ކުރީ ސަރުކާރުން މާލީ އަދަދުތައް އޮޅުވާލުމަކީ މިހާރު ދައުލަތުގެ މާލީ ކަންކަން ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލީ ހާލަތު ރަނގަޅު ކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި މިހާރު ދައުލަތުގެ މާލީ ހާލަތު ހަމަޔަކަށް އަޅުވަން އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުރީ ސަރުކާރުން މާލީ އަދަދުތައް އޮޅުވާލުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19ގެ ފަހުންވެސް ކުރީ ސަރުކާރުން އަމްދަނީ ހޯދުމަށް މަސައްކަތް ނުކޮށް ފައިސާ ޗާޕްކޮށްގެން ގައުމު ހިންގި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މިފްކޯއަށް ސަބްސިޑީ ދިނުމަށްވެސް ދަތިތަކެއް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.

"މިފްކޯއަށް ސަބްސިޑީގެ ގޮތުގައި މިހާތަނަށް 353 މިލިއަން ދީފިއި. އަގަށް ގެނައި ބަދަލާ އެކު 20-25 މިލިއަން ސަބްސިޑީ ބޭނުންވޭ މިފްކޯގެ ހިންގުމުގެ ހަރަދަށް ބަދަލު ނުގެންނަ ކަމަށްވަނީ ނަމަ."، އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަބްސިޑީ އަދަދު ކުޑަކުރުން މިހާރު ބިނާވަނީ މިފްކޯއަށް އާމްދަނީ އިތުރުކުރުމާއި މިފްކޯގެ ހިންގުން ހަރުދަނާކޮށް ހަރަދުކުޑަކޮށްގެން ކަމަށެވެ.

މިފްކޯއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީ ދީގެން ހިންގަމުންދާ ކުންފުންޏަކަށް ވުމުން، އެ ކުންފުނީގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން، ރިޖެކްޓް މަސް މަދުކުރުމަށް މަހުގެ ކޮލެޓީ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ކޮލެޓީ ދަށް މަސް މިފްކޯއަށް ދެން ނުގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިފްކޯއަށް ކިރުވާ މަހުގެ ތެރޭގައި މިހާރުވެސް ރިޖެކްޓްވާ މަސް ގިނަ ކަމަށާއި އެ ކަމުގެ ސަބަބުން ބޮޑު ގެއްލުމެއް މިފްކޯއަށްވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިފްކޯގެ މުވައްޒަފުންގެ އަދަދުވެސް ރިވިއުކުރަމުން އަންނަ ކަމަށާއި މިހާރު މިފްކޯގައި ބޭނުން ކުރާ ކުދި ބޯޓު ފަހަރުތައް ހުއްޓާލަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެއީ އެ ބޯޓުތަކަކީ ވަރަށް ކުރީގެ ބޯޓުތަކެއް ކަމުން މަސް ކިރުމުގެ ކެޕޭސިޓީ ނެތުމުންނެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ތިނޫން ވާހަކައެއް ދައްކަން ކަލެއަކަށް ނޭގުނު ދޯ ؟ ބަލަ އެ ގޮތް ކަމުނުގޮސްގެން ކަލޭމެން ތިޔަތަންތަނަށް ލާފަ ތިޔަތިބީ ! އަދިވެސް އެހެން މީހުންގެ ފަސްފަހެތިން ނެއްޓެން އެގޭވަރު ނުވަނީތަ ؟