އަައްޑޫ ސިޓީ މަރަދޫގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަަކަށް އަނިޔާވެގެން ފަރުވާ ދިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، މި މާރާމާރީ ހިންގި ކަމުގެ ރިޕޯޓް ލިބުނީ ރޭ 10:30 ހާއިރު ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި މި މާރާމާރިއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޒިމް ސައްތާރު

    ގޫބައްޑާތަ ރަށުން ބާލުވާފަ މުޅި އަތޮޅު ކުއްޔަދީބެއް

    2
    2
  2. ހުސެއިން ޝާމް

    އައްޑޫ ލައިވް ބޭފޫލުން ނިދާފަ ތިއްބަ ކުރާ ކަންތައް ނުބެލޭނެ.