މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އޭނާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހަސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، ދައުލަތުން އިގްތިސޯދު ހަމަޔަކަށް އެޅުމަށް ކުރަމުންދާ މަސައްކަތް އެ ބިލްގެ ދަށުން ކުރެވޭނެ ކަމަށެވެ. ނަމަވެސް ދައުލަތާއި އިގްތިސޯދުގެ މައްޗަށް ބާރު ނުފޯރުވޭ އެހެން ހާލަތްތައް ވެސް އެބަ އޮތް ކަމަށާއި އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށް ވިދާޅުވިއެވެ.

"މަނިޓަރީ ޕޮލިސީއަކީ ދިވެހި މަރުކަޒީ ބޭންކްގެ ގަވަރުނަރާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންނަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާ ތަނެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި ހަތް މަސް ތެރޭގައި ގަވަރުގެ ފަރާތުން އެއްވެސް ލަފައެއް ލިބިފައި ނުވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

މިއަދު މަޖިލީހަށް ހުށަހެޅި ސަރުކާރުގެ ފިސްކަލް ޒިންމާގެ ބިލްގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ "އިންޓާޖެނެރޭޝަނަލް އިކުއިޓީ" ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް އިންސާފުވެރި ގޮތަކަށް ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަސްދޫނި

    އޭނަ ބަދަލު ކޮށްބަލަ. ތިހެން ކިޔަ ކިޔާ މަސައްކަތް ނުކުރާ މީޙުން ލައިގެން އަނގަ މައްޗަށް ޖަހައިގެން ތިބޭނީތަ؟

  2. ހުސެއިން ޝާމް

    ދިމާވެގެން އުލޭ މައްސަލަ ސާފުނުކޮށް އިތުބާރު ނެތްކަމުގަ ވޯޓު ނުވައްދާތި.ދިރާސާ ކުރޭ .އަދި އިންޓަވިއު ކުރަންޖެހޭފަރާތްތަކާ އިންޓަވިއުވެސް ކުރޭ.އެއްވެސް މީހަކަށް ވަޒީފަގެ ބިރުވެރިކަން ދައްކައިގެން ނުވާނެ.

    5
    4
    • މުންޖިޗޭ

      ބޭރުކުރަންޖެހޭ، ސިޔާގޮތުން ބަހައްޓާފައި ހުރި މޮނިއުމެންޓެއް އެއީ.

      4
      1
  3. ަންނަ

    އަލީހާސިމަކަސް އަލީ ކާސިމަކަސް ގާނޫނަށްވުރެ މައްޗަކު ނުހުރެވޭނެ. އެއީކީ މަތިން ފައިބާފައި ހުރިމީހެއްނޫން. ބުނޭ އަހުން އަތުގައި ސޫޕަރު މެޖޯރިޓީ އެބައޮތޭ. ވައްސަލާން

  4. އަބްދޫ

    އެއީލަފާ ދެވޭފެންވަރުގެ މީހެއްތަ؟ ބޭރުކޮށް އެއަށްވުރެ އެކޮނޮމިކްސް އާއ އެކައުންޓްސް ގެ ގޮތުން ފުންނާބު އުސް ދިވެހިދަރިޔަކު ގަވަރނަރަކަށް މިހާރު ބޭނުންވޭ.

  5. ޖާނޭ

    އަލީ ހާޝިމަކީ އެމްޑީޕީ ސަރުކާރުގައިވެސް ގާބިލް މީހެއް ނޫން. އެއީ ނަޝީދު ހަމަޖެއްސި މީހެއް

  6. ޝަން

    ގަވަރުނަރުވެސް މުސާރަ ޖީބައްލައިގެން ހިހޫތަނުން ކާން ހުންނަކަން މި ފަޅާއެރީ. މިތާކު ނެތް ސަހަލު އެކަކުވެސް. ދިވެހިންނަކަށް ދިވެހިންގެ ގައުމު މެނޭޖުކޮއް ހަރުދަނާކަންމަތީ އެޑްމިނިސްޓުރޭޓް ކުރުމުގެ ކެޕޭސިޓީ މި ޒަމާނަށް ބަލާއިރު ނެތްކަން އެބަ ހާމަވޭ.

  7. އަބްދޫ

    ބައްޕައަކީ ރާއްޖޭގަ ހުރި އެންމެ ބިން ގިނަ އެންމެ މުއްސަނދިމީހާ ބޭންކްރަފްޓް ވެ ބަގުރޫޓް ވީއިރު ކަމެއްކޮށްނުދެވުނުމީހަކަށް ގައުމަށް ކަމެއްކޮށްދެވޭނެތަ؟