ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތް ނިންމެވުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، މަސްތުވާތަކެތި ހުރި ފޮށިގަނޑަކީ ފުލުހުން ގަދަކަމުން އޭނާ އާ ހަވާލުކުރަން އުޅުނު ފޮށިގަނޑެއް ކަމަށް ބުނި މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

24 އަހަރުގެ މީހެއްގެ ބަންދު މުރާޖައާއަށް ހާޒިރު ކޮށްފައިވައިރު، ފުލުހުން ވަނީ ތަހުގީގު ބަޔާންތަކާއި ކަސްޓަމްސްގެ ލިޔުންތަކާއެކު ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެވެ.

އެހެންނަމަވެސް، މަސްތުވާތަކެތި ހުރި ފޮށިގަނޑަކީ ފުލުހުން އޭނާ އާ ގަދަކަމުން ހަވާލު ކުރަން އުޅުނު ފޮށިގަނޑެއްކަމަށް ބުނުމުނުން، ފުލުހުންގެ ފަރާތުން ބުނެފައިވަނީ ފުލުހުން އޭނާގެ އަތަށް ގަދަކަމުން ފޮށިގަނޑެއް ހަވާލުކުރަން ނޫޅޭ ކަމަށާއި އެއީ ސައްހަ ވާހަކަ އެއް ނޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރެވުނީ ފޮށިގަނޑާއި ހަވާލުވުމަށް ތައްޔާރުވަނިކޮށް ކަމަށާއި އަދި އެ ވަގުތު އެއީ ފުލުހުންކަން އެނގުމުން އޭނާ ދުއްވައިގަނެފައިވާކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުންގެ ހައްޔަރަށް އޭނާގެ ގެންގޮސްފައިވާއިރު، އެންމެ ފަހުން ބޭއްވުނު މަޖިލީހުގައި އޭނާގެ ވަކީލު ބުނެފައިވަނީ އެ ފޮށިގަނޑު ބަލައި އޭނާއާއިއެކު އެތަނަށް ދިޔަ މީހާގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރާނެކަމަށް ބުނި ނަމަވެސް އެ މައުލޫމާތު އަދި ހިއްސާ ނުކުރެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހަށް ބަންދުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެއިން ޝާމް

    ފަޑިޔާރުްން ޖެހޭނެ ދިރާސާކޮށް އަދި ކެމެރާތަކާ ޗެކުކޮށް އޭނަގެ މުޅި އުމުރު ދުވަހުގެ ރިކޯޑުބަލާ އުޅުމާ ގުޅުން ހުރިގޮތް ބަލާ ވަޒީފާގަ ތޯ އުޅެނީ ބަލާ މިހުރިހާ ކަމެއްކުރަން ޖެހޭނެ.އަދި ވަޒީފާގަ އުޅޭނަމަ އެތަނުގަ އެޗް.އާރަށް ފުލުހުން ޖެހޭނެ އަންގަން. ފުލުހަކުނޫން އެހެންމީހަކު ބުނި ނަމަވެސް މިޒަމާނުގަ އެބައުޅޭ ޒާތީގޮތުން މީހުންނާ ޖައްސާލާފަ މަޤާމުގެ ނުފޫޒުގެ ބޭނުންކޯށްގެން މީހުންގެ ދިރިއުޅުން ބަރުބާދުކުރަން އުޅޭ މީހުން .ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިްން ޖެހޭނެ ވަރަށް ސަމާލުވެ ތިބެން.ރައީސްގެ އިސްލާހީ އެޖެންޑާއިން އަޅުގަނޑު އުއްމީދު ކުރަނީ ޖަލުގަތިބި ހުރިހާ އުމުރު ފުރައެއްގެ ބޭފުޅުން ސަލާމަތްވެ މިނިވަން ވާނެ ކަމަށް. ވަރަށް ސަލާމް.

  2. ހައްގުތައް އިންތިހާއަށް

    މީގެ ކުރިންވެސް އޭނާ އަށް ގަދަކަމުންތޯ ޑްރަގު ދީފައި އޮތީ؟ ބުއްފުޅި ޖައްސާ ގާނޫނުތަކާއި ލޯބިން ފިރުމާ ކޮމިޝަންތައް އުވާލާ ހަރުދަނާ އުސޫލެއްގެ ދަށުން މޫނެއް ކަނދުރާއަކަށް ނުބަލާ ހުކުމް ތައް ކުރަންވީ. އަދި ފަރުވާ އަށް އެއްބާރުލުންދީ ރަގަޅުވާން ބޭނުންވާ މީހުން މުޖުތަމައުއަށް ނެރެ ގާބިލު މީހުންނަށް ހަދަންވީ.