މާފުށި ޖަލުގައި ހިންގާ ބޮޑު އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ދާހިލީ ސަލާމާތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން ވަޑައިގަންނަވައިފިއެވެ.

މާފުށީ ޖަލުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ވައްދާފައިވާ ފޯނާއި، މަސްތުވާތަކެއްޗާއި، އަދި އެހެނިގެން ތަކެތި ސެއިޒް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ.

މާފުށި ޖަލުގައި ހިންގާ ބޮޑު އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ވަޒީރު އިހުސާން ވަޑައިގަންނަވައިފި - ފޮޓޯ: ދާހިލީ ވުޒާރާ

އެ ވުޒާރާއިން ވިދާޅުވީ، އެ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ވަޒީރު މާފުށި ޖަަލަށް ވަޑައިގަންނަވާފައިވާ ކަަމަށެވެ.

އެ ވުޒާރާއިން މިގޮތަށް ވިދާޅުވިއިރު، ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ކަރެކްޝަންސްގެ 13 މުވައްޒަފަކު ހައްޔަރު ކޮށްފައިވާއިރު އެ މުވައްޒަފުންގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ.

ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން އެކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ،" ޝަރީފް ވިދާޅުވިއެވެ.

މިހާރު މާފުށީ ޖަލުގައި ވަނީ މެޓަލް ޑިޓެކްޝަން 2 ދޮރު ހަރުކޮށްފައެވެ. ބޮޑީ ސްކޭނަރެއް ހަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަސްލު

    ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ސްކޭމް ކުރައިމް މަދު ކުރުމަށް މިއީ ވަރަށް މުހިން މަސައްކަތްތަކެއް. މިސަރުކާރު ހަވާލުވި އިރު ތަޢައްޔަރު ނުވާކަމެއްނެތް.
    ރަގަޅުކޮށްފަ ނުކުރަންވީ ކަމެއްނެތް. ރައީސް މުއިއްޒުގެ ޕޮލިސީތައް ތަންފީޒް ކުރަން މި03 މުއައްސަސާތަކުން ކުރާ މަސައްކަތް ކާމިޔާބުވެ، ރައްޔިތުންނަށް ހަމަ ނޭވާލެވޭނެ ދުވަހެއް އައުން މުހިނމު.

  2. މަތަރަސް

    ބަލަ ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވާވި ބަލައިސްވެރިންގެހާލަތު ކާރުގާ ދަރިންގޮވައިގެން އިސްކޫލައްދިއުމާ ލާޗުގާމަސްދަތުރުދިއުމާ ދުވާލަކައް އެތައްލިޓަރެއްގެތެޔޮ ހަރަދުވޭމިކަނަކަމައް ކާކުމިކަންބަލަނީ ސަރުއީދާއިރަކަގެ ކަންކަން ބަލަނިކާކުތަ؟މއީމިގައުމުގެހާލަތު؟ ރައްޔަ

    6
    1