150 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ފުޅިތަކުގެ ފޮޓޯ ހިއްސާކޮށްފައެވެ.

ޝިފާން ވިދާޅުވީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއްވެސް ޝިފާން ހާމަކޮށްފައެއް ނުވެއެވެ.

ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ ފުޅިތަކެއް ހޯދާފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ހޯމް މިނިސްޓްރީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ދުވަހަކު ކަމެއް ޔަގީނެއެް ނުވާނެ. 150 ފުޅި ކަމަށް ޝައްކު ކުރެވޭ އެއްޗެއްގެ ތެރޭގައި ހުރި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ތަކެއްޗަކާއި ، ގިނަ އަދަދެއްގެ ފައިސާ ކަމަށް ޝައްކު ކުރެވޭ ކަރުދާސްތަކެއް ކަހަލަ އެއްޗަކާއި އެކު މީހުން ކަމަށް ޝައްކު ކުރެވޭ ބަޔަކު ، ފުލުހުން ކަމަށް ޝައްކު ކުރެވޭ ބައެއްގެ އަތްދަށު ވެއްޖެ ކަމަށް ޝައްކު އެބަ ކުރެވޭ. @ ކިބޮޑު ކަމެއްނު؟

    7
    1
  2. ޢަބްދުﷲ

    ރަލާއި އޫރުމަސް އެތެރެކުރުން ހުއްޓާލާ... މިފަދަ އިސްލާމީ ޤައުމެއްގައި އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމަށް ކުރެވިދާނެ ކަމެއް... ފަތުރުވެރިންނަށްވެސް، ރަލާއި އޫރުމަސް ނުކައިވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެވޭނެ...

    4
    4
    • ޛދނދނދ

      ކަލެއަކަށް ނޫން އެނގޭނީ ގެސްޓުން ރަލާ އޫރުމަސް ބޭނުން ވާކަމެއް ނުވަތަ ނުވާކަމެއް. ބަޔަކު ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސްވެސް ރަލާއި އޫރުމަސް ރިސޯޓުތަކުން ވިއްކުން ހުއްޓާލައިފިއްޔާ އޭގެ އަސަރު އިގްތިސޯދީގޮތުން ނުހަނު ބޮޑުވާނެ. އެމީހުން އަންނަނީ ބީޗަށް ގޮސް ޝެމްޕޭން ބޯން.