ވޯލްޑް ބޭންކުން ރާއްޖެއަށް އައު ކަންޓްރީ މެނޭޖެރައް ހަމަޖައްސައިފިއެވެ.

މި ގަމާމަށް މިއަދު އައްޔަން ކުރެވިގެން ދިޔައީ އާމޭނިއަންގެ ރައްޔިތެއް ކަމުގައިވާ ގެވޯގް ސަރގްސްޔަންއެވެ. 2000 ވަނަ އަހަރު ވޯލްޑް ބޭންކާއި ގުޅިވަޑައިގަތް ސަރގްސަޔަން މި މަގާމާ ހަވާލެވަޑައިގަތީ 20 އަހަރު ދުވަހުގެ ތަރުޖިބާއާއެކުއެވެ.

މީގެ ކުރިން ވޯލްޑް ބޭންކުގައި އޭނާ ވަނީ ޔޫރަޕް، މެދުތެރޭ އޭޝިއާ އަދި އިރުމަތީ އޭޝިއާގެ ކަންޓްރީ މެނޭޖަރ އަދި އޮޕަރޭޝަންސް މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރައްވައި، ކްލައިމެޓް ފައިނޭންސްގެ ޕްރޮގްރާމް މެނޭޖަރ އަދި ކްލީން އެނަރޖީގެ ގްލޯބަލް ލީޑްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ. އެންމެ ފަހުން އޭނާ މަސައްކަތްކުރެއްވީ ކީވްގައި ހުންނަވައި ޔުކްރެއިންގެ ކަންޓްރީ މެނޭޖަރުގެ ގޮތުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ އިސްކަންދޭނެ ކަމަކީ ދިވެހި ސަރުކާރާއިއެކު ވޯލްޑް ބޭންކުގެ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ރާއްޖޭގެ އަމިއްލަ އިޤްތިޞާދީ އިޞްލާޙުތައް ތަންފީޒުކުރުމަށް އެހީތެރިވުމާއި، އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ދިވެހިރާއްޖެއަށް ބޭނުންވާ މީހުންނާއި، މޫސުމާއި، އަދި އުމްރާނީ ތަރައްޤީއަށް އިންވެސްޓްކުރުމަށް ޖާގަ ހޯދައިދިނުމަށެވެ.

އޭނާގެ އައު މަޤާމުގައި، ސަރގްސްޔަން ބަލަހައްޓަވާނީ ޖުމްލަ 217 މިލިއަން ޑޮލަރުގެ ޕޯޓްފޯލިއޯއެއް އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް އެހީތެރިވުމަށް އަމާޒުކޮށްފައިވާ ވޯލްޑް ބޭންކުގެ ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކް ތަންފީޒުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    މަރުހަބާ އިއްޒަތްތެރި މަނިކުފާނު އަޅުގަނޑުމެންގެ ހުވެފެނަކީ ދުނިޔޭގަ ޗާޓުގަ ތިކިތިކެއްގެ ސިފައިގަ ދިވެހި ރާއްޖެ އޮތަސް ދުނިޔޭގެ އެންމެ ކުޑަ މުއްސަނދި ޤައުމަށްވާން. ﷲއަކްބަރު، ﷲއަކްބަރ، ﷲއަކްބަރު ޖިބްރީލުލް އަމީން.