މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ވިއްކާ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުންކުރާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ށ. ފުނަދޫން ހައްޔަރު ކޮށްފިއެވެ.

ށ. އަތޮޅު ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 26 ވަނަ ދުވަހު އޭނާ ހައްްޔަރު ކުރިއިރު، ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކޮށްފައިވާނެ ކަމަށެވެ.

އަދި އެ ކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ،

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު