ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑޭޓާބޭސް ހެކްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީގެ ޑޭޓާބޭސް ހެކްކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ބަޔަކު މީހުން އަންނަނީ އޯޓީޕީ ހޯދަން މެސެޖު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިމައްސަލަ ބަލަމުން އަންނައިރު، މިހާތަނަށް އެއްވެސް ބަޔަކު ހައްޔަރު ކޮށްފައިވާ ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ ޑޭޓާބޭސް ހެކް ކޮށްފައިވާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ޑޭޓާބޭސް ހެކް ކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދުން ފަދަ އެކިއެކި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.