ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމުޢިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ ""ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް" ގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީއެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފައެވެ.

މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ.

ހާރިޖީ ވުޒާރާއިން ވިދާޅުވީ، އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އދގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ސަމޯއާ އެގްރީމަންޓް" ގެ ނަމުން އާންމުކޮށް ނަން ދީފައިވާ މި އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސްއާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސްއަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސާޖީ

    އެފުރިކާ ޤައުމުތައް އަޅުވެތިކުރާ ޖަމިޢްޔާތައް

    11
    1
  2. ހުސެއިން ޝާމް

    ކަސްރަތު ކުރަންދޭ ސައިކަލް ދަމަމުން.ދައްތާ ،ދައްތާއއޭ ކިޔާފަ ދާނެ ބޯޑުފައިލެއް ހިފައިގެން.މުސްކުޅިންނަށް އޮޅުވާލައިގެން އުޅޭ މުނާފިގެއް.ހެލްތް މިނިސްޓްރީ ހަލާކު ކުރީވެސް މިދައިތަ ގަނޑު.ވަރަށް ނުބައި ޖާހިލެއް.ޖަހަންމައިގެ ދޮރު ހުޅުވިފަ ކަލެއަށް އޮތީ. ޢަހަރުމެން ރައްޔިތުން ކަލޭގެ ހިދު.ަތެއް ބޭނުމެއްނޫން. ޥަރަށް ސަލާމް.

  3. Anonymous

    އެދޭ ހުރިހާކަމެއް ހުއްދަވީ ދެން

  4. ޢެލްޖީބީޓީ ކުޅި

    ާއެއްޖިންސުން ގުޅުން ހިނގުން.، ބުދު ފައްޅިތައް އެޅުން ތި ދިވެހި ރައްޔިތުންނަމުގަ ބަކރިންތަ ގޮތްތަ ނިންމަނީ ޝިރުކު ޑިމޮކްރަސީ މީސްތަކުން އަޅުވެތި ކުރާ އެގްރިމެންޓް. ގައުމުން އިސްލާމްދީނެއް ނެތް

  5. ޅާދޒިނިޒ

    ކަންތަކާ ލައިގަތީ ދީނީ ކިޔައިން އައި މީހުންގެ ކާފަރުކަން މާބޮޑު

  6. Anonymous

    ދެން އެންމެ އަވަހަށް ކުރަން މަޖުބޫރުވާނެ ކަމަކީ އެއްޖިންސުން ކާވެނިކުރުން ހުއްދަކުރުން. އެކަން ނުކޮށްފިނަމަ މިރާއްޖެވާނީ ހަރުކަށި މީހުންގެ ގައުމަކަށް.

  7. ކުރަނގިދެލޯ

    ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. ކަނޑައެޅިގެން ދީނާއި ގާނޫނު އަސާސީ އާއި ހިލާފު ވަހުޝީ ކަންކަމަށް މަޖުބޫރުކުރާ މުއާހަދާއެއް. ރިޒަވޭޝަންސް ބަލައެއް ނުގަނެވޭ. ޜާއްޖޭގެ ގާނޫނު ތަކުގެ ދަށުން ވޮއިޑް އަބް އިނީޝިއޯ މުއާހަދާއެއް.