މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ނުދެއްކި ހުރި ފައިސާ މާދަމާ ފައިސާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން އަންނަ މަހުގެ އެއްވަނަ ދުވަހު ދެވިގެންދާނެ ކަމަށެވެ.

މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު، ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

"1 ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ." މިފްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިފްކޯއިން ބުނީ، މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅަސޮރު

    އެބަރަނގަޅުވޭ

    11
  2. ޢަބްދުﷲ

    ރަނގަޅު... ނުފޯރާ ފޮތިން ފޫގަޅަން އުޅެގެން ކަމަކު ނުދާނެ...

    13
  3. ގލޅ

    މޑޕ ގެ ދޯހަޅި ސިޔާސަތު މިއޮތީ ފެންނާށެވެ އިންތިޚާބާ
    ދިމާކޮށް މަސްކިލޯއެއް -/25ރ އަށް ގަންނަން ނިންމި އިރުވެސް ރާއްޖެއޮތީ ދަރަނިވެރިވެ އަތުނުވާ ހިސާބަށް ގޮހެވެ
    އެހެން އޮއްވާ ގިނަ ވޯޓް ހޯދަންވެގެން ސަރުކާރަށް ބޮޑު
    ގެއްލުމެއްވާ ގޮތަށް މަސްވެރިން އަތުން މަސްގަންނަން ފެށުމަކީ އާދާގެ ކަމެއްނޫނެވެ ކޮށްފަ ނުކުރާނެކަމެއް މޑޕ
    އަށް ނޭނގެއެވެ!

    19
    2
  4. ހަންޑިކުޑަ

    މަސްވެރިންނޭވެ! ޑޮލަރުން މިފަހަރު ކިރާ މަސްކޮލަށް ފައިސާ ދޫކުރަނީޔޯ ބުނާ އަޑު އަހަނމު! ހުރިހާ މަސް ވެރިންވެސް ޑޮލަރު ބަލާ ދަބަސް ތައް ހިފައިގެން ދާތި!

  5. މޫސަ

    މަސްވެރިންގެ ކަންތަށް ސައިޒްކުރަންޖެހޭ

  6. Anonymous

    މަސްވެރިންނަށްދޭ ސަބްސިޑީ ކަނޑާލަންޖެހޭ. ރައްޔަތުންގެ ޓެކްސް ފައިސާއިން ކުރެވޭ ބޭކާރުހަރަދެއްއެއީ. މިފްކޯއަށް ފައިދާނުވާއިރު ނުއަގުގައި މަސްވެރިންބާނާ މަސް .ގަންނާކަށްނުޖެހޭނެ. މަސްވެރިންވެސް ކޮންމެވެސް އެހެން މަސައްކަތެއްކުރަންވީ. މަސްވެރިންނަކީ ސަރުކާރަށްބޮޑު ބުރައެއް. މިއަށްވުރެ ރަނގަޅުވާނެ މަސްވެރިން ގޭގަތިބެގެން. ރަށުމީހުންނައްވާވަރަށް މަސްބާނާ ރަށުމީހުންނަށް މަސްވިއްކަންވީނުންތަ. މިމީހުން ސައިޒުކުރަންޖެހޭ

  7. މުދި

    ޖަލު އޮފިސަރުން ފެލާލަފައި އެމީހުންގެ ރުފިޔާ އަތުލީ ތިކަމުގަ ދޯ

  8. މޯޑް

    ކުރީ ސަރުކާރޭ ނުކިޔާ ނުވަންޏާ އިސްތިއުފާދީފައި ގެޔަށް ކަނޑާލާ