އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ކަރުނަގޭސް ޖަހައިފިއެވެ.

ކަރުނަގޭސް ޖަހާފައި ވަނީ މަސްމާރުކޭޓް ސަރަހައްދަށް އެއްވެފައިވާ މީހުންގެ ތެރެއަށެވެ.

އެސަރަހައްދުގައި ތިބި ނޫސްވެރިން ބުނީ އެސްއޯ ފުލުހުން ކުއްލިއަކަށް ނިކުމެ ކަރުނަގޭސް ޖެހީ އިތުރު އިންޒާރެއް ދިނުމެއް ނެތި ކަމަށެވެ.

އެސަރަހައްދުގައި ހުރި ނޫސްވެރިޔަކު ބުނީ ސިފައިން އެސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދަނިކޮށް އެސްއޯ ފުލުހުން ކުއްލިއަކަށް އެސަރަހައްދަށް ނިކުމެ ހަތަރު ކަރުނަގޭސް ކެނިސްޓާ މުޒާހަރާގެ ތެރެއަށް އެއްލި ކަމަށެވެ. މުޒާހަރާގެ ބައިވެރިންނަށް އެއީ ކަރުނަގޭސްކަން ފުރަތަމަ ނޭނގޭ ކަމަށް އެސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން މިރޭ ކަރުނަގޭސް ބޭނުން ކޮށްފައި ވާއިރު މިއީ ފަހުގެ ތާރީޚެއްގައި މުޒާހަރާއެއް ރޫޅާލުމަށްޓަކައި ފުލުހުން ކަރުނަގޭސް ބޭނުން ކުރި ފުރަތަމަ ފަހަރެވެ. މިހާރު ފުލުހުން އާންމުކޮށް މުޒާހަރާ ރޫޅާލުމަށްޓަކައި ބޭނުން ކުރަނީ ޕެޕަ ސްޕްރޭ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާއިސްމާޢީލް

    އިންޒާރު އޮންނާނީ ކުރިންދީފަ ކަރުނަގޭސް ކިރިއަށް

  2. އަމިތު

    އިންޒާރުދޭކަށް ނުޖެހޭނެ ޣައިރުޤާނޫނީ އެއްވުމެއްތީ، ބާރަވެސްޖެހީ،
    ދެންޖެހޭނީ ބަންދުކުރަން،ހައްޔަރުކުރޭ

  3. Seen

    Rangalhah thi hedhy

  4. ހާދިމް

    ބޮޑު ދޮގެއް... ފެބްރުއަރީ އެއްވަނަ ދުވަހުގެރޭ އެމްޑީޕީ ހަރުގެ ކައިރިއަށްވެސް ޖެހީ ކަރުނަ ގޭސް... މާއެނގެނީ، އަދި އަންނާނެ ކައެމެންނަށްވެސް ނޭނގޭ ދުވަހެއް... އިންތިޒާރުކޮށްލައްވާ. ވަރަށް ވާހަކަ

    • އަން

      ސަރުކާރު ވައްޓާލަން ރިޝްވަތު ދޭމީހުން ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް ނައަންނާނެ ކަމަށް ހީކުރަނީތަ؟

  5. ޖސހދ

    ފުރަތަމަ އިންޒާރާ އެކީ ޖެހޭނެ މުޒާހަރާގެ އެންމެން އުފުރާލެވެން.

  6. ކެެރެޓް

    ތި އޮތީ ރާއްޖެ ޓީވީގަ އުޅޭ އަންނިގެ އަޅު ސޮރު

  7. ސަނދުވާ

    އިންޒާރު ނޭވާނުލާ ދޭކަށް ނުޖެހޭނެ. ހުއްދަނޫން ވަޤުތު ތަކާއި، ހުއްދަނޫންހާ ސަރަޙައްދުތަކުގައި އިޙުތިޖާޖޭ ކިޔައިގެން، އނިޔާވެރި މުޒާހަރާތައް ތިޔަކުރަނީ ކޮން އިންޒާރަކާ އެކުގައިތޯ؟
    ދިވެހި ފުލުހުންނާއި، ސިފައިންނަށް އައްސަރިބަހާއި ސާބަސް.
    މި ބައިގަނޑު މިއުޅެނީ 3ވަނަދުނިޔޭގެ ހުޅަނގުގެ ޤައުމުތަކުގެ ދުނިޔަވީ އުފާތަކެއް ހޯދުމަށް. ބައެއް ޝެއިޚުން މިއުޅެނީ ތުނބުޅިޔާ ފައިކުރި ދައްކައިގެން އެ ބައިގަނޑަށް ހިތްވަރުދީ ޤައުމުގެ އިސްލާމީ ވަޙުދަތު ނަގާލަން.

  8. ނަސް

    ކިހާވަރަކަށް އިންޒާރު ދޭންވީ .ފުރަތަމަވެސް މުޒާހަރާ އަށް ނުނިކުންނަން އަންގާފަ