އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ އާބޫދާބީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމް ގައި ބައިވެރިވެވަޑަތުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް މިއަދު އަބޫދާބީ އަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ފޯރަމުގައި، ކްލައިމެޓް ޗޭންޖް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ފޯރަމް ވެގެންދާނީ، ކްލައިމެޓް ޗޭންޖުގެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވާ އީޖާދީ ޓެކްނޯލޮޖީއާއި، އަރޓިފިޝަލް އިންޓަލިޖެންސްގެ ދައުރާއި، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ހޭނުމަށް ޑޭޓާގެ މުހިއްމުކަމާއި އަދި ފައިނޭންސްއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ފޯރަމަކަށް ކަމަށެވެ.

މި ފޯރަމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން ބާއްވާ ޕެނަލްގައި ވަޒީރު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަތަރަސް

    އަބަދުވެސް ކޮންމެސް ވަޒީރަކުފުރާފައި ކޮންހަރެދެއްކުދަވާނީ ލިބީކޮންއެއްޗެތަ؟؟

    10
    2
    • ހަމަހިމޭން

      އެތަންތަނުން ލިބޭނީ ހިލޭ އެހީ އާ ފަސޭހަތައް އެތަންތަނައް ނުގޮސް ގޭގަ ހުއްޓަކާ ނުލިބޭނެ އެހީ ތެރިކަމެއް

      4
      2
  2. ރިތާ

    ވަޒީރުން ރާއްޖޭން ބޭރަށް ދަދުރު ފަށެއް އެބަކުރައްވާ އެކަމަކު އެންމެ ޑޮލަރެއްވެސް އަދި ނުލިބޭ.

    5
    2
  3. ބަކުރުބޭ

    މަޖިލީހުގެ ނައިބުރައީސް ވިދާޅުވި ރަށްރަށު ކައުންސިލުން ބޭކާރު ދަތުރުތައްކުރާ ވާހަކަ. މި ބޭފެޅުން ފަރިއްކުޅުވަނީތޯ

    7
    3
  4. ހަންޑިކުޑަ

    ރައްޔިތުންގެ ފަރާތުން ގޮވާލަން ! މިހާރުން މިހާރަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންނަށް މަންފާ ނުކުރާ ބޭކާރު ދަތުރު ތައް ހުއްޓާލުމަށް! ޤައުމު އޮތީ އިނދަޖެހި ފައޭ ރައްޔިތުންގެ ގާތުގައި އިނބަމެން ބުނަމުން އަނެއްކޮލުން ކޮންމެވެސް ވަޒީރުން ތަކެއް އަބަދުވެސް ރައްޔިތުންގެ ޓެކްސް ފައިސާ އިން ދަތުރު ކުރުމުގައި.