ބޭފުޅުން. ހަނދުމަވޭތޯ ރާއްޖޭގަ އެންމެ މުއްސަނދި އާއިލާ އެއްގަ ދޮށީ މީހަކު ކުރި ގިނަ ދިވެހިން ދަންނަ ވަސީއްޔަތެއް އޮންނާނެ ( ނަމަ ނަމަ ދިވެއްސަކު ކާރި ނުކުރާށޭ) އަދި ވަސިއްޔައް ކޮއްފަވަނީ ލަންކާ މީހުން ކާރި ކުރާށޭ. ހަމަ އުސޫލުން އެބޭފުޅުން ގެ މެއިޑުންނަށާ ގޭ ބެލެހެއްޓުމާ ހުރިހާ ކަމަކު ތިބެނީ ބިދޭސީން. ރާއްޖޭގަ އެއްވެސް މަހުޖަނަކު ފެންނަ ހިސާބެއްގަވެސް ދިވެއްސަކު ނުގެންގުލޭ މީ ހަގީގައް. މިއަދު ދުނިޔޭގަވެސް ނޯންނާނެ ބިދޭސީން ހިތުހުރި ގޮތަކައް އުޅެމުންދާ ތަނެއް މިނޫނިއްޔާ އެއްވެސް ހަމައެއް ލަމައެއް ނެއް. ސަރުކާރެއް އޮންނަކަމެއްވެސް އެމީހުން ނުދަނޭ.

    11
  2. ކޮރަލް

    ސޮހަބް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
    ޑިޕޯޓް ކޮށްލަން ވީ އެވެ.
    މިހާރު ބަޔަކު ފައިސާ ދީގެން އޭނަ ސަލާމަތް ކުރަން ރާވާނެ އެވެ.