ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެލަވެންސާއި މުސާރަ ކުޑަކުރުމާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މި ދައުރުގެ މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، މަޖިލީހަށް މެންބަރުން އިތުރުވެގެން ދާ ދިއުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މިދިޔަ 19 ވަނަ މަޖިލީހަށް ވެސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގަރާރެއް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އޭރުގެ ސުޕާ މެޖޯރިޓީއިން މައްސަލަ ބޭރުކޮށްލީ ކަން ގާސިމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް ތާއީދުކުރެއްވި ނަމަވެސް، ގާސިމް ވަނީ މެމްބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"މިއަދުގެ ސަރުކާރުން ވަރަށް ރަނގަޅު ވިސްނުންފުޅެއްގައި މިކަން ހުށަހެޅި ކަމަށް ގަބޫލުކުރަނީ. އޭގެ އަދަދާއި ގުޅޭގޮތުން ބަހުސް ކުރުމުގެ ފުރުސަތު އެބައޮތް. މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނުޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން. އަދި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ވެސް ނުފެންނަ ކަމަށް ދަންނަވަން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިވިން އެލަވެންސްއެއްގެ ގޮތުގައ ލިބޭ 20،000 ރުފިޔާއިން ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ. މިހާރު އެ މެންބަރުންގެ އިނާޔަތްތަކާއި މުސާރަ އޮތީ ޔުނިޓަރީ ދައުލަތެއްގައި އޮންނަ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ބުނަނީ ރާއްޖޭގައި ވެރިކަން ހިނގަނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ފެޑަރަލް ދައުލަތްތަކުގައި ކަންތައްތައް ހިންގާ އުސޫލުން ރާއްޖޭގައި ކަންކަން ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހައްގު ގޮތުގައި އެހެން ގޮތަކުން ލާރިއެއް ލިބޭނެ ބައެއް ނޫން. ދައުލަތްތައްކުގެ އިދާރާތަކާއި އެތަންތަނުންގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ ލިބޭނެ ބައެއް ނޫން. އަދި ހަތަރު ފަސް ދައުރު އަދާކުރިޔަސް މަޖިލީހަށް ކުރިމަތިލުމަަށް ލިމިޓެއް އެއްވެސް ގައުމެއްގައި އޮތް ތަނެއް ނުފެނޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ދުނިޔޭ ވަރަށް ގިނަ ގައުމުތަކުގައި ދެ ދައުރު ވެރިކަން ކުރުމުން ވެރިކަމުގައި ނުހުރެވޭނެ ކަމަށެވެ. އަދި އެ ނޫން ވެސް އެހެން މަގާމުގައި އެ ގޮތަށް ދައުރު ކަނޑައަޅާފައި އޮންނަ ކަމަށެވެ. ނަމަވެސް، އެ ގޮތަށް އެހެން ގައުމުތަކުގައި އޮތުމަކީ ރާއްޖެއިން އަމަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ބަގުޑި

    މަޖްލިސް މެމްބަރުންގެ އަދަދު ކޮންމެ އަތޮޅަކަށް މެންބަރެއް ގޮތަށް ބަދަލްކޮއްފަ މުސާރަ ކުޑަކުރަންވީ 5000ރ އަށް ދެން ކޮންމެ ޖަލްސާ އަކަށް 20ރުފިޔާގެ މަގުން އެލަވަންސެއް ދިނީމަ ނިމުނީ ތިޔަމީހުންތަކާ ހެދި ގައުމު މިދަރާ ވިކެނީ އެހެނު ވާނީ ކޮންމެ ދައުރެއް ނިންމާލާފަ ކޮންމެމީހަކު އެބަޖެހޭ މާލޭންނާ ހުޅުމާލޭންނާ ތަންތަނުން ބިންގަންނަން ހަމަ ރައްޔެތުންގެ ފައިސާ!

    63
    4
  2. ސަން

    މަޖިލީހުގެ އެންމެ ހާޒިރީ ނުބައި އެއް މެމްބަރު. މިދިޔަ ސަރުކާރުގެ ހުރިހާ ޖަރީމާއެއްގަ ބައިވެރި ވެފަ، އެންމެ 5000 ވޯޓަަށް މިގައުމުގެ ބޮޑު ފަޅެއް ވިއްކާލި މީހެއް ގާސިމަކީ. ދަހިވިޔަސް ހައްދެއް އޮންނަންވާނެ

    51
    1
  3. ހިތިބޭސް ބޮވިއްޖެ

    އާނ ތިވަރު މުސާރައަކުން ބަނޑެއްވެސް ނުފުރޭނެ ގެއާއި ހިސާބަށްދާއިރު އޮންނާނީ ހުސްވެފައި ދުނިޔޭގައިވެސް އެންމެ ބިޒީކޮށް މަސައްކަތްކުރާމީހުންތީ 2 އަހަރު މަޖިލިހަށް ހާޒިރުނުވިޔަސް ފުލް މުސާރަލިބޭ އެހެންވީމާ ވަރަށް ނިކަމެތި މަޖިލިސް މެމްބަރުން މުސާރަ އަދިވެސް ކުޑައީ 2 ލައްކައަށް ބޮޑުކޮއްލާ

    44
  4. ރެކިފުތާ

    ގާސިމުމެން ނުވާނެ ރަގަޅެއް އަދިވެސް ހައަނބިންހޯދާ. ރައްތިތުންގެ މަޖިލީހުގެ ތިތިބެނީ މިގައުމުގަތިބި ބޮޑެތި މަހުޖަނުން ދެންތިބީ ގޮނޑި ލިބުނީމާ މުސަދިވާމީހުން ރައްޔަތުން މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ކަލޭމެން ދެދުވަހު މަޖިލީހައް ގޮސްފަ ލައްކަރުފިޔާ މީ ބޮޑުވަރު.

    41
    1
  5. މަބަލްދީބް

    "ގާސިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިވިން އެލަވެންސްއެއްގެ ގޮތުގައ ލިބޭ 20،000 ރުފިޔާއިން ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ."
    ދެން ނެތް އަޅުގަނޑުމެން ނިކަމެތި ރައްޔިތުމީހާ ދައްކާނެ އިތުރު ވާހަކައެއް.

    47
    • ބެއްޔާ

      ހެޔޮ ވާހަކައެއް. ގާސިމްގެ 4 އަނބިން ތިބިއިރު އެވަރަކުން ހަމައެއްނުޖެއްސޭނެ.

  6. ހަންޑިކުޑަ

    ސާބަހޭ މަނިކުފާނޫ! ރައްޔިތުން ފެލައިލަން ރައްޔިތުންގެ ޖީބު ތަކަށް އަތް ބާނާ ރައްޔިތުންގެ ބޮޑު ފޮށީގައި ރައްކާ ކޮއްފައި ހުރި ހުރިހާ ފައިސާ އެއް މަނިކުފާނު ގެންދަވަން ވީނޫންތޯ!

    38
    1
  7. އަންބޮޑި

    ކަލޯގަޔާ މިސޮރަށްއަދިވެސް ލިބޭލެންމަދީ، އަދި ހަތަރެއް ހަމަކުރަންފެނޭ..

    31
    1
  8. ހަނީ

    މަޖިލީސް މެންބަރުން ނާގުލިގެން ގަޢުމް ހަލާކު ކޮށްލަން އުޅޭ މިހެކޭ ތީއީ

    30
  9. މަޑުއްވަރި އައްޔަބޭ

    މުޅި ޤައުމު ގެ ތިޖޫރީ ދިނަސް ތިޔަ މީހާއަށް މަދުވާނެ ، އުމުރުން ހަނގު އަނބިންނާ ކައިވެނި ކުރީމާ ، ޚަރަދު ތައްވެސް ބޮޑުވާނެތާ

    33
  10. ދ

    އަމިއްލަ އެދުން ވަރައް ވެސް ބޮޑު!

    37
  11. ލާދީނީ

    ޤާސިމަށް މަދުވާގޮތަކަށް ކަންކަން ނުކުރާށެވެ. އޭނާ މަހުޖަނަކަށް ހެދީ ސަރުކާރުން އަދިވެސް މީނާގެ ވިޔަފާރިތަކާއި މީނާ ބަލަހައްޓަންމިޖެހނީ ސަރުލާރުން. ކިޔާއެއްޗެއް ދެކޮޅުޖެހެކީނީނޫން. މަޖްލިހަށް ޙާޟިރުވަނީކީނޫން. އެއްޗެއް އުނިވަނީކީނޫން. މިއޮތީ މިގައުމަށް ޖެހުފައޮތް ބޮޑު މުސީބާތެއް.

    31
    1
  12. މަބުނީ

    ކަލޭތީ ތިކަހަލަ ހުރިހާ ކަމަކައް ދެކޮޅުހަދާ މީހެެއް. އިޒްރާއީލު ކަންތަކުގަވެސް ކަލޭ ހެދީ ދެކޮޅެއްނު. މިވަރުގެ މީހެކޭ ވެރިކަން ދޭށޭ ކިޔާފަ މި ފެލި ނަގަނީ.

    33
  13. މުޙައްމަދު

    ފަޤީރު ސޮރަށް ލާރިއެއް މަދުވިޔަސް އެއީ ބޮޑު އެއްޗެއް. ލިބޭވަރު މަދުވެއްޖިއްޔާ އަނބިންވެސް މަދުވެދާނެތީ ގައްދާމާރު ހޭބަލިިވަނީ

    26
  14. އއއ

    މިގައުމުގެ އިކޮނޮމީ ފުޑާލުމުގެ ބިންގާ އެޅީ މީނަގެ ފިނޭންސް މިނިސްޓަރ ކަމުގަ މެމްބަރުންނަށް މުސާރަ ބޮޑުކުރި ކުރުން! ޖާހިލު އަމިއްލަ އެދުންބޮޑު މީހަކައް ހެޔޮވިސްނުމެއް ނާންނާނެ . މީނަގެ ބަލާވެރިކަމުން މިގައުމު ސަލާމަތް ކުރައްވާށި.

    25
    1
  15. Anonymous

    ޔާﷲ، މި ބުރުމާގެ ނުއަތު އެނބުރުމުން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    26
    1
  16. މާހިރާ

    ރައްޔިތުން ޤާސިމަށް ނޫނެކޭ ބުނަނީ، ޤާސިމަކީ ރައްޔިތުންގެ އިޙްސާސްތައް ދެނެގަންނަން ބޭނުންވާ މީހަކަށް ނުވާތީ

    27
  17. ހުސެއިން ޝާމް

    ޔުނިޓަރީ ދައުލަތާއި ފެޑެރަލް ދައުލަތް ކޮމްޕެއަރ ކޮށްދޭން ޖެހޭ .ސަބަބަކީ ޒުވާން ކުދިން ގޫގަލް ސާޗު ކޮށްގެން އެދައުލަތްތަކުގެ މަޢުލޫމާތު ހޯދި ކަމުގައި ވިޔަސް. އިްސރައްވެހިންނަށް މަޢުލޫމާތު ހޯދާކަށް ނޭގޭނެ. ނޭގުނުތާ ބައެއް މީހުންނަށް މާނަ ނެއެގުމުގެ ސަބަބުން އެވާހަކަ ދަެއްކި މީހަކަށް ބަދު ބަސް ބުނާނީ. އަދި ރޭޑިޔޯ ޓީވީން މަޖިލިސްވަގުތުން ގެނަސް ދިން ކަމުގައި ވިޔަސް ޚަބަރުގަ މިކަހަލަ މުހިއްމު ވާހަކަ ތަކުރާރުކޮށް ކިޔުން ބުއްދިވެރި.އަޅުގަނޑުމެންނަކީ އިންސާނުން. އެކަން ދަނެގެން މަސައްކަތް ކުރަންޖެހޭނީ .

    6
    1
  18. އާސިމާ

    އަބަދުވެސް ގާސިމަކީ އަމިއްލަ ވަތްގަނޑު ނުފުރިގެން ރައްޔިތުން ފޭރެމުންދާ މެންބަރެއް. ރައްޔިތުންނަށް ފައިދާއެއްވާނެ ގޮތަކަށް ގާސިމު ހުރިމަޖިލީހަކުން ކަމެއްނިންމާކަށް އޭނަ އެއްބަހެއްނުވާނެ. އެކަމުގެ ދިރިހުރި މިސާލެއްއެއީ. މިހާރުވެސް އޭނާވިސްނަމުންދާނީ ރައްޔިތުންގެ މުދާގަނޑެއް އަމިއްލަކުރެވެން އޮތްތޯ. ކޮންމެގޮތެއް ހަދައިގެންވެސް ރައްޔިތުންގެ ފަޅުތައް އަމިއްލަކުރެވޭތޯ އޭނާބަލާނެ. މިކޮމެންޓް ޖަހާކަށެއް މިނޫހަކަށް ނުކެރޭނެ. ބުރުމާގެރުހުން ނުލިބިދާނެތީ.

    18
  19. ތަކުރު

    ޔާ އިލާހު
    ރާއްޖޭގެ އެންމެ މުއްސަނދި މީހާ ދައްކާ ވާހަކަ
    ރުފިޔާ ހުސްވީބާ

    17
  20. އަބްދޫ

    އެލަވަންސް ކަނޑާލަންޖެހޭނެ. ހަފްތާއެއްގަ 4 ދުވަހު މަޖިލިސް މަޖިލީހުގެ ތަޅުމުގަ ނުވަތަ ކޮމިޓީ މާލަމުގަ އެދުވަހު ތިބޭނީ މަޖިލީހުގެ ތަހުމުގައާއި ކޮމިޓީމާލަމުގަ ދެތާގަ އެއްވަގުތަކު ތިބެވެންޏަާ އެއެލަވަންސް ދޭންޖެހޭނީ ތަޅުމުން ނިކުމެގެންގޮސް ކޮމިޓީމާލަަމުގަ އުޅޭނަމަ ލިބެންޖެހޭނީ މުސާރަ އެކަނި. ގައުމަށް ގައދާރު ވީބަޔަކު ހަދާފަ އޮތް ގައދާރީ އެލަވަންސް ޖެހޭނީ ކަނޑާލަން .ގައުމުގެ އާމަދަނީން މެނޭޖެ ކުރވޭ ހާލަތަށް ގައުމުގެ ބަޖެޓް ރިކަރެންޓަ ހަރަދާއި ކެޕިޓަލްހަދަދު ޖެހޭނީ ފެތެން. ދަރަނިނެގެންވާނީ ކެޕިޓަލް އިންވެސްޓްމަންޓް އަށް ނުވަތަބޯހިޔާވެހި ކަމުގެ ޕްރޮޖެކްޓްތަކަށް ނުވަތަ ބަޖެތާއިނުބެހި ކުންފުނިތަކުންމެނޭޖްކުރވޭ އާމަދްނީ އިން ދަރަނިނަގައިގެންއެދަރަނިން އެންވެސްޓް ކޮށް އިންވެސްޓމަންޓުންލިބޭ ފައިސާ އިން ލޯނު ދައްކާ ހަލާސްކުރވޭފަދަ އިންވެސްތްމަންޓް ތަކަށް ދަވްލަތުގެ ބަޖެތްގެ ރިކަރެންޓްހަރަދާއި ކެޕިޓަލް ހަރަދު ކުރުމަށް އެއްވެސް މިންވަރަކަށް ދަރަނިނެގިގެންނުވާނަ. ބަޖެޓްގެ ރިކަރެއްތަހަރަދާއި ބަޖެތް ކެޕިޓަލްހަރަދު ތަކަށް ދަރަނިނަގައިގެން މުސާރަދީ އޮފިސްހިންގުމުގެހަރަދު ކުރަންފެށި ީ 2008 ގަ ސަރުތުހަމަނުވެ ވެރިކަން ލިބުނު ނަސީދު . މީނައަކީ ގައުމަށަ ގައުމުގަ އޮތްދީންދެކެ ނަފްރަތުކުރާ އިގިރޭސި އެޖެންޓެއް.މެރިޓައިމް ކިޔެވީ ބޯޓްދަތުރުކުރަންދާދިވެހިން ރާއްޖޭގަ ހުންނަ މެރިޓައިމް ޓްރޭނިންސެންތަރުގަ ކިޔަވާތަކެތި އިގިރޭސިވިލާތުގަ ހުރެ މިނަސީދު ކިޔަވާފަވަނީ ބޯޓްދަތުކުރަންގޮސް ކެޕްޓަންބޯއި ގެވަޒީފާއަދާކުރަން ކުރަންޖެހޭ ކަންކަން މިފަދަމީހާއަތަށް ގައުމުގެ ހަޒާނާ އަތުޖެހުމުން ކުރާނެ ނުކުރާނެ ކަންނޭގި 3 އަހަރުތެރޭ ގައުމުވީބަގުރޫޓް.ބަގުރޫޓް ފޮރުވީ އަތޮކުތަކާއި ރައަރަށުގެ އެކައުންޓަތަކުގހުރި 20 ބިލިއން ނަގާބޭނުންކޮށްގެން. މިފައިާސާނެގި އިރު ކައުންސިލްކަށް ރަށުރައްޔރުްނަށް ވެސް ނޭގޭ މަސް ނިމި އެމްއެމްއޭއިން ސްޓޭޓްމަންޓް ލިބުނު އިރު ޒީރޯ އޮތީމަކައުންސިލްށް އެގުނީ ކައުސިލްގެ ފައިސާ ވަގަށް ނަގައިފިކަން.

    17
  21. ހިކި ކިރު

    ސޭޓަށް ވޯޓު ރައްޔިތުން ނުދިނީ އަދި ނެދޭނީވެސް ސޭޓު އަކީ އަމިއްލަ އެދުމުން ފުރިފައިވާ ސޭޓެއްކަން ރައްޔިތުންނަށް މިހިރަ މިހިރަ ކަންކަމުންވެސް އެނގޭތީ ކަމަށް ރައްޔިތުންނަށް ޤަބޫލު ކުރެވޭތީއެވެ. ސޭޓުއެވެ. ރައްޔިތުންގެ ގޮހޮރަށް އަތް ބާނަފައި އެ ގޮހުރުގައި ހުރި އެއްޗެހިވެސް ސޭޓު ބޭނުން ވާނެކަން ރައްޔިތުންނަށް ޔަޤީންވެ ކަށަވަރު ވެއްޖެއެވެ. އަދިވެސް ފޫގަލާފައި ތިހިރީ ރައްޔިތުންގެ ޓެކްސް ފައިސާ ހޭއަރުވާލަންށެވެ. އަބަދުވެސް ތިހިރީ ތިމާމެންގެ އަންބޮނޑި ބޮޑު ކުރުމުގެ ނިތަތުގައެވެ.

    19
    1
  22. ކުޑަ އިނގިލި

    މަނިކުފާނުގެ ލަދު ހަޔާތް ކޮބާ ހެއްޔެވެ! ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާ އިން ތިޔަ ދަނީ ބޮޑު މުސާރަ ނަގަމުންނެވެ. ފިނި ކޮޓަރީ ގައި މެމްބަރުން ތައް ތިބެގެން ރައްޔިތުންގެ ޓެކްސް ފައިސާ އިން ރައްޔިތުން މިހާ އަށް ނުލިބޭ ވަރަށް މެމްބަރުން ބޮޑު މުސާރަ ނަގަމުންނެވެ. ރައްޔިތުންނަށް ތިޔަ މަޖުލިސް ކުރާ ގެ ނެތަސް ރައްޔިތުންނަށް އޯކޭ އެވެ. ތިޔަ ތަނަކީ ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް މަންފާއެއް ކުރާ ތަނެއް ނޫނެވެ.

    21
  23. ކާސިންބެ

    ކާސިމުގެ ލާރީގެ ދަހިވެތިކަން މިއޮތްގެން ފާޅުވީ. ލާރި ލިބޭވަރަކަށް މީހާ ދަހިވާނެކަން ވެސް މި ސާފުވީ. ދެން ލަލަލާ

    19
    1
  24. ރަނާ

    މިފަދަ މީހަކު ވެރިކަމަށް ނުހޮވުނު ކަމަކީވެސް ﷲ މިގައުމަށް ލެއްވި ރަޙްމަތެއް. އެހެންނާ ފަހެ މިފަދަ މަހުޖަނަކު ގައުމު އަޑިއަށްދާއިރުވެސް ލިބެ ފައިސާ މަދުވެގެން ތެލިބާލަނީ. މުސަރަ ކުޑަ ކުރަނެ ކަމެއްނެތް. އެލަވަންސްތަކާ ރާއްޖެއިން ބެރުންދޭ ސިއްހި ޚިދުމަތް މެދުަކަޑާލަން ފެންނަނި

    15
  25. ދަލޭކަ

    ތިއީ ކޮންމެ ސަރުކާރެއް ހޮވަންވެސް އަޑިއަޑިން ޚަރަދުކޮށް ސަރުކާރު ހޮވުނީމަ ނިކަމެތި ރައްޔިތުމީހާ ގޮހޮރަށް އަތްބާނައިގެން ނިކަމެތިން ފެލަން އުޅޭ ބުއްޑާއެއް..

    15
  26. ހަަހަނު

    މަޖިލީހުގައި އިންނެވި އެންމެ ފަގީރު މެމްބަރު... ކަލޯ ލާރިއެއްވިއްޔާ ދޫކޮއްނުލާތި. އަދިވެސް ބުނާނެ ރައްޔިތުންގެ ހައްގުގައޭ

    21
  27. މެންބަރުގެ ދުލުން

    ބުނަން ރަނގަޅު ވާހަކައެއް އަރަމެން މެންބަރުން ބޭނުން އެއްޗެއް ހަދާނީ އަނެއްކާވެސް 5 އަހަރުވީމަ ވޯޓްލާން ތައްޔާރުވޭ .. އޭރުން އެ ނިމުނީ ކޮންހާ ވާހަކައެއް ގިނަ ކުރާކައް އަޅެ އެކަކުވެސް ހުރެބަ ވޯޓްލަން ނުގޮސް .. ތިމީހުން އަރެމެން މިތަނަށް ގެނައީމަ މި އިށިންނަނީ މި ގޮނޑީގަ.

    4
    2
  28. 🙁🙁🙁

    މިބެއްޔާ ފަގީރުންގެ ލިސްޓަށްލާންފެނޭ.

  29. ބަކަރި

    އަމިއްލަ އެދުމައް ގައުމީ މަސްލަހަތު ކިޔައިގެން އުޅޭ ހިޔަޅެއް މީ

  30. ކާސިންބެ

    ބައެއް މެމްބަރުންގެ 4އަނބިން ތިބޭއިރު މުސާރައިން ދެކޮޅެއް ނުޖެހޭ. އެހެންވީމާ މުސާރަ ކުޑަކުރަން ތާއީދު ނުކުރެވެނީ.

  31. މުގާއްޓޭ

    މީ ސިވިލް ސާރވިސް މުވައްޒަފުންގެ އެންމެ ދަށް މުސާރަ 5000 ރުފިޔާއަށް ހަދައިފިނަމަ ދައުލަތަށް ނުކުޅަދާނަވާނެކަމަށް ބަލައި އެކަން ކޮށް ނުދީ މިނިމަމް ވޭޖު އެލަވަންސެއް ހަމަޖެއްސިމީހުން. މިވެރިންނަށް 80000 ރުފިޔާވެސް ކުޑަވެގެން މިއުޅެނީ. 2 އަހަރު ވަންދެން ހާޒިރުނުވެ މަސައްކަތެއް ނުކޮށް މުސާރަނެގީ. ލަދުހަޔާތުގެ ކަންފުޅެއްވެސް އެބަހުރިތޯ. ކޮންމެ 5 އަހަރަކުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ރައީސްކަން ހޯދަންއުޅޭވަރުގެ މީހެއްތޯތީ. ލިބޭވަރު މަދީ.

  32. ދަލޭކް

    އެންމެ ފަގީރު ކަލޯ.

  33. ކަންޏެލިދޯނި

    ޤައުމު ބަނގުރޫޓު ކުރުވަނީ މިކަހަލަ އަމިއްލަ އެނދުމުން ފޯވެފަ ތިބޭ ވިޔަފާރި ވެރިންނާއި ހެދި! ސަރުކާރުން ގެރެންޓީ ދީގެން މިކަހަލަ ތާކުން ތާކު ނުޖެހޭ ބރނޗ އަށް ލޯނު ހޯދައި ދޭނީ ޤައުމު ދެރީ!

  34. ފާޒް

    މެމްބަރުންނަށް 30،000 ރުފިޔާގެ އިތުރުން އެކައްޗެއްވެސް ދޭނެ ކަމެއް ނެތް. މެމްބަރުން ގިނަވިޔަސް މަދުވިޔަސް ކޮން ހެވެއް ގައުމަށް އޮތީ.؟ މެމްބަރުން ތިއްބާ ފާއިތުވެ ދިޔަ ތިންދައުރުގައިވެސް ޒިންމާދާރުކަން ކުޑަކޮއް ބޮޑެތި ދަރަނި ނަގައި ރައްޔިތުން ފަނާކޮއްލީ. މެމްބަރުންނަށް އެކަށްޗެއްވެސް ދޭކަށެއް ނުޖެހޭ.

  35. ފަރާ

    މަޖިލިސްގައިން އެންމެ މުއްސަދި މީހާ މިހެން ބުނާއިރު އެހެން މެމްބަރުންގެ ހާލަކީ ކޮބާ. ގާސިމަކީ އެތަކެއްރެސޯޓްތަކަކާއި އެތައްވިޔަފާރި ތަކެއްކުރަމުން އަދި ނުވިތާކަށް ކޮންމެސަރުކާރެއްގަ ވެސް އިތުރަށް މުއްސަދިވުމަށް ގިނަގުނަ ފުރުސަތުތަކެއް ލިބިފައިވާ ކަމަށް ކިޔާތީ ރަށުތެރޭން އަޑުއިވޭ ފަރާތެއް. ތިމަޖްލިސް މެމްބަރުންގެ މުސާރަކުޑަކޮށް ސަލާމް ބުނާދުވަސްތަކަށް ލާރިކަޑާ ގަޑިޖައްސާ ހަދަން ފަށައިފިއްޔާ ރަގަޅުވާނެ ކަމަށް ފެނޭ. ސަރުކާރުގެ އެހެނިހެންމުއައްޒަފުން ވެސް މަސައްކަތް ކުރާ ގޮތަށް ހަފްތާއަކު ފަސްދުވަހު މަޖްލިސް ޖަލްސާތައްބާއްވަންވީ.

  36. ހަސަނުގ

    މިކަލޭގެމީ ރާއްޖޭގަ ހުރި އެންމެ މުއްސަނދި އެކަކު. އެކަމުވެސް މުރާސަ 1 ލައްކަ ދޫނުކުރަން ވެގެން. ސަޅި. ގޭގަ އޮވެ، މުސާރަ ލިބޭ ވިއްޔާ. އޯކޭ އެއްނު. އެހެން ތަންތާންގަ ގަޑިލާރި، ނުދާ ލާރި ކަނޑާ. މިބައިގަނޑަށް ނޯވޭ އެޔެއް.

  37. Anonymous

    ދިވެހިދައުލަތުގަ އޮތްހާ މުއްސަނދިކަން ފެލައިގެން އުޅޭ ބޭގނޑު ކަލޅެ ހިތް ދުވަހަކުވެސް ނުފުރޭނެ

  38. ސާމް

    މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަނުކޮއް އެއްވެސް ޓެކުހެއް ބޮޑުކޮއްގެން ނުވާނެ. ދަރަނީގެ ބުރައިގެ އިހުސާސް ޖެހޭނެ އެންމެން އެއްވަރަކަށް ކުރަން. މަޖިލީސް މެމްބަރުންނޭ ކިޔާފަ އެމީހުންނަށް މިކަމުގެ އަހުވަ ހުޖެހި ހިތި ބޭސް ބޯންޖެހެނީ ހަމައެކަނި ރައްޔިތުންނަށް ވެވެނާދީގެން ނުވާނެ.

  39. ސާމް

    އަހަރެމެންގެ އަތުން ޓެކުަސް ނަގާފަ މިވެރިން ރަން އިލޮށިން ކަދުރުކާން ބޮޑުމުސާރަ ނުދެވޭނެ.

  40. ސަރީ

    ތިންފަހަރު ރިޔާސީ އިންތިހާބުން ފޭލިވީމަ ބުއްދި ގޯސްވީތަ.؟ މީނާގެ ރިސޯޓުތަކުން ޖެހޭނެ 40% ޓެކުސް ނަގަން.

  41. އަބްދޫ

    މެމްބަރުންނަށް ބޮޑު މުސާރަޔާއި މި އެލަވަންސް ތަކާއި ބަރުލަމާނީ ކޮމިޓީ ނަސިދު އާއި ބައިވެރިވެގެން ގައުމަށް ގައްދާރު ވުމުގެ އެއް މޭސްތެރިޔަކީ ހަމަ ތިޔަ ގާސިމް. ސަރުތ ހަމަނުވާ ވައްކަމުގެ ހުކުމެއްއޮތް ގާނޫނުއަސާސީ ގެ 109 ގަ ވައކަމުގެ ހުކުމެއްއޮތް މީހަކަށްވެރިކަން ނުދޭން ބުނެފަ އޮއްވާ ނަސީދު އަށް ވެރިކަން ހޯދާދިނީވެސް ހަމަ ތި ގާސިމް . ވީމާ ގައުމުއަޑިޔަށް ދިޔަޔަސް ގައުމުގެ މަންފާއަށް ވިސްނާނެތަ؟

  42. ޢަޒްރާ

    ހޯނޑެއްދޫ ހޮރައިޒަން އިން ދައުލަތަށް ހަމަ އެއްވެސް ލާރިއެއް ވަންނަން ނުޖެޭތަ؟ކާޑެއްދޫ އެއަރޕޯޓް ހަމަ ތަރައްގީކުރަން ނުޖެހެނީތަ؟ބުރާންތި ހޮވާނެ ކޮންމެ ފަހަރަކު ރައްޔިތުން ހަފުސް ވާއިރު ސަރުކާރަށް މީނާ ދައްކަން ޖެހޭ ޓެކްހެއްނެތް މީނާއަށް ރައްޔިތުން ދައްކަންޖެހޭ ޓެކްސް ދޯ ގިނައީ 2028 ގަވެސް ކުރިމަތި ލާތި ރައީސްކަމަށް ހޮވޭނެ

  43. އަހައްމަދޫ

    ސާބަހޭ ސޭޓޫ ބާރަށް ކުރިޔައް

  44. ތުއްރަވާސްސޭޓު

    ސާދާގަރުގެ ބަސްފުޅު އަޅުގަނޑު ގަބޫލުކުރަން. އެކަމަކު އެހެން މީހުންނަށްވެސް އެކަށޭނަ ރަނގަޅު މުސާރައެއް ލިބެންޖެހޭނެކަމަށް ތި މަޖިލިސްގަ ތިބޭފުޅުން ވަކާލާތު ކޮށްދީބަލަ. އަހަރުމެންނަށް ލިބެނީ ހައްޕުނޑޭ. ދާމޫގަނޑު ތި ފަރިއްކުޅުއްވަނީ ތިބޭފުޅުންނޭ. ސަރުކާރުގެ އެންގެ ދަށް މުސާރައެއް ކަނޑައަޅަންޖެހުނީމަ ނުކެރުނޭ 5000 ރުފިޔާއަށްވެސް ހަދާލާކަށް. ނިކަމެތިން ނިކަމެތި ކޮށްލާފަ ތިބޭފުޅުން އަރާ މަތިފަޑީގަތިބެނީ.

  45. އަންތަރީސް

    ދެކޮޅު ނުޖެހޭ ތަނެއްގައި މަނިކުފާނު ކީއްކުރަންވަންތޯ ތިއުޅުއްވަނީ، މަށަށް ފެންނަނީ އައި.ޖީ.އެމް.އެޗް ފާޚާނާ ސާފުކުރާ މީހެއްގެ މަސައްކަތް އަދާކުރާށެވެ.

  46. Anonymous

    ބުރުމާގެ ހުރިހާ ވިޔަފާރިޔަކުން 95% ސަރުކާރައް ނަގަންފެނޭ،

  47. މުޖޭ

    މުސްކުޅިވި ދުވަހު ޒުވާން އަނބިންތަކެއް ގެންގުޅުމުން ގާސިމްބެ އަތުން ރުފިޔާ ހުސްވީބާ

  48. ހޮޓް ނާޒިމް ސައްތާރު

    ތި މަޖިލީހަކުން ރައްޔިތުން ސަލާމަތް ނުވެގެން