މާފުށީ ޖަލަށް ގާނޫނާ ހިލާފަށް ވައްދާ ތަކެތި އަތުލުމަށް އެ ޖަލުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

އެ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕާއި، ފުލުހުންނާއި، ސިފައިން ވެސް ދަނީ ބައިވެރިވަމުންނެވެ.

ގަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ވައްދާފައިވާ މަނާ ތަކެތި އަތުލައިގަތުމަށް މޯލްޑިވްސް ކަރެކްޝަން ސާރވިސް، އާއި، ފުލުހުން އަދި ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ކަންކަން ބައްލަވާލެއްވުމަށް ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ހެނދުނު ވަނީ މާފުށި ޖަލަށް ޒިޔާރަތްވެސް ކުރައްވާފައެވެ.

ގާނޫނާއި ޚިލާފަށް މާފުށީ ޖަލަށް، ޖަލަށް ވެއްދުން މަނާ ތަކެތި ހޯދުމަށް އޮޕަރޭޝަނެއް ފަށާފައިވާއިރު، ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ، ޖަލަށް ފޯނާއި، މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތުގައި ޖަލު އޮފިސަރުންގެ 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ފުލުހުން ކުރިއަށް ގެންދިޔައީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލުމާތަކާއި ގުޅިގެން ކަމަށާއި، އެ އޮޕަރޭޝަންގައި ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ވިދާޅުވިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އުތީމުންނާއި މާލެ އިންވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

މި މައްސަލައިގާ ހައްޔަރުކުރި 13 މުވައްޒަފުންގެ ތެރެއިން ދެމީހެއްގެ ބަންދަށް ފަސް ދުވަސް އަދި 11 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮއްއާދަނުގެ މުރު

    ގާންޏާގެ ފޯނު ކަޓުވާލާނެ ދޯ މި ފަހަރު

  2. ައަހައްމަދުު.

    ޖަލުު އޮފިސަރުންް އުޅެނީީ ފިލައިގެންް ތަަ.ހާދަަ ފައްކަލޭޭ ދޯ