ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ރ، އަލިފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ މިންވަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އަލިފުއްޓަށެވެ. އަލިފުއްޓަށް 25.8 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

ހދ. ކުޅުދުއްފުށި 8.7 މިލިމީޓރު

ށ. ކޮމަންޑޫ 7.3 މިލިމީޓަރު

ހއ. ކެލާ 5.1 މިލިމީޓަރު

ހދ. ހަނިމާދޫ 1.8 މިލިމީޓަރު

ބ. ގޮައިދޫ 3.6 މިލިމީޓަރު

ށ. ފުނަދޫ 1.4 މިލިމީޓަރު

މާލެ 0.8 މިލިމީޓަރު

ހުޅުލެ 0.5 މިލިމީޓަރު

ހުޅުމާލެ 0.3 މިލިމީޓަރު

އއ. ތޮއްޑޫ 1.8 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު