މާލޭގެ ރެސްޓޯރެންޓެއް ތެރޭގައި ދެ ގްރޫޕު ދެމެދުގައި ހިނގި މާރާމާރީއެއްގެ ވީޑިއޯ ފުޓޭޖް ފުލުހުންގެ އަތުން ގެއްލި، އެމައްސަލައިގައި ދައުވާ ކުރި އެންމެން މިނިވަން ވެއްޖެއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީ-ސިކްސް ރެސްޓޯރެންޓް ތެރޭގައި ހިންގި މާރާމާރީގައި ޒުވާނަކަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހިންގި މި މާރާމާރީގައި ދެމީހެއްގެ މައްޗަށް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއައްކައެއް ވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ. އަނެއް ދެމީހުންގެ ތެރެއިން އެކަކަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާއިރު، ދެން ހުރި މީހާގެ މައްޗަަށް ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެވެ.

މި ދައުވާގެ އިތުރުން ވެސް މިކަމުގައި ހިމެނޭ ތިން މީހަކަށް މަގްބޫލު އުޒުރެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.

މީގެ ހަ އަހަރު ކުރިން ހިނގާދިޔަ މި ހާދިސާގެ ޝަރީއަތް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިކަމުގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، އެކޯޓުން އާންމު ކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން އެމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާއި ދެކޮޅަށް ހުށަހެޅިފައިވާ އެންމެ މުހިންމު ހެއްކަކީ އެސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖެވެ.

"އެވީޑިއޯ ފުޓޭޖުން ތުހުމަތު ކުރެވޭ ފަރާތްތައް ޖީ-ސިކްސް ކެފޭއަށް ދިޔަ މަންޒަރާއި އެމީހުން ލައިގެން ތިބި ހެދުމާއި ތިބި ގޮތާއި އެ ކެފޭއިން ނުކުތް މަންޒަރާއި އެވަގުތު އެތަނުން އެކަކުގެ އަތް ޒަހަމްވެފައިވާ މަންޒަރާއި އެތަނުން ބައެއް މީހުންގެ އަތުގައި ވަޅިއާއި ކޯރާޑިއެއް އޮތް މަންޒަރު ފެންނަ ކަމަށް ތަހުގީގު ކުރ ިފަރާތުން ފާހަގަ ކުރައްވާފައިވޭ" ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެވީޑިއޯ ފުޓޭޖުން މިކަންކަން ފާހަގަ ކުރެވުނު ނަމަވެސް އެއިން ފުޓޭޖެއް ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ.

އެކަން އެގޮތަށް ދިމާވެފައިވަނީ އެހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުންގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ފުލުހުންގެ އެއްވެސް ކެމެރާއެއްގެ ފުޓޭޖް ގެއްލިފައިވާތީ ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްގައި ވަނީ ބުނެފައެވެ.

"ކެމެރާ ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހޭދައެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް މިސާވިސް ޓެކްނޮލޮކީ ޑިޕާޓްމެންޓުގެ ފަރާތުން ތަހުގީގަށް މައުލޫމާތު ދީފައިވާތެ، މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައި ނުވާކަން ފާހަގަ ކުރަމެވެ" ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މިކަމުގެ އިތުރުން ވެސް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިން ކޯޓަށް ހާޒިރު ކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެމީހުން ހާޒިރު ނުކުރެވޭތީ، އެމީހުންނާއި ދެކޮޅަށް ހެކިބަސް ވެސް ލިބިފައި ނުވާތީ، މައްސަލަ ބެއްލެވި ގާޒީ، އިސްމާއީލް ޝަފީއު ވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދެވިފައި ނުވާ ކަމަށް ނިންމައި އެގޮތަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޜައްޔިތުމީހާ

    ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟¿؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟¿؟؟؟؟؟؟؟؟؟؟

  2. ޓުއްޓު

    ތިވެސް ގޮތެއް ދޯ ދެން....

    18
  3. ކިޔާހުވާ

    ގަސްތުގަ ގެއްލުވާލީދޯ

    19
  4. އިންޓަލް

    ތިޔާމެދު ދެން ކީކޭ މަ ބުނާނީ؟

    13
  5. ޢަލީ

    ޓެކްނިކަލް ދިމާވީ އެވީޑިއޯ އަށް؟؟؟؟ އެއީ ޑީލެއްގެ ދަށުން ހިގި ކަމެއް ނޫންކަމަށް ވެދާނެބާ؟

    20
    1
  6. ސީލް

    މިހެންވެގެންނޭ ބުނަނީ ހައްޔަރުކުރި ޖަލު އޮފިސަރުންވެސް ހަމަ ކުއްލިއަކަށް މިނިވަންވެދާނެއޭ. ރާއްޖެ މީކޮންތަނެއްކަން އަހަރެމެން ރައްޔިތުންނަށް އިނގެއެވެ.

  7. ނާޖިޙް ޢަލީ

    ގަވްމުގެ ޝަރުޢީ ނިޒާމުގެ ޙާލަތު، އެންމެ ވީޑިއޯއަކަށް މުޅި މައްސަލަ ޑިޕެންޑްވެގެން ވީޑިއޯ ގެއްލުނީމަ، މައްސަލަ ނުހިނގާ ކަމަކަށް ބަދަލުވީ، މިހާރު މުޅި ޤަވްމު ހިންގަނީ ގޭންގް ތަކުން، ފުލުހުންގެ ތެރޭގައި ވެސް ގޭންގު މީހުން،، ތި ހަމަ ގަސްތުގައި ގެއްލުވާލީ، އެވެރިން ހީކުރަނީ ރައްޔިތުން މީ ގަމާރުންނޭ، އަދި މޮޅުކަމަކީ އެ ވީޑިއޯ ގެއްލުނީމަ އެކަމައް ޒިންމާވާނެ މީހަކުވެސް ނުހުންނާނެ.. ސަޅިއެއްނު، ކިހާ ޒިންމާދާރު.. ޤަވްމެއް ނެތް..

  8. ސިރުއް

    ނަސީބު ދޯ އެއްމީހުން ޑިލީޱް ނުއްވިކަން ����

  9. Anonymous

    ގިނަލާރިދިނީމާ ވުޖޫދުންވެސް ގެއްލޭނެ.

  10. ޒާ

    ތީ ބައިކޮޅުގެ ގޭންގެއްވީމާ ވީޑިއޯ ގެއްލުނީ.

  11. ޢަބްދުﷲ

    ކޮބާ ޒިންމާ ވާންޖެހޭ ފަރާތް މިކަމުގައި... ބައެއްގެ ޙައްގު ގެއްލިގެން ދާއިރު

  12. ބޯހަލާކު

    ގޭންގު ތަކުން މި ޤައުމުގެ ކޮންޓްރޯލް ނެގީމަ ދެން ފުޓޭޖް އާއި ސާވާރުވެސް ގެއްލޭނެ. އަދި ކިއެއްތަ ޕޮލިސް ކަމިޝަނަރު ވެސް ގެއްލޭނެ ތިވަރުން ކަންކަން ދާނަމަ!!! ބަތްކައްކާ ކުޅެން އުޅުނު ޒަމާން މާޒީވެ ދިޔަނަމަވެސް ބަތްކައްކާ ކުޅެން އުޅުނު މީހުން އެބަތިބި އަދިވެސް. މި ޤައުމުގެ މިސްރާބު ހުރީ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގެ މިސްރާބަށް ދެން ހަމަ އެކަނި ބޭނުން ވަނީ ނަތަންޔާހޫ ކަހަލަ މާތް މީހެއް ދެއްތޯ؟؟ ހެހެހެހެ

  13. ދަ ޓެކްސް ޕޭޔަރ

    ސުކުރިއްޔާ ގައުމު.

  14. އެގފ

    ވީޑިއޯ ގެއްލުނޭ ކިޔާފައި ކީއްވެ އެންމެން ދޫކުރަން ޖެހެނީ............... ކޮރަޕްޓް ގާޒީން ރާއްޖޭގައި ގިނައީ

  15. ކެފްޓަން އެމެރިކޯ

    މިމައްސަލަ ކެފްޓްން އިހުސާނު ބަލާ ފިޔަވަޅު އަޅުއްވާދެއްވާ.

  16. އަހްމަދު

    ތިމާމެން ދޫކޮއްލަން ބެނުންވާ ބައެއްގެ އުންސުރު ހަމަ ނުވާނެ! ހެކި ގެއްލޭނެ! ތިވެސް ގޮތެއް! ކުރީގެ ކަންކަމަ ޖޯކު ޖެހިމީހުންނަށް މަޤާމުތައް ލިބުނީމާ ވަނީ ގޯސް!

  17. ހަހަހ

    ކާކު ޒިންމާވާނީ؟

  18. ހޯމް ލޭންޑް މިނިސްޓަރ އަށް ސަލާމް

    އަދި ވެސް ހޯމްލޭންޑް މިނިސްޓަރ ކިޔާ ގަދަބަސް. މިއީ ދިވެހި ފުލުހުންގެ އިދާރާގެ ފެންވަރ. ވައްކަން ކުރާ މީހުން 4000 އެއް ނޫން 1000000 ހައްޔަރު ކުރިޔަސް ދޫ ކުރާނީ. އަހަރު ނިމޭއިރު އައިއޯ މެޑަލް ޖަހާވަރަށް ކޭސް ނިއްމި ކަމަށް އޮންނާނީ. ދައުރު ނިމޭއިރު ދައަލުތުގެ އެންމެ މެ ބޮޑު އިދާރާ ކަމަށްވާތީ ވޯޓް ގެއްލިދާނެތީ ޕްރޮމޯޝަން އައި މުސާރަ ބޮޑު ކުރުން. ދައުލަތު މުސާރާގެ އިތުރުން ޔުނީފޯމް ލައިގެން ކަރެޝްއަން އެކޭ އެއްގޮތަށް ކަންތީ ކުދިން ކޮޅުގެ ޕޭރޯލްގައި އޮތް އިދާރާއެއް. އަހަރަކު 100 ކުއްކުރާ މީހުން ސިއްރުން ސަވޭލަންސް އެއްކޮއްގެން އެވިޑަންސް އެއް ކޮއްގެން ރެޑް ކޮއް ހައްޔަރު ކުރި ނަމަވެސް ކުއްކުރާ މީހުން މަދު ކުރެވޭނެ. ކީއްކުރާނީ ބަޔަކު ރިޕޯޓް ކޮއްގެން، ނޫނީ އަތުލައިގެން ނޫނީ މި ނުކުޅެދޭ އިދާރާއަކަށް ކަމެއް ވާކަމެއް ނުވޭ. ހަމަ އެކަނި ކުރެވޭނީ އާމު މަސަކަތް ތެރި މީހާ ސައިކަލް ސްޓިކާ ޖޫރިމަނާ. އެއާމު މިހާ ކައި ބޮއި ހަދަންވެގެން އެ ޖޫރިމަނާ ދައްކާފަ އުޅަނދު ނެރޭނެ. އެއީ ނުކުޅެދޭ ފުލުސް އިދާރާ އަށް ހަމަ އެކަނި ކުރެވޭ ކަން. ކަންމަތީ ބޮއި ކޮންމެ ގޮތަކަށް ދުއްވާ ކޮންމެ ތަނެއްގާ ޕާކް ކޮއް ފީ ނުދެއް ކިޔަސް އެމީހުން އެއް ދޮރުން ވައްދައި އަނެއް ދޮރުން ބޭރު މާރާ މާރި ހިންގި ވީޑިއޯ ގެއްލި ދޫވުން، މަސްތުވާތަކެތި ޓަނު ޓަނުން ހިފިޔަސް އޭގެ ކުއްވެރި ވާފަރާތެއް ނެތުން. ނޫސް ކޮންފެރަންސް ދީފަ ކޯޓް ބޮލަށް ޖަހައި، ޤާނޫނު ނެތޭ ރިސޯސް ނެތޭ ކިޔަންވީ. މުޅި މާލޭގައި ކެމަރާ އޮތަސް. ކިޔާތީ އަޑު އިވެނީ މިސަރަހައްދުގެ ނެތް އެންމެ ފެންވަރު ފޮރެންޒިކް ލެބާ ވަސީލަތް ގެން ގުޅެނީ މި ނުކުޅެދޭ ފުލުހުންގެ އިދާރާ ކަމަށް. މި ނުކުޅެދޭ އިދާރާއަށް ކުރެވޭ ކަމަކަކީ އިސްޓިކާ ޖޫރިމަނާ އިތުރުން އެއިރެއްގެ ވެރިކަން ކުރާ ބައެއްގެ ނުނީ ވަރަގަދަ ނުފޫޒު އޮތް ވިޔަފާރި ވެރިން ކޭސް ހުށައަޅައިފިނަމަ ކެމެރާއަށް ވެސް އަރާނެ، ހެކިވެސް ފެންމަތިވޭ، އަޖައިބެއް. ދެން ހަރު ކައްޓޭ ކިޔައި ބޮލު އަޅުވާ މީހުން ކެމެރާއަށް އަރާ ހެކި އުފެދޭ. ދީނަށް ފުރައްސަރ ކޮއް އުޅޭ މީހުން ކެމާރާއަށް ނާރާތާ ހިމާޔަތް ކުރާނެ. ދައުލަތުގެ ޚަރަދު ކުޑަކުރަން ތި އިދާރާ އުވާލާ ބޭރު ސެކިއުރެޓީ ސައްވިސް އަކަށް ހަވާލު ކުރަންވީ.