ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި ޒަހަމްކޮށްލި މައްސަލައިގައި ހައްްޔަރު ކުރި މީހާގެ ބަންދަށް އެރަށު ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

އެރަށުގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކުރިއިރު، އެ މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ހައްްްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަަމަށެވެ.

މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާ އަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.