ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު މަދުކޮށް ހިފެހެއްޓުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާއީދުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މި ދައުރުގެ މަޖިލީސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ޤަރާރެއް ހުށަހަޅުއްވައިފައެވެ. މި ގަރާރުގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި 17 ވަނަ މަޖިލީހުން ފެށިގެން 20 ވަނަ މަޖިލީހާ ހަމައަށް 16 މެންބަރުން ވަނީ އިތުރުވެފައިވެއެވެ. އަދި މަޖިލީހަށް މެންބަރުން އިތުރު ކުރާ ކުރުން، އާބާދީގެ ނިސްބަތަށް އިތުރު ކުރާނަމަ ކޮންމެ މަޖިލީހެއްގައި ގޮނޑިތައް އަންނާނީ އިތުރުވަމުންނެވެ.

އެެހެންކަމުން މެންބަރުންގެ އަދަދު މަދު ކުރުން ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށްޓަކައި ގާނޫނު އަސާސީގެ 71،72 މި ދެ މާއްދާއަށް މުހިންމު އިސްލާހެއް އަންނަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ޤަރާރަށް ބަހުސްކުރި މެޖޯރިޓީ މެންބަރުން ވަނީ ޤަރާރަށް ތާއީދުކޮށް މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވިޔަ ނުދިނުމަށް ގޮވާލައްވާފައެވެ.

ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ، މަޖިލީހަށް މެމްބަރުން އިތުރުނުވާނެ ގޮތަކަށް ވިސްނުން ގެންގުޅެންޖެހޭ ކަމަށެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެމްޑީޕީ ސަރުކާރަށް މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް ފެނިގެންދިޔައީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔަ މަންޒަރު ކަމަށެވެ. އެހެންނަމަވެސް މި ދައުރުގައި ޕީއެންސީއަށް ލިބިފައި އޮތް ސުުޕާމެޖޯރިޓީގެ ބޭނުން ދުރުވިސްނުމުގެ ތެރެއިން ގައުމަށް އަދި ރައްޔިތުންނަށް އެންމެ މަންފާ ކުރުވަނިވި ގޮތަކަށް ނޫނީ ބޭނުން ނުހިއްޕެވުމަށް އައްބާސް ގޮވާލެއްވިއެވެ. ހަމައެއާއެކު މެމްބަރުންގެ އަދަދު މަދު ކުރުމުން ދައުލަތުގެ ޚަރަދުތައް ވެސް ކުޑަވެގެންދާނެކަަން އައްބާސް ފާހަގަކުރެއްވިއެވެ.

"މިފަދަ ޤަރާރެއް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުން. ހަމައެކަނި މި އިއްޒަތްތެރި މަޖިލީހުގެ ޚަރަދު މަދުކުރުމެއް ނޫން." އައްބާސް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ރަށްރަށުގައި އާބާދީއަށް އެކަށީގެންނުވާ ވަރަށް ކައުންސިލް މެމްބަރުންނާއި އެސްޖީން ތިބިކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، އެފަދަ މަޤާމުތައް މަދުކޮށްލުމުން ވެސް ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، މެމްބަރުން އިތުރުވަމުން ދާ ދިޔުމަކީ ދިވެހި ދައުލަތަށް ކެރިކުޅަދާނަ ކަމަކަށް ނުވާނެ ކަމަށާއި މެމްބަރުން މަދުކުރުމަށް ޝުޖާއު ހުށަހެޅި ޤަރާރަށް ތާއީދުކުރައްވާ ކަމަށެވެ.

"އެއީ ދިވެހި ދައުލަތަށް އެއާ ކެރިކުޅަދާން ކަމަކަށް ނުވާނެ. އެހެންކަމުން ވަކިވަރެއްގައި ހިފަހައްޓާލަން ނޫނީ މަދުކުރަން ތާއީދުކުރަން." ސައުދު ވިދާޅުވިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ

ސައުދު ވިދާޅުވި ގޮތުގައި، މިހާރު މިދާ ގޮތަށް މެމްބަރުން އިތުރުވަމުންދާނަމަ 2044 ވަނަ އަހަރު މަޖިލީހުގައި 140 އެއްހާ މެމްބަރުން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ރާއްޖޭގެ އާބާދީއަށް ނުވަތަ އާމްދަނީއަށް ބަލާއިރު އެހާ ރަނގަޅު އަދަދެއް ނޫން ކަމަށް ސައުދު ވިދާޅުވިއެވެ.

"ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް އެ ތިބެނީ ވަކި އަދަދަކަށް މެމްބަރުން ހަމަޖެހިފައި، އަޅުގަނޑުމެންގެ އަދަދު އެގޮތަށް ބަދަލުކުރާ ކަމަށްވަންޏާ އާބާދީގެ ބޮޑު ބައެއް ތިބޭނީ މެމްބަރުން މިހާރު މިއޮތް ގޮތަށް ކަންތައް ކުރާ ކަމުގައި ވަންޏާ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ހަމަޖެހޭ އުސޫލަކުން ދައުލަތަށް ވެސް ކެރިކުޅަދާނަ ވާ ވަރަކަށް އެކަން ބަދަލުކުރުމަކީ ތާއީދުކުރާ ކަމެއް." ސައުދު ވިދާޅުވިއެވެ.

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ތަޅުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކަށް، ބަހުސް ކުރާ ކޮންމެ ކަމެއް ދައްކާނީ އިހުލާސްތެރިކަމާއިއެކު ނިންމާ މަންޒަރު 20 ވަނަ މަޖިލީހުން ފެންނާނެ ކަމަށާއި ގަރާރެއް ހުށަހަޅާފައި ފޮނި ވާހަކަދައްކާފައި ދުލެއް ނުކުރައްވާނެ ކަމަށެވެ. ފަލާހް ވިދާޅުވީ، 20 ވަނަ މަޖިލީހުން ސައިޒު ކުޑަކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަހުމަދު

    ސްކޫލުގައި ފާސްނުވާކުދިން ''އެމްބިޝަންއަކަށް'' މެމްބަރަކަށްވުންހަދާ! މާބޮޑުތައީމަކާއިނުލައި ބިޑުއެއްޗެއްލިބޭނެ!

    17
  2. ސަރަފަކައްދަ

    ކުދިންނޭ! މުސާރަ ކުޑަ ކުރާނެ ކަމެއްނެތް! ރައްޔިތުން އިނދަ ޖައްސާލާ! ވެރިކަމާއި ހަވާލު ވާ ކޮންމެ ބައެއްގެ އަދި މެމްބަރުންގެ މަޤުސަދަކީ ޤައުމު އިނދަ ޖައްސާލުން ކަމުގައި ދެކެން.

    28
    1
  3. ހަސަނުގ

    ފެނޭ. ކެކެ. އަތޮޅަކުން މީހަކު ނަގާބަލަ. އޭރުން އެނގިދާނެ މިމީހުނަށް ސައިޒު. ކީއްކުރާތީ ދޭ މުސާރައެކޯ؟؟؟

    19
  4. އއއ

    ހުސްވާހަކަ،!!!ހުރިހާ އެއްމެންނަކީ ގުޅިގެން މިގައުމުގެ ރައްޔިތުން ހަންދަމައިގެން ކާންބޭނުންވާ ބައެއް! ދަރަނިން ސަލާމަތް ނުވީމަ ޓެކުސް ބޮޑުކޮއްފަ ބިން ވިއްކުން ނޫންކަމެއް ނުކުރާނެ. އަނެއްކާވެސް ކާންފައްޓާނީ. ! މިގައުމުގެ އަބުރާއިއްޒަތް ފައިސާއައް ވިކި ނިމިގެން މިދަނީ ސިފައިން އެމީހުންގެ ވާޖިބު އަދާ ނުކުރާތީ.

    16
  5. ރައްޔިތުމީހާ

    އަތޮޅުކައުންސިލް ތަކަކީ މިހާރު ރައްޔިތުންނަށް ޚިދުމަތެއްދޭ އަދި ރަޔިތުން ޚިދުމަތެއް ހޯދަންވެސް ދާތަންތަނެއްނޫން ސަރުކާރުން ޚަރަދުކުޑަކުރަން ނިކަން މި ބޭކާރު ތަންތަން އުވާލަދެެއްވާ ބަލަ

    15
  6. ސީމް

    މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަނުކޮއް އެއްވެސް ޓެކުހެއް ބޮޑުކޮއްގެން ނުވާނެ. ދަރަނީގެ ބުރައިގެ އިހުސާސް ޖެހޭނެ އެންމެން އެއްވަރަކަށް ކުރަން. މަޖިލީސް މެމްބަރުންނޭ ކިޔާފަ އެމީހުންނަށް މިކަމުގެ އަހުވަ ހުޖެހި ހިތި ބޭސް ބޯންޖެހެނީ ހަމައެކަނި ރައްޔިތުންނަށް ވެވެނާދީގެން ނުވާނެ.

    14
  7. ހިކި ކިރު

    ދަޢުލަތުގައި ފައިސާ އެބަހުރި ބޯކޮއް! ރައްޔިތުންގެ ލޮލުގައި އަނދުން އަލުވަނީ ނެތޭ ޤައުމު ދަރާފިއޭ! ލައިގެން ކާނެއެއްޗެއް ވެސް ޤައުމަކު ނެތޭ! ކުދިންނޭ! ރައްޔިތުންނޭވެ! މިއީ ހަމަ ފޭކު ވާހަކަ ކަން މިހިރީ ފެނި ހާމަވާން. އެއްވެސް މެމްބަރަކު އެވެރިންގެ މުސާރަ އެއް ކުޑަ ކުރާކަށް އެއްބަހެއް ނުވޭ! އަދި އެލަވަންސް ވެސް! މެމްބަރުންނަށް ވެސް އެނގޭ ޤައުމުގެ ރައުސުލްމާލު ގައި ބޯކޮއް ފައިސާ ހުރިކަން. ރައްޔިތުންގެ އަތުން އިތުރު ޓެކްސް ތައްވެސް ނަގަނީ މި މެމްބަރުންގެ ނަފާ އަށްޓަކައި. ރައްޔިތުންނޭވެ! ހޭ އަރާށެވެ. މިެމްބަރުން ދައްކާ އެއްވެސް ވާހަކައެއް މިހާރު އަޑު އަހާކަށް ނުވާނެއެވެ. އިޙްލާސް ތެރި އެއްވެސް މެމްބަރަކު އެތާކު ނެތެވެ. ރައްޔިތުންނަށް އެހެރީ ކުރީގައި އެ މެމްބަރުން ދެއްކި ވާހަކަ ތަކާއި މިހާރު މެމްބަރު ކަން ލިބުމުން ދައްކާ ވާހަކަ ތަކެވެ. މިވެރިންގެ ހުރި އިހްލާސް ތެރިކަން އެހެރީ ފެންނަންށެވެ.

    12
    1
  8. ވަ

    5500 ހާހަށް އެލެވެސް ތަކާއެކު މުސާރަ ހެދުން ރަނގަޅު
    މެންބަރު ކަމަށް ކުރިމަތި ލުމަށް ހޯލެވެލް ދިވެހި އިސްލް އައިއެކު 3 ފާސް ހުންނަން ޖެހޭ

  9. ޅާމް

    މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަނުކޮއް އެއްވެސް ޓެކުހެއް ބޮޑުކޮއްގެން ނުވާނެ. ދަރަނީގެ ބުރައިގެ އިހުސާސް ޖެހޭނެ އެންމެން އެއްވަރަކަށް ކުރަން. މަޖިލީސް މެމްބަރުންނޭ ކިޔާފަ އެމީހުންނަށް މިކަމުގެ އަހުވަ ހުޖެހި ހިތި ބޭސް ބޯންޖެހެނީ ހަމައެކަނި ރައްޔިތުންނަށް ވެވެނާދީގެން ނުވާނެ.

    10
    • މޮހޮނު

      މެންބަރުން މަދުކުރީމަ އެންމެއުފާވާނި މިލަންދޫ ދާއިރާގެ މިލަންދޫފިޔަވައި ދެންއޮއި 2 ރަށުގެ މީހުން

  10. ސާމް

    ހިތި ބޭސް ބޯންޖެހެނީ ރައްޔިތުން އެކަނިތާ. ހޮޅި ސަރުކާރަށް ވޯޓު ދީ ސުޕާ މެޖޯރިޓީ ދީފަ ބަހައްޓާ. ދެން ލަންކާއަށް ވިހެން ވީމަ ހުރިހާ ރައްޔިތުން އެއްފަހަރާ ނިކުމެ އަހަރެމެން މި ގައުމު ސާފުކޮއްލާނަން. އެދުވަހު މަގުމަތިން މެމްބަރަކު ނުފެންނާތި. ނޫސް މީޑިޔާ ތަކުން ތައްޔާރަށް ތިބޭތި.. ސަރުކާރަށާއި މަޖިލީހަށް ރައްޔިތުންގެ އަތުން ހިތިބޭސް ބޯންޖެހޭ ދުވަސް އަންނީ ގާތްވަމުން. މުސާރަ ނުކަނޑާ ތިބެބެލަ ވާއެއްޗެއް ބަލަން.

  11. ދަތްނެތްކުއްޖާ

    މިވެރިންގެ ވާހަކަ މި އުޑު ދަށުގައި ނުވާނެ ދައްކާކަށް! ހުސް މނ ފިގުން!

  12. ބަދަލުވަމުންދާ ސަޤާފަތް

    ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރުނާއި، ރައީސް، ނައިބު ރައީސް، މިނިވަން މުއައްސަސާތަކުގެ މެންބަރުން، ވަޒީރުން، ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ކުންފުނިތަކުގެ ވެރިން ގެ މުސާރަ ކުޑަ ކުރަންޖެހޭ. *** ރައީސް ގެ މުސާރަ 60000 ރ
    ** ނައިބު ރައީސްގެ މުސާރައިން 10000 ރުފިޔާ އުނިކުރުން،
    ** ވަޒީރުންގެ މުސާރަ އިން 8000 ރުފިޔާ އުނިކުރުން،
    ** ސްޓޭޓް މިނިސްޓަރ ގެ މުސާރަ އިން 6500 ރުފިޔާ އުނި ކުރުން،
    ** ޑެޕިޓީ މިނިސްޓަރުންގެ މުސާރައިން 4500 ރުފިޔާ އުނިކުރުން،
    ** މިނިވަން މުވައްސަސާތަކުގެ މެމްބަރުންގެ މުސާރަ 25000 ރުފިޔާއަށް ތިރި ކުރުން،
    ** ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުންގެ މުސާރަ 25000 ރުފިޔާއަށް ތިރިކޮށް ލިވިން އެލަވަންސް 18000 ރުފިޔާއަށް ބޮޑުކޮށް ކޮމެޓީ އެލަވަންސް ކަނޑާލުން،
    *** މި އެންމެ ބޭފުޅުންގެ ބޭސް ފަރުވާ އާސަންދައިން ހަމަޖެއްސުން އެހެން ރައްޔިތުންނެކޭ އެއްގަދައިން،
    ** ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން އޮފީސް ހިންގެވުމަށް ކޮންމެ މަހަކު ދެއްވާ ފައިސާ ކަނޑާލުން،
    ** ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވަކި މުއްދަތަކަށް ކުރެއްވުމުން އެއްވެސް އެލަވަންސްއެއް ނުލިބޭގިތަށް ހަމަޖެއްސުން.
    *** ތެދުވެރިކާއި އިޚުލާސްތެރިކަން އިސްކޮށް ދިވެހިޤައުމު މި އަނދަވަޅުން ސަލާމަތްކުރުމަށް އެންމެ ބޭފުޅުން މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވަން.

    12
  13. އަޙުމަދު

    މަޖިލިހުގެ މެމްބަރުންގެ ޢަދަދު 60 ތިރިކޮށް މެމްބަރު ކަމަށް ކުރިމަތިލާ މީހާގެ ޝަރުޠު އަކީ ދައްވެގެން ޑިޕްލޮމާއެއް އޮތުން ކަމަށް ހަމަޖެއްސުން .

    12
    1
  14. ނަން

    ބުރުމާ ކަލޭ ހިތެއް ނުފުރޭނެ.މި ޤައުމުގެ ހަލަކު.

  15. ފާޒް

    މަޖިލީހުގެ އަދަދު ބަރާބަރު 20 މެމްބަރުންނަށް ހަދައި ކޮންމެ މީހެއްގެ މުސާރ 30 ހާސް ރުފިޔާ ހެދީމަ ރަނގަޅުވާނެ. ދެން ގޮނޑި އިތުރުކުރާނީ ދަރަނި ދައްކައި ނިމިގެން. ޚަލާސް

  16. ހެހެހެ

    މުސާރަ ކުޑަކޮށް މެމްބަރުން މަދު ކުރީމަ ގަނެވޭނެ ފަސޭހައިން

  17. މމޒ

    ގްރޭޓަރ މާލެއަށް އައްޔަން ކުރަންވީ 5 މެމްބަރުން..
    މާލެއަށް 2 މެމްބަރުން
    ހުޅުމާލެއަށް 2 މެމްބަރުން
    ވިލިގިއްޔަށް 1 މެމްބަރު.
    މަހަކު އެއްފަހަރު ޑޑސ އާއި ކައުންސިލް މެމްބަރުން އަދި މަޖިލިސް މެމްބަރުން ބައްދަލުވެ ކަންކަމާއި މަޝްވަރާ ކުރެވެންޖެހޭ..
    ޢެއިރުން މާބޮޑަށްވެސް ހަރުދަނާ މަސައްކަތެއް ކުރެވިގެންދާނެ.

  18. ޜައްޔިތުނ

    ާރައްޔިތުންގެ މެންބަރުންގެ އަދަދު ވެެހަަވެސް ކުދަކޮށްފަ މުސާރަވެސް ކުދަކުރަންވީ ެމީހުންގެ ފަރާތުން ރައްޔިތުންނަށް މިވީހާ ތަނަކު ވީއެއްވެސް ފައިދާއެންނެތޭ ބުނެވޭނީ.

  19. ވަހީދާ

    ތިޔަބޭފުޅުންން ރައްޔިތުންނަށް ވާ ޤުރުބާނީ އާއި ރައްޔިތުންދެކެވާލޯބި މިބާވަތުގެކަންތައްތަކުންއެގިހާމަވާނެ. ރައްޔިތުން ބޭނުންވަނީ މިގައުމު އަމަން އަމާން ކަމާއެކީޑރ.މުއިއްޒު އާއިއެކުމިފަސްއަހަރު ހަމަކޮށްލަން. ކިތަންމެ ޚަރަދުބޮޑޭ އިދިކޮޅުން ކިޔަސް އަދިވެސް ކުރިއަށްވުރެ އެތައްހާސްބައި ރަގަޅުކަމަށް މީހުން ބިނޭ.