ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ވާހަކަ ދައްކައި ނޮޅައި ކަމުންދާއިރު މެމްބަރުންގެ މުސާރަ އާދައިގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރައަށްވުރެ ކުޑަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މެމްބަރުންގ އަދަދު ހިފެހެއްޓުމާއިމެދު މި ދައުރުގެ މަޖިލީސް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅި ގަރާރުގެ ބަހުސްގައި އައްބާސް ވިދާޅުވީ، މެމްބަރުންގެ ހައްޤުގައި މެމްބަރުން އަޑުއުފުލަން ޖެހޭ ކަމަށާއި މެމްބަރުންގެ މުސާރަ ރައްޔިތުން ހީކުރާވަރަށް ވުރެ ދަށް ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ އެމްޑީންނަށް ވެސް މެމްބަރުންނަށްވުރެ މާ ބޮޑު މުސާރައެއް ލިބޭކަން އައްބާސް ފާހަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ނޮޅައި ކަމުންދާއިރު މި އިއްޒަތްތެރި މެމްބަރުން އެބަޖެހޭ އިއްޒަތްތެރި މެމްބަރުންގެ ދިފާއުގައި ތެދުބަހުން ހަޤީގަތަށް ވާހަކަދައްކަން." އައްބާސް ވިދާލުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ 42،500 ރުފިޔާކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ، ކޮމެޓީއަށް ވަޑައިގަންނަވާނަމަ މެންބަރަކަށް ކޮމިޓީ އެލަވެންސެއްގެ ގޮތުގައި 20،000 ރުފިޔާ، ލިވިންގ އެލަވެންސުގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށެވެ.

އައްބާސް ވިދާޅުވީ، އޮތޮޅުތެރެއަށް ނިސްބަތްވާ މެމްބަރުން މާލޭގައި ދިރިއުޅުމަކީ ބޮޑު ޚަރަދެއް ކަމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކުންފުނިތަކުގެ އެމްޑީންނަށްވުރެ މެމްބަރުންގެ މުސާރަ ދަށް ކަމަށެވެ. އަދި ހަމައެކަނި ކޮފީ ދިނުމަށް ވެސް އޭނާގެ އަތުން ދުވާލަކު 700 ރުފިޔާ ހަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރަށް މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް ފެނިގެންދިޔައީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔަ މަންޒަރު ކަމަށް އައްބާސް ވިދާޅުވިއެވެ. އެހެންނަމަވެސް މި ދައުރުގައި ޕީއެންސީއަށް ލިބިފައި އޮތް ސުުޕާމެޖޯރިޓީގެ ބޭނުން ދުރުވިސްނުމުގެ ތެރެއިން ގައުމަށް އަދި ރައްޔިތުންނަށް އެންމެ މަންފާ ކުރުވަނިވި ގޮތަކަށް ނޫނީ ބޭނުން ނުހިއްޕެވުމަށް އައްބާސް ގޮވާލެއްވިއެވެ.

އައްބާސް ވިދާޅުވީ، މެމްބަރުންގެ އަދަދު މަދު ކުރުމުން ދައުލަތުގެ ޚަރަދުތައް ވެސް ކުޑަވެގެންދާނެއެވެ. އަދި ރަށްރަށުގައި އާބާދީއަށް އެކަށީގެންނުވާ ވަރަށް ކައުންސިލް މެމްބަރުންނާއި އެސްޖީން ތިބިކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، އެފަދަ މަޤާމުތައް މަދުކޮށްލުމުން ވެސް ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ އައިތާ އެތައް އަހަރުތަކެއް ވެގެންދިޔައިރު ވެސް އަތޮޅުތެރޭ ބައެއް ރަށްތަކުގެ ހާލަތު އަދިވެސް ވަރަށް ދަށް ކަމަށެވެ. ރަނގަޅު ތައުލީމެއް ނުވަތަ ރަނގަޅު ވަޒީފާއެއް ހޯދުމަށް ސިއްޚީ ފަރުވާ ހޯދުމަށް އަދިވެސް އަންނަން ޖެހެނީ މާލެއަށް ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިތިބޭސް ބޮވިއްޖެ

    މުސާރަ ބޮޑުކޮއްލާ 2 ލައްކަ އޯކޭތަ ރައްޔިތުން ފެލާލާގެން އެބައި ހަމަޖައްސާލާ ނިކަމެތި މަޖިލިސް މެމްބަރުން

  2. ޙެހެ

    އެންމެ ރަނގަޅުގޮތަކީ މުސާރަ އޮނިގަނޑާއި އެއްގޮތަށް ސަރުކާރުގެ ހުރިހާ އެންމެންގެވެސް މުސާރަ ކަނޑައަޅަން ، އެކަމަކު މިއަދު މިފެންނަނީ މީހާގެ ފެންވަރަށް ނުބަލާ މަޤާމަށް މުސާރަ ކަނޑައަޅާތަން ، މެމްބަރުންނަށްވުރެ ދައުލަތުގެ ޚިދުމަތްތެރި އަދި ރިސްކްހައި އެތައް މުވައްސަސާއެއްގައިވެސް އޮންނަނީ މިހާރު މުސާރާގެ އޮނިގަނޑަށް ގެނައި ބަދަލަށް ފައްތާފަ ، މިކަންވާންޖެހޭނީ އެންމެންނަށް ހަމަހަމަކޮށް

  3. އަބްދޫ

    ބަލަގަ މެމްބަރުންގެ އަދަދުވެސް ގިނަ މެމްބަރުްނަށް ދޭމުސާރަ މަާ.ބޮޑު ކުންފުނިތަކުގެ އެމްޑީންނަކީ މާބޮޑު މަސްއްކަތްެއްކުރާ ބައެއް އެއީ ދަވްލަތުގެ ބަޖެޓާއި ބެހޭ ބައެއް ނޫން ތަވްލަތުގެ އޮނިގަނޑުތެރޭ ހިމެނޭ ބައެއްވެސް ނުން. ކުންފުނިތަކުގެ އެމްޑީންނާއި މަޖިލިސްމެމްބަރުންއަޅާ ނުކިޔޭގެ މަޖިލީހުގެ މެމްބަރަކަށް އާދެވޭ އެކެއް އެއްކުރަން އެކެއް އެއީ ދޭއްކަންނޭގުނަސް. އެމްޑީއަކަށް އާދެވޭނީ ވަކިރޮގަކުން މާސްޓަރް ނުވަތަ ޕީއެޗްޑީހަދާފަ ތިބޭބަޔަކަށް .

  4. އަހްމަދު

    ކޮމެޓީ އެލަވަންސް މަހަކު 20000 ވިހި ހާސްރުފިޔާ މިފައިސާ މުސާރައިން އުނިކުރަންވީ މާލޭގަ ބޮގެތި ގެދޮރުހުންނަ މީހުންނައް ލިވިން އެލަވަންސް ވެސް ކަނޑާލަންވީ