ރާއްޖޭގައި ރޯގާ އާންމުވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ވަނީ މިފަދަ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އިރުޝާދުތަކެއް ދީފައެވެ.

އެގޮތުން ހާސްކަމާއި ނުތަނަވަސްކަން އިހުސާސްކުރެވޭނަމަ، އެހެން ފަރާތަކާ އިހުސާސްތައް ހިއްސާކުރުމާއި، އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އަޅާލުމާއި، އެކަކު އަނެކަކުގެ ވާހަކަތައް އަޑުއެހުމާއި، މަޑުމައިތުރިކަމާއެކު މުޢާމަލާތުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، އެހެން މީހުންނާ ގުޅިގެން އުޅުމާއި، ކަންކަމުގައި މަޝްއޫލުވެ އުޅުމަށް މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތެއް ބާކީވާކަމުގެ އިހުސާސް ވިޔަ ނުދިނުމަށް އިލްތިމާސްކޮށް އެ ވުޒާރާއިން ވަނީ ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް (ޢާއިލާގެ ނުވަތަ ރައްޓެހިންނަށް) އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

އެ ވަނީ ރޯގާ ނުވަތަ ބަލިތައް ފެތުރުން އާންމުވަމުންދާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.

އެ ވުޒާރާއިން އިރުޝާދު ދެއްވި ކަންކަމުގެ ތެރޭގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް، ބަލި ފެތުރުން މަދުކުރުމަށްޓަކައި ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުމާއި، ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުމާއެކު، ބަލީގެ ނުވަތަ ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފުލޫ ކްލިނިކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އެ ވުޒާރާއިން ވިދާޅުވިގޮތުގައި މިފަދަ ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުޑި

    ރޯގާއޭ ކިޔާނެ ކަމެއް ނެތް ކަމަނާ! ޔޫރޯ ސްޓޯރުން އެ ގެންނަ ރެޑްބުލް ގެނެސްގެން ޖީލެއް ހަލާކުވެގެން ދަނީ އެއީ ކަނޑައެޅިގެން ބޯން ރަނގަޅު އެއްޗެއް ނޫން އެނާޖީ ޑްރިންކްސް އަކީ!!!

  2. ޙެހެ

    ވުޒާރާތަކަށްވެސް ، ހޮސްޕިޓަލްތަކަށް އެބައެނގޭ ރޯގާ އާންމުވާކަން ، އެކަމަކު ކޮބާތޯ އަޅާފިޔަވަޅެއް ، ބޮޑު ބަޔާނެއް ނެރުނީމަ ނިމުނީތޯ ! މިހާރު ހުމާއި ރޯގާ ނޫޅޭއިރެއް އެބައޮތްތޯ ! ޢެކަމަކު ރައްޔިތުން ރައްކާތެރިކަމަށް އެކަށޭނެ ހައްލެއް ލިބުނުތޯ !
    ޙުމާއި ރޯގާ އޮބިނޯވެގެން ދިޔަޔަސް ހަމަ ތިބެނީ ތަނެއްގެ 2 ޑޮކްޓަރުން ބަލަން ، ކިޔޫގައި 4 ގަޑިއިރު ގޮސް ތިމުބަށްވުރެ ގޭގައި ހުރުންވެސް ރަނގަޅު ! ހުޅުމާލޭގެ މިހުރި ބޮޑު އބާދީގައިވެސް ހުރީ ސަރުކާރުގެ 1 ހޮސްޕިޓަލް ، އެތަނަށް ދާންޖހޭނީ 2 ދުވަހަށް ކައްކާގެން ހިފާގެން ، އެހީތެރިއަކު ގޮސްފިއްޔާ އޭނަވެސް ބަލިވެގެން ސަލާމަތްވާނީ ،
    ސަރުކާރަށް ކިތައްމެ ވާހަކައެއް ދެއްކިދާނެ ، ޢަމަލަކުން ނުފެނޭ !!

  3. 13ވގ

    ކޮބާ ވަޒީރުކަން ލިބުނުފަހުން ބަލިވެއިނދެއްޖެތަ