އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ހުރި ދިނާއި ގާނޫނު އަސާސީއާ ހިލާފުކަންތައްތަކަށް ރާއްޖެއިން އަމަލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅިވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމުޢިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ މި އެއްބަަސްވުމުގައި ރާއްޖެއިން ސޮއިކުރީ އިއްޔެއެވެ.

މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ.

އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު،". ހީނާ ވިދާޅުވިއެވެ.

އިސްލާމްދީނާ، ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުސަތުނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

އެ އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިހާސަދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް އެ ފަސޭހަތަކުގެ ތެރޭގައި ހިމެނެއެވެ.

އޯއޭސީޕީއެސްއަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.

ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔާރިސް

    ރައްޔިތުން މައިތިރިކުރަން ދެން ކިޔާ ތިހެންވެސް. ތާކު އެއްޗެއް އޮތިއްޔާ ސޮއިކޮށް ނުހަދަބަލާށޭ ޒަމީރު މެން ކަހަލަ ރޮދިން ފޮނުވައިގެން

    6
    4
  2. އަލީ

    ޤަބޫލެއްނުކުރެވޭ

    7
    3
  3. Anonymous

    ފިއްތާލީމަ މަޖުބޫރުވެގެން ކުރަންޖެހޭނީ.

    14
    4
  4. ހުސެއިން ޝާމް

    100ޕަސެންޓް އިސްލާމީ ގައުމެއްގަ ނުކުރެވޭނެ ތިބާވަތުގެ އެގްރިމެންޓެއް .ފޮރިންގ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނގަން އަޅުގަނޑުގެ މެމްބަރަށް އަންގާނަން. ޜަސޫލާގެ ސުންނަތުން ސާބިތުވާ ގޮތަށް ފަތުވާ ކޮމެޓީގެ ލަފަޔާ އެކު ފޮރިންގ މިނިސްޓްރީ އަށް މިކަހަލަ ހއްސާސް ކަންތައް ނިންމޭނީ.. މާކަންތައް ބޮޑު ކުރަނީ. އިގިރޭސި ބަހުން ޤުރުއާނާ ފިގުހު އުގެނިފަ ތިބި ޢިލްމީ ގާބިލް މީހުން ޤާނޫނަށް އިސްލާހު ގެނަސްގެން ނަމަވެސް ފޮރިންގ ރިލޭޝަން ސަރވިސް އަށް ގެންނަން ޖެހިދާނެ.. މީ އިޒޮރޭލުގެ ސަފީރަކު އައްޔަން ނުކުރަންވެގެން ދައްްކާ ބަހަނާ. ދައުލަތް ހިންގަން ނެެގޭނަމަ ހިންގަން އެގޭ ބަޔަކާ ހަވާލު ކޮށްފަ ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރަން ފެނޭ.

    3
    1
  5. ހޯކްސް

    ތިފަދަ އެގްރިމެންޓް ތަކަކީ ހަމަ ޕްރޮޕެގެންޑާ! ބޭކާރު އެއްޗެއް! ބަޔަކުމީޙުންބޭނުންވާ ކަންކަމުގެ ތެރެއަށްވައްދަންބޭނުންކުރާ ދަންތުރަތަކެއް.

    މިހާރު މިހިތަށްއަރަނީ މިކޮމެންޓް ވަގުތު މީހުން ޖަހާފާނެބާއޭ؟؟؟.
    ހުޅާނގުގެ ދެފުށްދެގޮތް ޝިޔާރުތަކުގެ ވާހަކަދައްކައި އެފަދަކަންކަމާ ދޮކޮޅަށް ފޮނުވާ ބައެއް ކޮމެންޓްތައް ޖަހަން ނުކެރިފައި ހުރީމަ.....

    6
    1
  6. ކޮސް

    ދިސް އިސް ނޮޓް އަ ގުޑް ސައިން.
    ތަންދޮރު ނޭގޭ ބައެއް ލައިގެން އަތައް ގޮވާނީ. ތިސޮއި ކުރެވުނު އެއްބަސް ވުމުގަ އޮންނާނެ އެއް ޖިންސުން ކައިވެނި ކުރެވޭނެ ކަމައް ވެސް. ދެން ފަލަސްތީނޭ ކިޔާފަ އަގަ ހުޅުވޭނީ އެބައި މީހުން ރުހޭގޮތައް އިސްރާއީލް އާއި ދެކޮޅު ނުހެދޭނެ ތި އެއްބަސް ވުމުގެ ސަބަބުން. އަދިވެސް ތަނެއް ދޮރެއް ނުބަލާ ދޭ ހުރި ހާ އެއްޗެއްގަ ސޮއި ކޮއްފަ ބަހަޓާ.

    3
    1
  7. 2222

    ތީގައިހުރި ދީނާ ޚިލާފު ކަންކަމަކީ ކޮބަޔޯ؟ ނޭނގޭތީ އަހާލީ ހަމަ! އެނގޭ ކުއްޖަކު ބުނެލަބަލަ

    2
    1
  8. ހުސޭނުބޭ

    އަނެއްކާ ތި ބުނަނީ ކޮން ދީނެއްގެ ވާހަކައެއްބައި. އެހެންވިއްޔާ މަ ދީފާނަން ފެންތައްޓެއްގެ އެއްބަޔަށް ރާ އަޅާފައި. ތި އެއްބަސްވުމުގައި ސޮއިކުރި މީހުންނަށް އެތަށިން ފެންފޮދު އެކަނި ބޮއިލެވުނިއްޔާ ތިބުނާ ގޮތަށް ވާނެ!

    1
    1