ވޭތިވެދިޔަ ތިން އަހަރު ކުންފުނިތައް ދެކޮޅު ނުޖެހިގެން ކުންފުނިތައް ހިންގުމަށް މިދިޔަ ސަރުކާރުން 9.3 ބިލިއަން ރުފިޔާ ދީފައިވާ ކަމަށް މާލީ ވުޒާރާގެ ނައިބު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ނަގާފައިވާ ދަރަންޏަށާއި އެ ކުންފުނިތައް ހިންގުމުގެ ހަރަދަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިދިޔަ ސަރުކާރުގައި އައިސްފައިވާ ކަމަށެވެ.

އެގޮތުން ވަރަށް ގިނަ ކުންފުނިތަކުން މުވައްޒަފުން ބޮޑެތި އަދަދުތަކުން އިތުރުވެފައިވާ ކަމަށާއި އެއާއެކީގައި ކުންފުނިތަކަށް ލިބޭ އާމްދަނީއަށް ނުކަތާވަރަށް ކުންފުނީގެ ސެލެރީ ޝީޓް ތަކާއި އަދި އެހެނިހެން ހަރަދުތައް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެއީ ސަރުކާރު ހިންގާ ކުންފުނިތައް ކަމަށްވަތީ އެކުންފުނިތަކަށް ސަރުކާރުން މަހުން މަހަށް ހިންގަން ކެޕިޓަލްގެ ގޮތުގައި 2019 އިން 2023ގެ ނިޔަލަށް 9.3 ބިލިއަން ރުފިޔާ ދީފައި ހުރި ކަމަށް ވިދާޅުުވިއެވެ.

އެ އަދަދުތަކަކީ ބޮޑު އަދަދުތަކެއް ކަމަށްވާއިރު، އެދެވޭ އިގްތިސާދީ ނަތީޖާއެއް ނުނެރެވޭ ކުންފުނިތަކަށް ތާއަބަދަށް ރައްޔިތުންގެ ފައިސާ ހަރަދު ކޮށްގެން ދިއުމަކީ އެންމެ އެދެވިގެންވާ ޒާތަކަށް ދައުލަތުގެ އާމްދަނީއާ ހަރަދުބަރަދާ ބެހޭ ސިޔާސަތު ރޭވުންތޯ ކޮންމެ ރައްޔިތަކަށް ވެސް ސުވާލު އުފެދޭނެ ކަމަށް ސާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވީ، މިއަދު ދިމާވެގެން މިއުޅެނީ ލިބޭ އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކޮށް އެކަން ރަނގަޅަށް މެނޭޖްނުކުރުމުގެ މައްސަލަ ކަމުގައެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، މާލީ ހާލަތު ދަށްވެފައިވާއިރު، މި ސަރުކާރުން ދަނީ އެކަން ހައްލު ކުރަން މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކުންފުނިތަކުގެ ހަރަދުކުޑަކޮށް، އާމްދަނީ ހޯދޭނެ ގޮތްގޮތް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުން މަދުކުރުމުގެ އިތުރުން، ޖީއެސްޓީއާއި ދައުލަތުން ނަގާ ބައެއް ފީތައް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެއިން ޝާމް

    ފައިސާގެ ވާހަކަ ދައްކަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގަ.ދައުލަތުގެ ފައިސާގެ ވެރިންނަކީ ރައްޔިތުން.އަދިވެސް ރައްޔިތުން ގުނބޯ ނުހައްދާ އެމެރިކާއަށް ހިޖުރަ ކުރެވޭތޯ ބަލާ. ނޫނީ މިގައުމު ދޫކޮށްފަ ދޫކޮށްފަ ހިޖުރަ ކޮށްފަތިބި އެންމެން އަތުން ޓެކްސް ނަގަން ފަށާ. ވަރަށް ސަލާމް،

  2. އަްއްޑޫލައިވް

    .އަޅުަގނޑުގެ ކޮމެންތްތައް މިހާރަށް ހަޖަމް ނުކުރެވުނު .އަޅުގަނޑު ބައިނަލް އަޤުވާމީ މީޑިޔާގެ ސަމާލުކަން ގެނެވޭތޯ އިންޑިޔާއާއި މަޝްވަރާކޮށްގެން މަސައްކަތް ކުރާނަން.މަރަން އުޅުނު މީހާ މަރުނ ނުވި .ރާކަނިމަސް ކާން އައްޑުއަށް ދާން ޖެހޭނީ.ކޯޓަށް ދޔަސް ކޯޓަށް އެގޭނެ މުނާފިޤުން.

  3. ކިޔު

    ކުންފުނިތައް ބޭބުންކުރަމުން ދިޔައީ ކޭމްޕޭނަށް މީހުންނާ ލާރި ނެރޭ ތަންތަން ގޮތުގަ.

  4. ކާފަބޭ2020

    ކުންފުނިތައް ދަރަނިވެރިވީ ކީއްވެތޯނުބަލާފައިސާދެވިގެންނުވާނެ ފައިސާދިންފަރާތާއިއެފައިސާލިބުނުފަރާތްވެސް ތަހުގީގުކުރަންޖެހޭނެ! ދަރަނިވެރިވިއްޔޭކިޔާފަ ބަނޑުގަ އަތްކާއްތަމުންދެވިގެންނުވާނެ! އިންސާފުވެރިޝަރީއަތެއްކުރެވެންޖެހޭނެ!