ދިވެހިންގެ ދީލަތި އެހީގައި، ޚިދުމަތް ޖަމިއްޔާގެ ފަރާތުން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފިއެވެ.

އދ. ފެންފުށި އިބްރާހީމް މުހައްމަދަށް ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލަންޖެހި ޙާއްޞަ އެހީއަށް ބޭނުންވާ މީހަކަށް ވުމުން ހިދުމަތް ޖަމިއްޔާއިން ވަނީ މަސްނޫއީ ފަޔެއް ޖެހުމަށްޓަކައި މަސައްކަތްކޮށްދީފައެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ އިބްރާހީމަށް އެހީތެރިވެދެވުނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާ އެކު ކަމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ބުރަ މަސައްކަތުން އާއިލާއަށް ކާންދީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އިންޑިއާގެ ކޮޗިންގައި ހުރެ، ވީޑިއޯ މެދުވެރިކޮށް އިބްރާހީމް މުހައްމަދު ބުނީ މި ހިތްދަތިކަމުން ސަލާމަތްވެ، މިވަގުތު ހުރީ ބުނެދޭން ނޭނގޭހާ އުފަލުގައި ކަމަށެވެ. އަދި ދިވެހި ގިނަ ރައްޔިތުންގެ ފަރާތުން މިފަދަ އެހީތެރިކަމެއް ލިބުނީތީ، އެ ހުރިހާ އެންމެންނަށް އޭނާ ވަނީ ޝުުކުރު އަދާ ކޮށްފައެވެ.

ދިވެހިންގެ އެހީގައި އިބްރާހީމް އަށް މަސްނޫއީ ފަޔެއް ޖަހައިދީފައިވާއިރު، މިކަހަލަ ދަތި ދިރިއުޅުމެއް އުޅޭ އެހެން ފަރާތަކަށް އެހީތެރިވުމުގެ މަސައްކަތް އެޖިމިއްޔާއިން ވަނީ ފަށާފައެވެ. އެގޮތުން، ހދ. ކުރިނބީ އަށް ނިސްބަތްވާ ލޯފަން ފަރާތެއް ކަމަށްވާ އަލީ ޝަމީމް އަށް ގެއެއް އަޅައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކވ

    މާތްﷲ ދިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި.. ގިނަ ދިވެހިން އަދިވެސް ވީ ބޭކާރު ކަންކަމަށް ލާރި ދުއްވައި ނުލާ މިކަހަލަ ހާއްސަ އެހީއަށް ބޭނުން ވެފައި ތިބި ފަރާތްތަކަށް އެހީވާ ގްރޫޕް އާއި ޖަމިއްޔާ ޖަމާތްތަކަށް އެހީވާން.. ދެދުނިޔޭގަ ވެސް ތިމާއަށް އެކުރެވެނީ ވަރަށް ބޮޑުކަމެއް ..ނިކަމެތިންނަށް އެހީ ވުމަކީ ހާދަ މާތް ސިފައެކޭ..
    މާޝާﷲ
    އިބްރާހީމް މުހައްމަދަށް ވެސް އަދި އަލީ ސަމީމަށް ވެސް އުފާވެރި ދިރިއުޅުމަކަށް އެދެން..