ވައްކަމުގެ މައްސަލައަކާއި ގުޅިގެން ދައުވާކޮށްފައިވާ މީހަކު ކޯޓަށް ހާޒިރު ކުރުމަށް އޭނާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. ކަނދޮޅުދޫ، ދޮންވެލި، އަޙްމަދު އިރުޝާން (32އ) އެވެ.

އިރުޝާން ހޯދަމުންދަނީ ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 2024 ޖުލައި 4 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ އަޙްމަދު އިރުޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާތިމް

    ތި ސޮރު ކުރިން ފިލްމެއްވެސް ކުޅުނު... އެހެންތޭ!! ގުދޯގުދޯ ކިޔާ.... ތީ ހަމަ ވަރަށް ގިނަ ވައްކަމުގެ މައްސަލަ އޮތް ސޮރެއް. ހައްޔަރުކުރޭ....!!!