ހއ.މާފިނޮޅު
ހއ.މާފިނޮޅު

ހއ.މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާކަަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާފިނޮޅުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާތީ އެ އެކަމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އީއައިއޭ ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން މިމަހުގެ 18 ވަނަ ދުވަހުގެ 13:30 ގައި ރީޖަނަލް އެއަރޕޯޓްސް ގައި އޮންނާނެ ކަމަށެވެ. އަދި މިމަހުގެ 21ގެ ކުރިން އެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ހއ. ހޯރަފުށި ކައިރީ އޮންނަ އެ އަތޮޅު މާފިނޮޅުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް މީގެ ކުރިންވެސް ރީޖަނަލް އެއާޕޯޓުން ވަނީ ހާމަކޮށްފައެވެ.

މި އަހަރު ތެރޭގައި އަތޮޅު ތެރޭގައި ގިނަ ރިޒޯޓްތަކެއް ނިންމައި ހިދުމަތްދޭން ފަށާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށްޓާއި، ނ. މާފަރާއި، ށ. ފުނަދޫ އަދި ގދ. މާވާރުލުގައި އެއާޕޯޓު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި ދަރިން

    ޝުކުރިއްޔާ ރައީސް ޔާމީން
    ޝުކުރިއްޔާ އެމް.ޕީ މުހައްމަދު އިސްމާޢިލް
    އެއްލަކިން 2018

  2. ހެޔޮނުވާނެ

    އޭރުން ހޯރަފުށި ކައިރީގައިވެސް ދެ އެއަރ ޕޯޓް ދޯ. ގަދަ. މިބުނީ މާފިނޮޅު އެއަޕޯޓާ އަދި އައިހެވަންގެ އެއަރޕޯޓް

  3. ކޮބާތޯ ޅ. އަތޮޅުގައި އަޅަންބުނި އެއަރޕޯރޓް