މި ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ބައެއް މީޑިޔާތަކުން ދޮގު ވާހަކަތެއް ފަތުރަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އޭނާ މިއަދު ހުށަހެޅުއްވި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހަޅުއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ނަސީމް ވިދާޅުވީ، ބައެއް މީޑިޔާތަކުގައި ރައްޔިތުންގެ ވިިސްނުމާއި ފިކުރު ބަދަލުވާ ގޮތަށް މި ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭ ކަމުގެ ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އިތުރަށް ފައިސާ ޗާޕްކުރާ ވާހަކަ ދައްކާއިރު މި ސަރުކާރުން އެންމެ ބައި ރުފިޔާއެއް ވެސް ޗާޕުކޮށްފައި ނުވާ ކަމަށެވެ.

"އާޓިކަލްތަކުގައި ހަމައެކަނި ހެޑްލައިން މިހުންނަނީ ވިސްނުން ބަދަލުވާ ގޮތަށް ޖަހާފައި. އިތުރަށް ފައިސާ ޗާޕްކުރެވޭ ގޮޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިޔޭ. އިތުރަށް ކުރާނީ އެންމެ ބައިރުފިޔާ ފޮއްޗެއްވެސް ކޮށްގެން އުޅޭ ނަމަތާއޭ އަޅުގަނޑު ހިތަށް މި އަރަނީ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ބިލަށް ހުށަހެޅި އިސްލާހު ތަކަކީ ކޮންމެ ސަރުކާރެއް އޮތަސް ފައިސާ ޗާޕުކޮށްގެން މަންފާއެއް ހާސިލް ކުރެވިދާނެ ގޮތަކަށް އޮތް މާއްދާއެއް ނޫން ކަމަށެވެ. އަދި އެ މާއްދާއަކީ ގައުމަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކޭޝްފްލޯ ރަނގަޅުކޮށްލަން ގެނައި އިސްލާހެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް ގާނޫނުގައި މި މާއްދާ އޮތްކަމަށާއި މީގެ ކުރިން އޮތީ 2.5 ގެ ބަދަލުގައި 1 ޕަސެންޓުކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.

ނަސީމް ވިދާޅުވި ގޮތުގައި، އެ ބިލުގައި އޮތް މާއްދާގެ ބޭނުން އެއްވެސް ސަރުކާރަކުން ނުހިފާނެއެވެ. އަދި އެ މާއްދާގެ ދަށުން މި ސަރުކާރުން ފައިސާ ޗާޕުކޮށް ނުވަތަ އެމްއެމްއޭއިން ފައިސާ ނުނަގާނެ ކަމުގެ ޔަޤީންކަން ނަސީމް ވަނީ ދެއްވާފައެވެ.

"އަޅުގަނޑުގެ ސުވާލަކީ މި މާއްދާގެ ބޭނުން އެއްވެސް ސަރުކާރަކުން ހިފާނެތޯއޭ މި އޮތްގޮތަށް. އެއްވެސް ސަރުކާރަކުން މިމާއްދާގެ ދަށުން ފައިސާއެއް އެމްއެމްއޭއަކުން ނުނަގާނެ." ނަސީމް ވިދާޅުވިއެވެ.

ހަމައެއާއެކު އެ މާއްދާގެ ދަށުން އެމްއެމްއޭއިން ފައިސާ ނެގޭނީ މާކެޓު ރޭޓުގައިކަމަށް ބަޔާންކޮށްފައިވާ ކަން ނަސީމް ވަނީ ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މާކެޓު ރޭޓަކީ 10 ޕަސެންޓާއި 12 ޕަސެންޓާއި ދެމެދުކަމަށްވާއިރު 5 ޕަސެންޓާއި ހަ ޕަސެންޓުގައި ޓީ ބިލު ގަންނަން ލިބޭއިރު ކޮންމެ ސަރުކާރަކުން ވެސް ހިޔާރުކުރާނީ ޓީބިލު ކަމަށެވެ. އަދި ދެތިން މަސް ދުވަހަށް ފައިސާ ހޯދުމަށްޓަކައި ސަރުކާރަކުން އެ ރޭޓުގައި ފައިސާ ނުހޯދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސާގެ ދަރިފުޅު ހުސޭނު

    މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ވަކިކޮށްގެން ފައިސާޗާޕްކުރެވޭނީ، ގަވަރުނަރކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ ހަމަޖައްސަ ޓޫރިޒަމް މިނިސްޓަރ ވަރުގެ ގާބިލު މީހަކުނެތް މިހާލަތުގައި ތިމަގާމަކަށް!

    3
    6
  2. ފާތުމަތު މާލެ

    ފައިސާ ޗާޕް ކުރާނެ ނަމެއް ނެތް ސަރުކާރު ޚަރަދު ކުޑަކޮށްލަންވީ އޮފީސް ތައް 2 ޖަހާރު ބަސްކޮށް މުހިންމު ތަންތަން 4 ޖަހިރު ބަންދު ކުރަންފެނޭ އޭރުން އޮތީ ލައްކަ ޚަރަދު ކުޑަވެފައި. 2 ކުރާނެ ކަމެއް އޮންނާކަށް ނުޖެހޭނެ ކަންރަންޓާއި ފޯން ޚަރަދު ބޮޑު ވޫން ނޫން ކަމެއް ނުވާނޭ އެއްވެސް ބަޔަކަށް އިތުރު ގަޑީގެ ފައިސާ އެއް ދޭންކައް މިހާރު ނުޖެހޭނެ.

  3. ތައްޓޭ

    ފައިސާ ޗާޕު ކުރުން މާނަ ތިޔަ ކުރައްވަނީ ކިހިނެތް؟ ޗާޕައްދޭއިރު އަބަދުވެސް ދޭނީ ވ ބޮޑެތި އަދަދުތައް އެގޮތައް ހަދަނީ ޗާޕުކުރަނީ އާދައިގެ ތަންތަނުން ނޫންވީމަ ބޭނުންހާއިރަކު ބޭނުން އަދަދެއް ޕުރިންޓު ނުކުރެވެތީ، ޕުރިންޓް ކޮށްގެން ގެނެސް އިގުތިސޯދުގެ ތެތެއަށް ދޫކުރާނީ ބަދަލު ކުރާ ފައިސާ ނުވަތަ ހަލާކުވާ ނޫޓުގެ ބަދަލް އޭގެއިތުރަށް އޭރެއްގައި އޮންނަ ސަރުކާރަކުން ދައުލަތުގެ ޚަޒާނާއިން ލޯނެއްގެ ގޮތުގައިވިޔަސް އެނަގާ ފައިސާއަށް މިކިޔަނީ ޕުރިންޓް ކުރުމޭ އެހެންވީމަ ކޮމާޝަލް ބޭންކަކުން ފިޔަވައި ދައުލަތުގެ ޚަޒާނާއިން މިސަރުކާރުން ނެގި ފައިސާވެސް ވާނީ ޕުރިންޓް ކުރިކަމަށް، އިގުތިސޯދުގެ ތެރޭގައި ނުހިމެނޭ ފައިސާއަަކަށްވާތީ