ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ނަސީމްގެ ބައްޕަ އަލީ ނަސީރު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އަލީ ނަސީރު 75، ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އަލީ ނަސީރުގެ ހާލު ކުއްލި ގޮތަކަށް ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން އަލީ ނަސީރަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރަށް ލައިގެންނެވެ. އޭރުއްސުރެ ވެސް އަލީ ނަސީރުގެ ހާލު ސީރިއަސްއެވެ.

އަލީ ނަސީރަކީ ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދިން ބޭފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި 4ސީ އިންޖީން އަޅައިގެން މަސް ދޯނި އޮޕަރޭޓްކުރެއްވިއެވެ. އަދި ކ. ދިއްފުށީގައި ކަރަންޓުގެ ހިދުމަތް އަމިއްލައަށް ކައިރި ގޭގެއަށްދީ، އެއަށް ފަހު މުޅި ރަށަށް ކަރަންޓު ފޯރުކޮށް ދެއްވުމުގައި އިސް ރޯލެއް އަދާކުރެއްވިއެވެ.

އަލީ ނަސީރުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައިނެތް އާދަނު

    ބާއްޖަވެރިކަމާއެކު ސުވަރުގޭގައި ލަހައްޓަވާށި! ޢާއިލާއަށް ތަނަވަސްކަމާ ކެތްތެރިކަން ދެއްވާށި! އާމީން

    35
    0
  2. އަލީ ވަހީދު އިންނަމާދޫ

    އަލީ ނަސީރު ( ދިއްފުށި ނަސީރު )
    ނިޔާވި ޚަބަރު އެހީ ހިތާމަޔާއެކުގައެވެ.
    މަރުހޫމްގެ ފުރާނައަށް ހިޔޮރަހްމަތްލައްވާ ސުވަރުގޭގެ
    ދާއިމީނިއުމަތް މިންވަރުކޮށްދެއްވާ އާއިލާއަށް
    ކެއްތެރިކަން ދެއްވާފާންދޭވެ. އާމީން