އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިިފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ އިންތިޚާބު އޮންނާނީ އޯގަސްޓް ދޭއް ވާ ހުކުރު ދުވަހު ކަމަށެވެ.

އެ ޕާޓީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތައް

• 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން

• ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

އެ ޕާޓީން ބުނީ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައިގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެދެ ކަމަަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެއިން ޝާމް

    ޒުވާނުން ކުރިމަތިލާ ފުރުސަތު ހުޅުވާފަ އެއޮތީ.