ސަރުކާރު މަސް ކުންފުނި، މިފްކޯއިން މަސް ގަންނަ އަގު ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ އެ އަގަކީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓް ފަހަރުން މަސް ގަންނަ އަގުތައް މަސް ގަންނާނެ އަގު ކަމަށެވެ.

އެގޮތުން:

1.5 ކިލޯއިން މަތި

  • އައިސް މަސް، ކަނޑުމަހާއި ކަންނެލި: 16 ރުފިޔާ
  • ނޯމަލް މަސް (އައިސް ނާޅާ) ކަނޑުމަހާއި ކަންނެލި: 14 ރުފިޔާ

1.5 ކިލޯއިން ދަށް

  • އައި މަސް، ކަނޑުމަހާއި ކަންނެލި: 7 ރުފިޔާ
  • ނޯމަލް މަސް (އައި ނާޅާ) ކަނޑުމަހާއި ކަންނެލި: 5 ރުފިޔާ

މިފްކޯއިން ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ ކަމަށް ވެސް ބުނެފައެވެ. އަދި ހަމަ އެއާއެކު މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ވައުދު

    ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކަނޑުމަހުގެ އަގު ކިލޯއަކަށް 20ރ. އަށްވުރެ ދަށަށްދިޔަ ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވެވަޑައިގެންފަ އެވެ ދިއްގަރައް ވަޑައިގެން ދުވަހު

    6
    2
  2. ޝަރު

    މަސްވެރިންނަށް އޮންނާނެ ރާކަނިމަސް ކެވިފަ!! ސައިޒުކޮއްލީ ހަމަރަގަޅަށްވެސް މަޖުލިސް ހޯދައިފަ. ��

    9
    1
  3. ޅަސޮރު

    ބަރާބަރު އެބަ ރަނގަޅުވޭ.
    މަސްވެރިންނަށް ސަބުސިޓީދީގެން ބޮޑުއަގުގައި މަސްގަންނާތީ އެއްވެސް ސަބުސިޓީއެއް ނެތްއާއްމު މީހާ އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރުވެސް މިޖެހެނީ މަސްވެރިން އަތުން ސަލާމަތް ނުވާހައި ބޮޑު އަގުގައި މަސްގަންނަށް.

    11
    2
  4. ދޮންބެ

    ރަނގަޅު ނިންމުމެއް ޝުކުރިޔާ

    9
    1
  5. ދަތްނެތްކުއްޖާ

    ކޮބާ މަސް ވެރިންނަށް ދެރަ ގޮތެއް ނަހަދާނަމޭ ބުނެފަައި އައި ސަރުކާރުގެ ހާލަތު! ޑޮލަރުންނޯ މަސް ކިރާފައި ފައިސާ ދޭނީ! މިހާރު މަސް ވެރިން ތިބޭ ރާކަނި މަސް ކައިގެން! އަދިވެސް ވާނީ ވޯޓު ދޭން!

    4
    7
  6. ޢަލީ

    މަސް ކިލޯއެއް 1ރުފިޔާއަށް ހަދައިގެން ނަމަވެސް ތިމަސްވެރިންނަށް ފައިސާ ދީ. އެހެންނޫނީ ރައްޔިތު އެންމެންގެ މުދަލަށް ގެއްލުންދޭން. މަސްވެރިނަގެ ނުހުންނާނެ އެއްވެސް ގޮތެއްފޮތެއް

    7
    4
  7. އަޙްމަދު

    އަދިވެސް އަގު ބޮޑު އަސްލު ހަދަންވީ 1.5 ކިލޯ އަށްވުރެ މަތި 14 ރުފިޔާއަށް

  8. ސަންތި މަރިޔަނބު

    ރަނގަޅު ނިންމުމެއް. ގައުމަށް ފައިދާހުރި ގޮތަކަށް އަބަދުވެސް ބަލަންވާނެ. ކޮންމެހެން ވަކި ބަޔަކަށް ވަކި މީހަކަށް ބަލައިގެން ނުވާނެ.

  9. ރަންރީނދޫ

    ލިބިދާނެ ،ގެއްލިދާނެެވޯޓަކަށް ނުބަލާ ތިޔަ އެޅުއްވި ހަރުދަނާ ފިޔަވަޅަށް ހަމަ ސާބަސް. އިގުތިސާދު ހަމަޔަކަށް އެޅުވޭނީ ގަޓުހުރެގެން.ކޮރަޕްޓް ސިޔާސީ ގާބޭޖުންނަށް ކުރަން ނުކެރި އޮތްކަމެއް ތިކުރެއްވުނީ.

    10
  10. ޢިސްޢާފް ސަލީމު

    ބަރާބަރު ރަގަޅު ނިންމުމެއް! ބަޔަކު މުޅި ޤަވްމު ފެންފޮދިކާނުލައި ދިރުވާލައިގެން ގޮސްތިބިކަމާއި ، ޤަވްމުގެ އިޤްތިޞާދު ނައްތާލާފައިއޮތްއިރު އިޤްތިޞާދު ކޮޅަށްނެގުމަށް މިސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަސްވެރިން ހިތްހަމަޖައްސާލާ!

    8
    1
  11. Anonymous

    މަސްވެރިންނަށްދޭ ސަބްސިޑީ ކަނޑާލަންޖެހޭ. ރައްޔަތުންގެ ޓެކްސް ފައިސާއިން ކުރެވޭ ބޭކާރުހަރަދެއްއެއީ. މިފްކޯއަށް ފައިދާނުވާއިރު ނުއަގުގައި މަސްވެރިންބާނާ މަސް .ގަންނާކަށްނުޖެހޭނެ. މަސްވެރިންވެސް ކޮންމެވެސް އެހެން މަސައްކަތެއްކުރަންވީ. މަސްވެރިންނަކީ ސަރުކާރަށްބޮޑު ބުރައެއް. މިއަށްވުރެ ރަނގަޅުވާނެ މަސްވެރިން ގޭގަތިބެގެން. ރަށުމީހުންނައްވާވަރަށް މަސްބާނާ ރަށުމީހުންނަށް މަސްވިއްކަންވީނުންތަ. މިމީހުން ސައިޒުކުރަންޖެހޭ

    6
    1
  12. ދާއޫދު

    މަސްވެރިންގެ ނަމުގައި ބަޔަކު ނުކުމެ މުޒާހިރާ ކުރުމުން، ކިރާމަހަށް ލަސްނުކޮށް ފައިސާ ލިބޭނެގޮތް މިފްކޯ އިން ހަމަޖައްސައިފި. 25 ރުފިޔާ އިން 16 ރުފިޔާ އަށް އަގު ބަދަލުވެއްޖެ😆 ތެލުގެ ސަބްސިޑީ ކަނޑާލަންޖެހޭ

  13. Anonymous

    ކޮންމެދޯންޏަކުން އެތައްހާސްޓަނެއްގެ މަސްބާނައިގެން މިފްކޯއަށް މަސްކިރުވަނީ މިފްކޯއަށް ހުރިހާގެއްލުމެއް ނުއަގުގައި މަސްގަންނަނީ. ރާއްޖޭގައި އެލްޖީބީޓީ ހުއްދަނޫންވީމާ ޔޫރަޕުން ރާއްޖެއިން މަސް ގަންނާކަށް ބޭނުމެއްނުވޭ. ފައިދާނުވާކަމެއް މިފްކޯއިން ކުރާކަށްނުޖެހޭ. މަސްވެރިންނަށްދޭ ސަބްބިޑީވެސް ކަނޑާލާ.

    6
    1
  14. ޔަހުޔާ

    މަސްވެރިންނަކީ ސަރުކާރަށްޖެހިފައިވާ ބަލާވެރިކަމެއް. ސަރުކާރު ހޮވަނީ މަސްވެރިން އެކަނިދޭ ވޯޓަކުންނެއްނޫން. މަސްވެރިން އެކަންދަންނަންޖެހޭ.

    5
    1
  15. ބޮޑު ކަންނެލި

    އެމްޑީޕީ ކުދިން މަސްވެރިން ބޮލައް އެރިގެން ޖެހިސަކަރާތް ކޮންތާކު މ ޖެހުނީ. ކިހާ ރަގަޅައް ސަރުކާރުން ކަންކަން ކޮއްދެމުން އައީ. ދޯނިއުޅޭ ބަންގާޅީން ނައްވެސް ސަބުސިޓީ ދީގެން މިޔޮއްހުރިހާ ދުވަހު ސަރުކާރުތަކުން އައީ.ޝުކުރު ކުރަން ދަސްކުރޭ

  16. ޒާ

    ތީ ރަނގަޅު ގޮތެއް. މަހުގެ އަގު ބާޒާރު އަގާއި ނުބައްދަލު ގޮތަށް ދާއިމަށް ކަނޑައެޅުމަކީ ވިޔަފާރި ސައްޙަވާނެ ގޮތެއްނޫން. ވިޔަފާރިއަކީ ދެފަރާތަށްވެސް ގެއްލުން ނުވާގޮތަށް ކުރެވޭ މުޢާމަލާތެއް. މަސްވެރިންވެސް ޖެހޭނެ އެކަން ބަލައިގަންނަން. ނޫނީ ޖެހޭނީ އަބަދު މުޒާހަރާކޮށް ފެކްޓަރީ ބަންދުކޮށްގެން ތިބެން.

  17. ޢަބްދުﷲ

    ތި އަގު ރަނގަޅު.. މާރުކޭޓުންވެސް ތިއަގުގައި މަސް ލިބޭނަމަ، އަހަރުން ކުކުޅު ކެއުން މަދު ކޮށްފަ، ކަނޑުމަސް ގިނައިން ކާނީ... މިހާރުގައި ނަމަ، ކަނޑުމަސް އަގުބޮޑުވޭ އެބަ ކުކުޅުމަހަށްވުރެ.

    5
    1
  18. ނަާބެ

    މިސަރުކާރުގެންނަން ހަޅޭލެވި ކުދިންނަށް ހުންނާނީ އެއްޗެއް ވިސްނިފަ

    5
    4
  19. Anonymous

    ކޮބާ ހީވޭ ! މަސްވެރިން ސޯރޓްބޭލުން ނުންކަމެއްވިތަ!!!

    7
    1
  20. ފިނޭ

    ޔެސް! ދެން އަހަރުމެން އަތުން ނަގާ ޖީއެސްޓީން އެމީހުންނަށް ލާރި ދޭކަށް ނުޖެހޭނެ

  21. މުޙައްމަދު

    މިފްކޯއައް ފައިދާ ނުވާ ސަބައެއް ހަމަ ނުވިސްނޭ.. މަސްވެރިންގެ އަތުން މަސް ގަންނަނީ 20ރ ކިލޯއެއްނަމަ މިފްކޯގެ ފިހާރަތަކުގައި އެމަސް ވިއްކަން ހުންނަނީ 50ރ 60ރ ކިލޯއެއް.. ދެން ކީވެ ފައިދާ ނުވަނީ..

    1
    5
  22. މޯޑް

    ވެރިކަމަށް އައިސް ރަނގަޅުގޮތް ތިހޯދާދިނީ ސިޔާމް... މަސްވެރިން އުފަލުން ފޮޅިފައި

    2
    4
  23. ކޮޔާ

    މަޑުން ތިބި ނަމަ ރަނގަޅުވީސް

  24. ކިޔު

    މިއަގުގެ މައްސަލައެއް ނެތް. މައްސަލައަކަށްވަނީ މަސްކިރާފަ އަގު ނުލިބ މާބޮޑަށް ލަސްވާތީ. ދައުލަތުން ކަންކަން ނިންމޭނީ މުޅި ރައްޔިތުންގެ މަންފާއަށް ބަލައިގެން.

  25. މުންޖިޗޭ

    ރިޔާސީ އިންތިޚާބަކަސް އެނޫން އިންތިޚާބަކަސް ނުއުފުއްލޭ ބުރައެއް އުފުލާކަށް ނުޖެހޭނެ، ވެރިކަމަށް އަންނަނީ ބަޖެޓެއް ހިފައިގެނެއްނޫން، ދައުލަތުގަ ހުރި ވަޞީލަތްތަކުން ފައިސާ ހޯދައިގެން ސަރުކާރު ހިންގަން، ނުލިބޭ އެއްޗެއް ޚަރަދުކުރާކަށްނުޖެހޭ، މަސްވެރިންނަށްވިޔަސް ދެވޭ ވަރުގެ އަގެއް އޮވެގެންނޫނީ ދެމެހެއްޓެނިވި ގޮތަކަށް ނުކުރެވޭނެ، ތިޔަހެން 17000 މަސްވެރިންނޭ ކިޔައިގެން ސަރުކާރަށް ބިރުދައްކާއިރު އެބުނާ ބައި ކަނޑާލީމަ ތިބި ޢަދަދު މާގިނަވާނެ، އެއްވެސް ބިރެއްނުދެއްކޭނެ.

    3
    1
  26. މާހޯރަ

    ވޯޓަށް އަހަރުމެންގެ ރަށްރަށައް އައިސް ކީއްވެ ވައުދާ އަހުދުވީ. ޢެދުވަހުބުނަމުން ދިޔައީ ގަންނަ މަހުގެ އަގައް ބަދަލެއް ނުގެންނާނެކަމުގެ ހަޤީންކަން ރަތްޔަތުންނަށް ދެމޭ. މިޔަދު އަހުންގަބޫލުކޮށްފިން ޑރ އަޑައް ބާރުލާފަ ނުކުރާނަމޭބުނެފި ކޮންމެ ކަމެއް ޑރ ކުރާނެކަން. ޑރ އެވެ އަހަރުމެން ނިކަމެތިރަތްރަޔަތުންނަށް ޑރ ތިމަގާމުން ބޭލޭނެ ދުވަސް އަންނާނެކަން ހަދާން ކުރާށެވެ. ޑރ. ހީފުޅުކޮށްގެން ތިހުންނަނީ ވެރިކަންދެއްވީ އަދުރޭ އާއި އަދުރޭގެ ދަރިކަމަށް ހެއްޔެވެ.

    1
    3
  27. އަބްދޫ

    މުޒާހަރާކޮށްގެން ސަރުކާރަށް ބަލާ ޖެއސުމުގެ ނަތީޖާ ފެނުނު ކަމަށް ދެކެން. މަސްވިއްކައިގެން ދަވްލަތަށް ނުލިބޭ އަދަދެއް މަސވެރިންނަށް ދެމުންދިއުމުން ދަވްލަތަށް 1200 މިލިއންރުފިޔާ ގެއްލުން ވީ އިރުވެސް މިކަނަް ހަމަޖައްސަމުންދިޔައިރު މިންވަރަށް އީމާން ނުވުމުން ދެން ނިކުންނަ ނަތީޖާ މިއޮތީ ނިކުމެފަ. ތެލަށް ސަބަސިޑީ ދެވިދަ އެއީ މިހާރުގެ ގާނޫނުއަސަސީ ތަސްދީގު ކުރުމުގެ ކުރިންވެސް ދެމުންއައި ފައިސާއަކަށްވުމުން . މިހާރުގެ ގާނޫނުއަސަީންވެސް އަދި ގާނޫނަކުންވެސް ދަވްލަތުގެ އެއްވެސް ފަރާތަކަށް ދެވިފަނެތް ބާރެއްނަންގަވައިގެ ދަވްލަތަށް ގެއްލުންކުރި މައްސަލަ ތަހުގީގުކޮށް ސަރީއަތަށް ފޮނުވުން އަވަސްކުރައްވާ.

  28. ައަހުމަދު

    ސަބްސިޑީ ދީގެން މަސް ނުގަނެވޭނެ. އެކަމު ސަރުކާރުގެ މަގާމެށްގަ 20 އަހަރު އުޅުމުން އެދޭ އެލެވަންސް ކަނޑަލައިފި ނަމަ ބަޖެޓަށް ބޮޑު ތަނުން ލުއި ވާނެ . މަޖިލީސް މެންބަރުންގެ މުސާރަ އާއި ޖުޑިޝަރީގެ ތިބި މުވައްޒަފުންގެ މުސާރަ އާއި ފުލުހުންނާއި ސިފައިންގެ މުސާރަ އިން މިން ވަރެށް މަދު ކޮއްލިޔަސް ބަޖެޓް އަރަނި ވާނެ. މަސްވެރިން ނިކަމެތި ވީމަ އެމީހުންގެ އާމްދަނީއާ ކުޅެލަން ތި ކެރުނީ... ސަރުކާރުގެ އިހުލާސް ތެރި ކަމެއް އޮތްނަމަ އެންމެންގެ އާމްދަނީ އާއި ކުޅުލެވެން ވާނެ.

    1
    2