ޖަވާބުދާރީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މާލިއްުޔަތު ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފިއެވެ.

ހާޝީމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމެވެ. ކޮމެޓީން ހާޝިމް ވަކި ކުރަން ފާސްކުރިއިރު، މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ހާޝިމް ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން އެ ކޮމެޓީއަށް ވަނީ ފޮނުއްވާފައެވެ.

އެ ކޮމެޓީގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ހާޝިމަށް ސިޓީ އަށް ފޮނުއްވާށެވެ. އެގޮތުން ޖުލައި 15ގައި އޭނާ ކޮމެޓީއަށް ހާޒިރު ކުރަން ސިޓީ ފޮނުއްވަން ވަނީ އެ ކޮމެޓީގެ މެންބަރުންގެ ތާއިދާއެކު ފާސްކޮށްފައެވެ.

މީގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު ހާޝިމްގެ އަރިހުން ކަަމަކަށް އެދިގެން އެއްބާރުލުން ނުދެވި ވޭތޯ ބެލުމަށް މާލީ ވަޒީރަށް ސިޓީ ފޮނުއްވަންވެސް އެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ނަާޒިމް ވިދާޅުވެފައިވާގޮތުގައި އެމްއެމްއޭގެ ގާނޫނުގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ މަައިގަނޑު މަގްސަދުތައް ހާސިލް ކުރުމަށްޓަކައި ނޮވެމްބަރު 17އިން ފެށިގެން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމުގައި އަދި އެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީ ގޮތުން ހަރަދަނާ މަސައްކަތްތަކެއް ކޮށްފައި ނުވެއެވެ.

އަދި ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ގައުމު ބޮޑު އިގްތިސޯދީ ކާރިސާއަކުން ސަލާމަތްވުމަށްޓަކަައި، އެމްއެމްއޭއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ މުވައްސަސާއަކަށްވާއިރު، އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަުން ގަވަރުނަރު އެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ދަނޑިވަޅަކީ މަރުކަޒީ ބޭންކްގެ ފަރާތުން ގައުމުގެ މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަން ނަމަ އެކަން ކުރުމުގެ ވަގުތުކަމުން، މަރުކަޒީ ބޭންކް ހިންގުމަށް ތާޒާ އާރޯ ލީޑާޝިޕެއް ބޭނުންވާ ކަމަށްވެސް އެ މައްސަލައިގައި ނާޒިމް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝީމް ވަކި ކުރުމަށް ރަައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ހުށަހަޅާ ކަަމަށްވެސް ނާޒިމްގެ ހުށަހެޅުމުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު