ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިސްތިއުފާއަށް ގޮަވާލައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މަޖިލިސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ގޮވާލަމުން ދަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވުމަށެވެ. އަދި އެކި ކޭސްތަކުގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާއި މެދު ވެސް އެ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލާ ކުރިއަށް ދިޔަ މުޒާހަރާ: ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ޕީޖީ ޝަމީމް އަކީ އެމްޑީއެންގެ ބޭފުޅެއް ކަމަށް ބުނެ ޒިންމާ ރަނގަޅަށް އަދާ ނުކުރައްވާ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. އެ ބައިވެރިން ގޮވާލަމުން ދަނީ ޕީޖީ ޝަމީމް އިސްތިއުފާ ދެއްވުމަށެވެ.

އޭގެ އިތުރުން ޖަލުގައި ބަންދުކޮށްފައި ހުއްޓާ މި ފަހުން ނިޔާވި ޖަމީލްގެ މައްސަލަ ބެލުމަށް ވެސް އެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވާލާ ކުރިއަށް ދިޔަ މުޒާހަރާ: ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މި ފަހުން ޕީޖީ ޝަމީމަށް ބަޔަކު ވަނީ ހަމަލާއެއް ވެސް ދީފައެވެ. އެ ހަމަލާއަށް އެމަނިކުފާނަށް ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެއްވުމަށް ފަހުގައި މިހާރު ވަނީ މަސައްކަތަށް އަނބުރާ ނިކުމެ ވަޑައިގެންފައިވެއެވެ. އެ ހަމަލާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަންރީނދޫ

    މިއީިި ވަރަށް މުހިންމު ގައުމީ މަސައްކަތެއް. މިކަހަލަ ލާދީނީންނާއިއެކު ޑީލް ހަދައިގެން އަދުރޭއަށް އުޅުމުގެ ފުރުސަތު ދީގެންނުވާނެެެ.

    9
    1
    • ލާދީނީ އަޅުވެތިވުން

      މިސަރުކާރުވެސް މި ތިބުނާކަހަލަ ލާދީނީ ސަރުކާރެއް

  2. ކަތީބު

    ތީގަ ޒިންމާ ނަގަންޖެހޭނީ އިބޫ އޭނަ ވެރިކަމު ވާނުވާގަ ބޭއްވީ މީހަކު ނުމަރަނިސް މަރަންއުޅެ ފުލޮޕްވީ ހުޅުމާލެ މަގުމަތީ ބޯބާލާ ރޭޒަރަކުން

  3. ޙުސެއިން ޝާމް

    އަވަހަށް ބޭރު ކުރޭ ބޮޑެތި ޖަރީމާ ހިންގަނީ ސާބިތު ހެކި ސިވިލް ސަރވިސް ރެކޯޑު ފައިލްތަކުގެ ފެންނަން އެބަހުރި. ޚަންހިގާދިޔަގޮތް ސާފު ކުރީމަ އެގޭނީ .ސިއްރު ުކުރެވޭނެ.ދިރާސާ ކުރަން ޖެހޭނީ.

  4. މުޙައްމަދު

    މިއީ މުހިންމު ކަމަކަށް ވެދާނެ، އެކަމަކު ޕީޖީ އަކަށް ތަންދޮރު ނުދަންނަ މީހަކު ލައިފިއްޔާ އެކަމެއް ރަގަޅު ނުވާނެ! ފާއިތުވި ތަނަށާއި ބޮޑެތި ގޮނޑިތަކުގައި ތިބިމީހުންނަށް ބަލާފަ މިހެން ބުނެވިދާނެދޯ!