19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު، މަޖިލީހުގެ ސައިޒު ކުޑަކޮށް ދައުލަތަށް ބުރަ ކުޑަކުރުމުގެ ބާރު އޮތް ނަމަވެސް އެކަން ނުކުރި ކަމަށާއި އެކަން ކުރާނީ 20 ވަނަ މަޖިލީހުން ކަމަށް ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަދު ކުރުމާއިމެދު ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ފަލާހް ވިދާޅުވީ، އެ ގަރާރަކީ މުޅި ގައުމަށް ވެސް މުހިންމު ގަރާރެއް ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަރަށް އުފެއްދުންތެރި މި ގައުމަށް ފައިދާ ހުރި ވަރަށް އިހުލާސްތެރި އަދި ތެދުވެރި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާތަން ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ތަޅުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކަށް، ބަހުސް ކުރާ ކޮންމެ ކަމެއް ދައްކާނީ އިހުލާސްތެރިކަމާއެކު ނިންމާ މަންޒަރު 20 ވަނަ މަޖިލީހުން ފެންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. ގަރާރެއް ހުށަހަޅާފައި ފޮނި ވާހަކަދައްކާފައި ދުލެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހުން ސައިޒު ކުޑަކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެޖެންޑާ 19 ކިޔާ ރައްޔިތުންގެ މަޖިލީހެއް ނިމިގެން ދިޔައީ. އެޖެންޑާ 19 މި ގައުމަށް ވުޖޫދުވެގެން އައީ މި ގައުމަށް ވަރަށް ހެޔޮ އިހުލާސްތެރި ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވައުދުތަކާއިއެކުގައި. އެއްވެސް ޝައްކެއް ނެތް އެޖެންޑާ 19 އަކީ ވެސް ވަރަށް ބިޔަ ބޮޑު ޕާލިމެންޓްރީ ގްރޫޕެއް. ސަރުކާރުގައި އޮވެ ވަރަށް ގިނަ ޑްރާމާތަކެއް ކުޅުނު އެޖެންޑާ 19 އަަކަށް ވެގެން ދިޔައީ." ފަލާހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު ކުޑަކުރުމާއި، މުއައްސަސާތަކާއި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފުރިހަމަ އިހްތިޔާރު އެޖެންޑާ 19 އަށް ލިބިގެން ދިޔަ ކަމަށް ފަލާހް ވިދާޅުވިއެވެ. ނަމަވެސް އެ މަޖިލީހަށް އެކަން ވެސް ކޮށްލާކަށް ނުކެރުނު ކަމަށް ފަލާހް ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 1000 ދަށުގެ ކޮންމެ އާބާދީއަކަށް ތިން މެންބަރުންނަށް ކައުންސިލަރުން މަދުކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް އެޖެންޑާ 19 އިން އެ އަދަދު ފަސް މެންބަރުންނަށް ބަދަލުކޮށް 600 ކައުންސިލަރުން އިތުރުކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި އިތުރުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަގުޑި

    މަޖްލިސް މެމްބަރުންގެ އަދަދު ކޮންމެ އަތޮޅަކަށް މެންބަރެއް ގޮތަށް ބަދަލްކޮއްފަ މުސާރަ ކުޑަކުރަންވީ 5000ރ އަށް ދެން ކޮންމެ ޖަލްސާ އަކަށް 20ރުފިޔާގެ މަގުން އެލަވަންސެއް ދިނީމަ ނިމުނީ ތިޔަމީހުންތަކާ ހެދި ގައުމު މިދަރާ ވިކެނީ އެހެނު ވާނީ ކޮންމެ ދައުރެއް ނިންމާލާފަ ކޮންމެމީހަކު އެބަޖެހޭ މާލޭންނާ ހުޅުމާލޭންނާ ތަންތަނުން ބިންގަންނަން ހަމަ ރައްޔެތުންގެ ފައިސާ!

    10
  2. ހޮޓް ނާޒިމް ސައްތާރު

    މިސޮރު ހާދަ ހަޑި ވެއްޖޭ

  3. Anonymous

    ރައްޔިތުންގެ މަޖުލީހުގައި ތިބެންވާނީ ކޮންމެ އަތޮޅަކުން ދެ މެންބަރުން ކޮންމެ ސިޓީއަކުން ދެ މެންބަރުން.
    އަތޮޅުއެއްކޮށް ހިމެނޭހެން ސިޓީއެއްގެ ދަރަޖަ އޮތްނަމަ ދެ މެންބަރުން. ސިޓީ އޭރިއާ އެހެން ރައްތަކާ ވަކިވެފަ ވާނަމަ ސިޓީ ވަކިކޮށް އަތޮޅު ވަކިކޮށް.
    ހއ. ހދ. ށ. ނ. ރ. ބ. ޅ. ކ. އއ. އދ. ވ. މ. ފ. ދ. ތ. ލ. ގއ. ގދ. މިއިން ކޮންމެ އަތޮޅަކުން 2.
    ކުޅުދުއްފުށި ސިޓީ. ތިނަދޫ ސިޓީ. ފުވައްމުލައް ސިޓީ. އައްޑޫ ސިޓީ. މާލެސިޓީ. ހުޅުމާލެ ސިޓީ. ރަސްމާލެ ސިޓީ. މިއިން ކޮންމެ ސިޓީއަކުން 2.
    އަތޮޅުތަކުން 36
    ސިޓީތަކުން 14
    ޖުމްލަ 50
    މިވަރުދެން އޯކޭ

  4. ފާތުން

    ގުދޯ
    ނުގޮވާ މެންބަރު މުސާރަ ކުޑަކޮށްބަލަ ހިލާ އެވާހަކަނުދައްކާނެ
    ނިކަމެތި ރައްޔިތު މީހާއަށްލިބޭ ހުރިހާ އެލެވެންސެއްކަނޑާ ވާހަކަ ދައްކަން އެގޭނީ
    ހިތި ބޭސް މެންބަރުންވެސް ބޯންޖެހޭނެ

  5. މުޙައްމަދު

    މި ސަރުކާރުން ތަންތަނށްލާފަ ތިބި ސިޔާސީ ވާނުވާ ޕްރޮފެސަރުންވެސް ތި ލިސްޓަށް އިތުރުކޮށްބަލަ. މިއާލާތުންނާއިހެދި ސަރުކާރުވިއްޔާ ބަދުނާމުވަނީ

  6. ދިރާސާ..

    ނުކުރާނެ ،، ތިހެން ހުށައަޅާ ގަރާރަކީ ގަނޫނަކަށް ވާ އެއްޗެއް ނޫން.. ތި ކަމުގައި އިޙްލާސްތެރި ކަމެއް ހުރި ނަމަ ގާނޫނު އަަސާސީއަށް އިސްލާޙް ހުށައެޅީސް . ތީ ރައްޔިތުންގެ ހަމްދަރުދީ ހޯދަން ދައްކާ ވާހަކަ.. މި ފަސް އަހަރު ނިމޭ އިރުވެސް މަޖިލިހުގެ މެންބަރުން އަދަދު އިތުރުވާ މައްސަލައަށް ހައްލެއް ނާންނާނެ..