ގދ. އަތޮޅު ކައުންސިލަރުން ތުރުކީ އާއި އެކުވެރި އަރަބި އިމާރާތުގެ ދުބާއިއަށް ވަޑައިގަންނަވަން ކަޅު ބާޒާރުގައި ޑޮލަރު ގަނެ ދަތުރަށް 837،000ރ. ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން އެ ހިފަނީ އެއްވެސް މާލީ ޒިންމާއެއް ނެތި ކަމަށެެވެ.

"މިސާލަކަށް ދަންނަވަަނީ ކަމަށް ވަންޏާ ބްލޮކް ގްރާންޓްގެ ގޮތުގައި 2024 ވަނަ އަހަރުވެސް 2.2 ބިލިއަން ރުފިޔާ ސަރުކާރުން މި ކައުންސިލްތަކަށް އެބަދޭ،".

އޭނާ ވަނީ އަތޮޅު ކައުންސިލްތަކުން ކުރާ ބައެއް ކަންތައްވެސް ފާހަގަކުރައްވާފައެވެ. މިގޮތުން އިގްތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީއަށް ބެންކޮކްއަށް ދަތުރުތައް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އަންނަ ޖުލައި 26 ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި، 2024 ވަނަ އަހަރު ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަަހަށް ތުރުކީއަށް، ތިން ދުވަހަށް ދުބާއީއަށް ދަތުރު ކުރުމަށް 837،000 ހަރަދުކޮށްފައިވޭ، ޑޮލަރު ގަތީ ކަޅު ބާޒާރުގައި 17.65 ލާރިއަށް،". އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރަންވީ މިކަހަލަ ކަންކަން ނޫން ކަމަށާއި، އެންމެން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

"ރައްޔިތުން އަޅުގަނޑުމެން ހޮވާފައި މަޖިލީހަށް ފޮނުވީ އެކަންތައް ކުރަން، އެހެންވީމަ އަޅުގަނޑުމެން އެކަންތައް ކުރާނަން، އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް އަޅުގަނޑުމެންގެ ދައުލަތުގެ ވިސްނުމާއި އެއްގޮތަށް ކައުންސިލް ތަކުގެ ވިސްނުންވެސް އެބަ ޖެހޭ އެނބުރެން، އެކަންތައް އެބަ ޖެހޭ ރަނގަޅު ވާނެ.". އޭނާ ވިދާޅުވިއެވެ.

އެކަންތައް ރަނގަޅު ކުރާނެ ކަމަށާއި، މަޖިލީހަށް އައިސް ތިބީ ނަތީޖާ ނެރެން ކަން އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ާާަަޢަލީ

    ކޮބާގައުމީިދިދަތަކުގެ ކައްވާލި ފައިސާގަނޑު.

    19
  2. ހުސޭނުބޭ

    ޤައުމީ އިނާމު ދޭންޖެހޭ އެބަ ތި ކައުންސިލަށް. ލޮލް

    19
    1
  3. ބަރުބެ

    ހއ. ހުރިހާ ކައުންސިލްތަކުގެ ރައީސުން މިހާރު އެތިބީ ފިލިޕިންސްގަ.

    20
  4. ރަންރީނދޫ

    ގިނަ ދިވެހިރައްޔިތުންްް ބޭނުންވަނީ ކައުންސިލްތައްްް އުވާލަން.ކަތީބު ސިސްޓަމް މާ ރަނގަޅުކަމަށްްް ރައްޔިތުން މިހާރު ގަބޫލުކުރަނީިީ.

    65
    3
    • ގޮށް ރީނދޫ

      މާތާހިރު ނިޒާމެއް ގެނެވިއްޖޭނު. ކޮންމެ ރަށެއްގައި 2 ކަތީބުން ބެހެއްޓީމަ އެ ނިމުނީ. ރީނދުލޭމެން ކައުންސިލްތައް ހަދައިގެން ދައުލަތުގެ ފައިސާ ތަޅާ ބުރުވައިފި.

  5. ނޫރު

    މި މަނިކުފާނުވެސް އެކަންކުރައްވާތީ އެ އިނގެނީ

    19
    4
  6. މާމަ

    ދައުލަތުގެ ޚަރަދު ކުޑަކުރަން ބޭނުން ނަމަ ކުރެވޭނެ އެެެއްކަމަކީ ކަަަައުންސިލްތަކަށްދޭ ގްރާންޓް ފައިސާދިނުން ހުއްޓާލާ ކޮންމެހެން އެމަހަކަށް ކުރަން ޖެހޭފައިސާ ދިނުން. މިހާރު އެސް ޖީ ބޭނުންގޮތަކަށް ޚަރަދު ކުރަންވީ. ރައީސް އާއި ދެމީިން އަމިއްލަ ބޭނުންތަކުގައި ކައުންސިލްގެ ނަމުގައި ދަތުރު ކުރަނީ.

  7. ހުސެންބެ

    ކަތީބަކާ ކުޑަކަތީބަކާ ސެކެޓެރީއެށް ހުރީމާ މާރނގަޅައް ރައްރައްކުރިއަރާދާނެކަމައްފެންނަނީ

  8. މުޖޭ

    ހދ.ހިރިމަރަދޫ ކައުންސިލްގެ ކައުންސިލަރުންވެސް މާލެދަރަށް ހުސްއެކަނި މިއަރުވެސް އެއްލައްކަ ފަންސާސްހާސް ޚަރަދުކޮށްފައިވޭ
    މިކަހަލަ ބޭކާރު ޚަރަދުތައް ކައުންސިރުންކުރަނީ

  9. ހޮޓް ނާޒިމް ސައްތާރު

    ބާޢީ އަންނި ގެ މޮޅޮ ދިމޮކްރަސީ ުޅި މާލެ ހަލާކު ކޮށްލީ

  10. ތަކުރު

    ކައުންސިލްތައް އުވާލާ ކުރިން އޮތްގތަށް ބޭވުން ބުއްދިވެރި
    ރަށެއް ތަރައްޤީކުރާވަރަށް އަހަރަކު ކައުންސިލަރުންގެ މުސާރައަށް ޚަރަދުވޭ ބޯހަލާކު

  11. ކޭ

    ނައިފަރު ކައުންސިލް ހިމަނާކަބަލަ. ކޭވާރުބަލަން.

  12. މަގޭޚިޔާލު

    ލާމަރުކަޒީ ކުރެވިގެން ދައުލަތް ހިންގާއިރު އަދި ކައުންސިލްތައް ބާރުވެރި ކުރާއިރު ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދާއިރާތައް ތަރައްޤީ ކުރުމުގައި ތަފާތު ގޮތްގޮތުން މަގުފަހި ކުރުމަށް ގުޅުން ބަދަހި ކުރުމަށް ކުރަންޖެހޭ ބޭރު ދަތުރުތައް އެމީހުން ނުކޮށް ދެން ކޮންބައެއްތޯ އަތޮޅުތަކުގެ ތަރައްޤީއަށް މަސައްކަތް ކުރާނީ؟ މިނިސްޓަރުން ކުރާ ދަތުރުތަކުން ވަކި މަންފާއެއް އެބަ ކުރޭތޯ؟ ހުސްއަތާ އެނބުރި އަންނައިރު އެތައް މިލިޔަން ރުފިޔާއެއް އޮންނަނީ ޚަރަދު ކޮށްފަ.

  13. ހުސައިން803

    ދަތްހުރިއިރު ކާށިވެސް ކާލެވެނީ... ދެވެންހުރި ތާކަށް ދެވޭނީ މިހާރެވެ،

  14. ފާޒް

    މިމީހުން ބޭރަށް ދަތުރު އަޅަންޖެހޭ އެއްވެސް ސަބަބެއް ނެތް.

  15. ޢަބްދުﷲ

    ކައުންސިލްތައް އުވާލާ.... ރަށްތައް ހިންގުމަށް ކޮންމެ ރަށަކަށް ވެރިއެއް ހަމަ ޖެއްސުމުން ފުދޭނެ. ބޮޑެތި ރަށްތަކަށް ކޮންމެ އަވަށަކަށް ވެރިއެއް ލުމުން ފުދޭނެ.

  16. އަހްމަދޫ

    ހޫން.އަދިވެސް ކައުންސިލްތަކައް ބޮޑަށް މިނިވަންކަންދީ ގަންނަ ގަނޑެއް ގަންނަން

  17. ހަސަނުގެ ދަރި ލަތީފް

    ޢެޔެއް މިޔެއް ނުދަންނަ ރަށުތެރޭ ދަމާ ކަނޑަން އުޅޭ މީހުނަށް ކައުންސިލަރ ކަންދިނީމަ ވާނީ ތިޔަހެން އެމޯހުނަށްވެސް މުޤައްރަރެއް ކަނޑައަޅަން ފެނޭ. ޞަޖެޓް ދިނީމަ މިބައިގަނޑަށް ހީވަނީ އަމިއްލަ މުދާ ގަނޑެއްކަަމަށް ހިތުހުރި ގޮތަކަށް ތަޅާ ބުރުއްސަނީ